ރާއްޖެއަށް ބިދޭސީން ގެނައުމުގެ ކުރިން ހަދަން ޖެހޭ ކޯހަށް ފުރުސަތު ހުޅުވާލައިފި

Jul 16, 2021, 8:37 AM
ބިދޭސީއެއް މަސައްކަތުގައި: ބިދޭސީން ގެނައުމުގެ ކުރިން ހަދަން ޖެހޭ ކޯހަށް ވަނީ ފުރުސަތު ހުޅުވާލައިފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ބިދޭސީއެއް މަސައްކަތުގައި: ބިދޭސީން ގެނައުމުގެ ކުރިން ހަދަން ޖެހޭ ކޯހަށް ވަނީ ފުރުސަތު ހުޅުވާލައިފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ރާއްޖެއަށް ބިދޭސީން ގެންނަ ފަރާތްތަކުން ހަދަން ޖެހޭ "ސެޓްފިކެޓް އިން އެމްޕްލޯއިމަންޓް އިންޓަމީޑިއަރީސް ކޯސް" ފުރިހަމަކޮން ސަނަދު ހޯދުމުގެ ފުރުސަތު، އިކޮނޮމިކް މިނިސްޓްރީންނާއި ގައުމީ ޔުނިވާސިޓީން ހުޅުވާލައިފި އެވެ.

މި ކޯހުގެ މަގުސަދަކީ ރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެނައުމާއި އެ ބިދޭސީންނާ ގުޅޭ ކަންތައްތައް ބެހެއްޓުމުގައި ރިޕްރެޒެންޓޭޓިވްސްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް، ކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތައް ކިޔައިދިނުމެވެ. އަދި އެފަރާތްތަށް ކުރުން ލާޒިމްކުރާ ކަންތައްތަކާއި ޒިންމާތައް އަންގާދިނުމެވެ. މީގެ އިތުރުން މި ކޯހުގައި، މަސައްކަތު މާހައުލުގައި ބިދޭސީ މަސައްކަތްތެރިންނާ މެދު އަމަލު ކުރެވޭނެ ގޮތްތަކާއި ލިބިދޭ ހައްގުތަކަށް އަހުލުވެރި ކުރަން ވަނީ ނިންމައިފަ އެވެ.

ކޯހުގެ މުއްދަތަކީ ހަ ހަފްތާ އެވެ. މި ކޯހުގެ ފުރަތަމަ ބެޗް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހާއި އަންނަ މަހު އެވެ. މި ކޯހުގައި ބައިވެރިވުމަށް 600 ރުފިޔާ އަދި އެގްޒާމް ފީގެ ގޮތުގައި 200 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.

Advertisement

އެކްސްޕޯޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓްރީގެ ސިސްޓަމް މެދުވެރިކޮށް ހިދުމަތްތަކަށް އެދޭ ރިޕްރެޒެންޓޭޓިވްސްގެ ތެރެއިން 10 ބިދޭސީންނަށްވުރެ ގިނަ ބިދޭސީންގެ ކަންކަން ބަލަހައްޓާ ހުރިހާ ރިޕްރެޒެންޓޭޓިވްސްއަށް، އަންނަ އަހަރުގެ ޖެނުއަރީ ތިން ވަނަ ދުވަހުން ފެށިގެން ހިދުމަތް ދެވޭނީ އެ ކޯސް ފުރިހަމަ ކޮށްފައިވާނަމަ އެވެ.

ކޯހަށް ޝައުގުވެރިވާ މީހުން ގައުމީ ޔުނިވާސިޓީއަށް ހުށަހަޅައިގެން ކުރިއަށް ދިއުމަށް އިކޮނޮމިކް މިނިސްޓްރީން އެދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox