މަހުލޫފަށް ދައުވާ ކުރުމާ މެދު ގޮތެއް ނުނިމި ދިގުލަނީ

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް: އޭނާގެ މައްސަލާގައި ދައުވާ ކުރުމާމެދު އަދިވެސް ގޮތެއް ނުނިންމާ-- ފޮޓޯ: ޔޫތު މިނިސްޓްރީ

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް: އޭނާގެ މައްސަލާގައި ދައުވާ ކުރުމާމެދު އަދިވެސް ގޮތެއް ނުނިންމާ-- ފޮޓޯ: ޔޫތު މިނިސްޓްރީ

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ދައުވާ އުފުލައިދޭން ފޮނުވާފައިވާތާ މަސް ދުވަސްވީއިރު ވެސް ދައުވާއާ މެދު ގޮތެއް ނިންމޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

ހިޔާނާތުގެ ތަހުގީގަކީ ފުލުހުންނާއި ޕީޖީ އޮފީހާއި އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ހިންގާ ތަހުގީގަކަށް ވެފައި މައްސަލައިގައި ދައުވާކުރަން ފޮނުވުމުގެ ކުރިން ޑިއުޓީ ޕްރޮސިކިއުޝަން ވެސް ދެ އެވެ. މި ތަހުގީގުގެ ތެރެއިން މައްސަލަތައް ފޮނުވަނީ ހުރިހާ މުއައްސަސާތަކެއްގެ ބައިވެރިވުން އޮވެގެން ކަމަށްވާ އިރު، ދައުވާ ކުރެވޭވަރަށް މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ތަހުގީގު ނިމުނު މައްސަލައެއްގައި ދައުވާކޮށްދޭން އެދި ޕީޖީއަށް އޭސީސީން ފޮނުވީ މިދިޔަ މަހުގެ ކުރީކޮޅެވެ.

އޭސީސީން ފޮނުވި މައްސަލަ އަލުން ފުރިހަމަ ކުރަން ޕީޖީން އެންގުމުން އަނެއްކާ މައްސަލަ ފުރިހަމަކޮށް މިދިޔަ މަހު ފަހުކޮޅު ކޮމިޝަނުން ވަނީ ޕީޖީއަށް ފޮނުވައިފަ އެވެ. ކުރިން ޕީޖީން ބުނެފައިވަނީ މައްސަލަ ފޮނުވިތާ ހަފުތާއެއްގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މިއަދު ވިދާޅުވި ގޮތުގައި، މައްސަލަ ދިރާސާކޮށް އަދިވެސް ނުނިމެ އެވެ.

"އަޅުގަނޑުމެން ކުރިން ވިސްނާފައި އޮތީ އީދު ބަންދުގެ ކުރިން ގޮތެއް ނިމޭނެ ކަމަށް. އެކަމަކު އޭގެ ކުރިއަކުން ނުނިމޭނެ،" ޝަފީއު ވިދާޅުވި އެވެ.

ލަސްވާ ސަބަބާ ގުޅޭގޮތުން ސުވާލު ކުރުމުން ޝަފީއު ވިދާޅުވީ ގިނަ ވަގުތު ނަގަނީ ދިރާސާ ކުރުމަށް ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ވަކި މުއްދަތެއްގެ ތެރޭގައި ދައުވާ ކުރަން ފޮނުވަން ޖިނާއީ އިޖުރާތުގެ ގާނޫނުގެ ތެރެއިން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަހްލޫފުގެ މައްސަލަ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ (ޕީސީސީއާރު)ން ފުލުހުންނަށް ފޮނުވުމުން ވެސް ގިނަ ދުވަސްތަކެއް ވަންދެން ވަކި ގޮތެއް ނުނިމި އޮތެވެ.

މަހުލޫގެ މައްސަލަ ލަސްވުމާ ގުޅޭ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ކުރިން ވިދާޅުވެފައި ވަނީ މަހުލޫފަށް ވާތީ ދައުވާ ނުކުރުމުގެ ވިސްނުމެއް ޕީޖީ އޮފީހުން ނުގެންގުޅޭ ކަމަށެވެ. މައްސަލައެއް ކޯޓަށް ހުށަހެޅުމުގެ ކުރިން އިދާރީ ކަންކަމާއި އެހެން ހުރި ހުރިހާ ކަމެއް ފުރިހަމަކުރަން ޖެހޭ ކަމަށާއި އެ މައްސަލައިގައި ވެސް އެދުނީ އެ ކަހަލަ ކަންތައްތަކެއް ފުރިހަމަ ކުރަން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޔަގީންކުރަން ބޭނުންވޭ އަޅުގަނޑުމެންގެ މިސްޓޭކަކުން ވަކި އެއްޗެއް ހޯދިފައި ނެތިގެން ނުވަތަ ނުހޯދިގެން އެ ކަހަލަ އިދާރީ ކަމަކާ ގުޅިގެން މި ނިންމުމަށް ނުވަތަ ދައުވާކުރުމަށް, ނުވަތަ ކޯޓުން ސާބިތުނުވެ ހިނގައިދާނެތީ،" މަހްލޫފް މައްސަލައާ ގުޅިގެން ޕީޖީ ވިދާޅުވެފައިވެ އެވެ.

މަހުލޫފްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް

މަހްލޫފްގެ މައްޗަށް ހިޔާނާތުގެ ދައުވާ އުފުލައިދޭން އޭސީސީން އެދުނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގައި، 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެގި ކަމަށް ތުހުމަތުކުރާ މައްސަލައިގަ އެވެ.

މަހްލޫފްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީއަށް ފޮނުވުމަށް ފަހު އޭސީސީން ނެރުނު ބަޔާނުގައި ބުނީ އެމްއެމްޕީއާރުސީގެ ފައިސާ އިން މަނީ ލޯންޑްރިން ހިންގި ކުންފުނި އެސްއޯއެފުން މަހްލޫފަށް ޖަމާކޮށްދިން 33000 ޑޮލަރަކީ ސިޔާސީ ގޮތުން ބޭނުންވި ވަކި މަގްސަދުތަކެއް ހާސިލްކުރުމުގެ މުގާބިލްގައި ދީފައިވާ ފައިސާއެއްކަން ތަހުގީގަށް އެނގިފައިވާ ކަަމަށެވެ.

އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލްގައި ލިބިފައިިވާ ފައިސާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އޭސީސީން ބުނިގޮތުގައި މެލޭޝިއާގައި ހުންނެވުމަށް ފަހު މަހްލޫފް ރާއްޖެ ވަޑައިގަތީ އެސްއީޒެޑް ބިލް ފާސްކުރަން އޮތް ދުވަހު ސީދާ ވޯޓަށެވެ. އެ ބިލް ފާސްކުރީ އޮގަސްޓް 27، 2014، ގަ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، މަހްލޫފަށް ޗެކަކުން ފައިސާ ޖަމާކުރެއްވީ ސަރުކާރާ އެއްކޮޅަށް އެ ބިލް ފާސްކުރަން ވޯޓު ދެއްވުމަށް ކަމަށް ތަހުގީގުން އެނގެން އޮތް ކަމަށް އޭސީސީން ބުންޏެވެ.

ކޮމިޝަނުން ބުނިގޮތުގައި އެ ފައިސާ އަކީ ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތެއް ކަން ދެއްކުމުގެ ގޮތުން އެސްއޯއެފްގެ ނަމުގައި ތައްޔާރުކޮށްފައިވާ ޕޭމަންޓް ރިސީވްޑް ލިއުމެއް މަހްލޫފްގެ ފަރާތުން ހުށަހަޅާފައިވެ އެވެ. އެކަމަކު އެ ފައިސާ އަކީ ޑޮލަރު ގަތުމަށް ދިން ފައިސާކަން އެނގެން ނެތް ކަމަށް އޭސީސީން ބުންޏެވެ.

މަހްލޫފްގެ މައްޗަށް ހިޔާނާތުގެ ދައުވާކުރަން ފޮނުވީ އޭނާ އަށް ލިބިފައި ވަނީ ރިޝްވަތުގެ ފައިސާކަން ހެކިންގެ ބަހުންނާއި ތަހުގީގުން ލިބިފައިވާ ހެއްކާއި ގަރީނާއިން އެނގެން އޮތުމުން ކަމަށް އޭސީސީން ބުންޏެވެ.

މަހްލޫފް އޭސީސީއަށް ދީފައިވާ ސިޓީ އާއި ބަޔާނަކީ ޑޮލަރު ގަނެ ވިއްކުމުގެ މުއާލަމާތަކީ ސައްހަ މުއާމާލަތެއްކަން ދައްކައި އޮޅުވާލަން ދީފައިވާ ލިއުންތަކެއް ކަމަށް ކޮމިޝަނުން ބުންޏެވެ. އެހެންވެ އޭނާގެ މައްޗަށް ވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާ މައްސަލައިގައި ވެސް ދައުވާ އުފުލައިފަ އެވެ.

މި ތުހުމަތު މަހްލޫފް ދޮގު ކުރައްވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީ މައްސަލައިގައި ފެށުނީއްސުރެން އޭނާއާ މެދު އަމަލުކުރަމުން އައީ ޒާތީކޮށް ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއްގެ ގޮތަށެވެ. އެކަން އެގޮތަށް ކުރަނީ ވެސް ސިޔާސީ ބަޔަކު އަޑީގައި ތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށާއި ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން ކަމަށް ވިދާޅުވި އެވެ.

މި މައްސަލައިގައި އެންމެ ފަހުން މަހްލޫފް ފޭސްބުކްގައި ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ މައްސަލައިގައި ހެކި ހޯދާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ ދައުވާ ފުރިހަމަ ނުކުރެވޭނެ ކަމަށެވެ.

ހިޔާނާތުގެ ދައުވާ އުފުލައިދޭން އޭސީސީން ޕީޖީގެ އޮފީހަށް ފޮނުވުމާ އެކު އޭނާ ވަނީ ވަޒީރުކަމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox