ސަސް އަށް ކުޅުނު ކީޕަރު މިރްޒޮހިދު މާޒިޔާ އަށް

ސަސް އަށް ކުޅުނު ކީޕަރު މިރްޒޮހިދު މާޒިޔާ އަށް

މިދިޔަ ސީޒަނުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ގޯލު ބެލެހެއްޓި އުޒްބެކިސްތާންގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އަށް ބަދަލުވެއްޖެ އެވެ.

މާޒިޔާ އިން މިރްޒޮހިދު ގެނައީ ކުރިއަށް އޮތް އޭއެފްސީ ކަޕާއި އަންނަ ސީޒަނާ އެއްކޮށެވެ.

މިދިޔަ ސީޒަނުގައި ލީގުގައި ސަސް އިން ކުޅުނު ހުރިހާ މެޗެއްގައި ވެސް އެ ޓީމުގެ ގޯލު ބެލެހެއްޓީ މިރްޒޮހިދު އެވެ. އުޒްބެކިސްތާންގެ ފުރަތަމަ ޑިވިޝަނުގެ ނަވްބަހޯރާއި ދެ ވަނަ ޑިވިޝަނުގެ ޝުރްތާން ގުޒާރަށް ކުޅުނު އުމުރުން 27 އަހަރުގެ މިރްޒޮހިދު ވަނީ މިދިޔަ ފަހަރު ދިވެހި ލީގުގައި މާޒިޔާއާ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މިދިޔަ ސީޒަނުގައި މާޒިޔާގެ ގޯލު އެންމެ ފުރަތަމަ ބެލެހެއްޓީ ސާބިއާގެ ގޯލްކީޕަރު ނިކޮލަ ވުޔަަނަކް އެވެ. ނިކޮލަ ފޮނުވާލުމަށް ފަހު ކީޕަރު ހުސެއިން ޝަރީފް (ހުސެން) މާޒިޔާ ބާކީ މެޗުތަކުގައި އެ ޓީމުގެ ގޯލު ބަލަހައްޓައިފަ އެވެ. ސީޒަންގެ މެދު ޓްރާންސްފާ މާކެޓްގެ ތެރެއިން މާޒިޔާ އިން ވަނީ ކުރިން ވެސް އެ ޓީމަށް ކުޅުނު ސީރިއާގެ ގޯލްކީޕަރު މަހުމޫދު އަލް ޔޫސުފް ސޮއިކޮށްފަ އެވެ. އެކަމަކު، ކަކުލަށް ދިމާވެފައި ހުރި އަނިޔާގެ މައްސަލައެއްގެ ސަބަބުން މަހުމޫދު ޖެހުނީ ފޮނުވާލާށެވެ.

ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ކީޕަރު މިރްޒޮހިދު: ކުރިއަށް އޮތް ސީޒަނުގައި މާޒިޔާގެ ގޯލުން ފެންނާނީ މިރްޒޮހިދު.

މީގެ ކުރިން މާޒިޔާގެ ގޯލު ބަލަހައްޓާފައިވާ ބިދޭސީ ކީޕަރުންގެ ތެރޭގައި އިޓަލީގެ މައުރޯ ބޮއެކިއޯ، ކިރްގިސްތާންގެ ޕަވެލް މަޓިއަޝް އަދި އަފްގާނިސްތާންގެ އޮވޭސް އަޒީޒީ ހިމެނެ އެވެ. އަޒީޒީ އަކީ އަފްގާނިސްތާން ގައުމީ ޓީމުގެ ކީޕަރެކެވެ. ޕަވެލް ވަނީ ކިރްގިސްތާން ގައުމީ ޓީމަށް ކުޅެފަ އެވެ. މިދިޔަ ސީޒަނުގައި މާޒިޔާ އަށް ދެ ވަނަ ފަހަރަށް ގެނައި މަހުމޫދަކީ ސީރިއާ ގައުމީ ޓީމުގައި ވެސް ހިމެނުނު ކީޕަރެކެވެ.

މާޒިޔާ އަންނަ މަހު ކުޅޭ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް ސްޓޭޖުގައި ކުޅޭނެ އެވެ. މާޒިޔާގެ އިތުރުން މި ވަގުތު ގްރޫޕް ސްޓޭޖުގައި އޮތީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އެވެ. މި ގްރޫޕްގެ ފަހު ޖާގަ ލިބޭނީ ރާއްޖޭގެ ކްލަބް އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅެގެން މޮޅުވާ ޓީމަކަށެވެ.

މިހާރު އޭއެފްސީން ނިންމާފައިވާ ތާރީހުތަކަކީ އަންނަ މަހުގެ 15 ވަނަ ދުވަހު އީގަލްސް އާއި ބެންގަލޫރު ބައްދަލުކުރާ ޕްލޭއޮފް މެޗު ކުޅޭށެވެ. އަދި ގްރޫޕް ސްޓޭޖުގެ މެޗުތައް އަންނަ މަހު 18 އިން 24 އަށް ކުރިއަށް ގެންދާށެވެ. މެޗުތައް ހޯސްޓްކުރަން ރާއްޖެ އާއި ބަންގްލަދޭޝް ވަނީ ބިޑްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox