ނާޒިމް ވެސް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި

Jul 12, 2021, 8:00 AM
ނާޒިމް: ޖުމްހޫރީ ޕާޓީން ވަނީ ވަކިވެވަޑައިގެންފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ނާޒިމް: ޖުމްހޫރީ ޕާޓީން ވަނީ ވަކިވެވަޑައިގެންފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ދަގެނތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަމިއްލަ ޕާޓީއެއް އުފައްދަވަން، ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އޭނާ، ޖުމްހޫރީ ޕާޓީން މިއަދު ވަކިވެވަޑައިގެންނެވީ އާ ޕާޓީއެއް އުފައްދައި ރައްޔިތުންނަށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ހިދުމަތްކުރުމަށް ގަސްތުކުރައްވާތީ އެވެ.

ނާޒިމް އާ ޕާޓީއެއް އުފައްދަވަނީ ސިޔާސީ މަަސައްކަތްތަކާއި އަމިއްލަ ދިރިއުޅުއްވުމުގައި ވެސް ގާތް އެކުވެރިޔާ، ތިމަރަފުށީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާ އެކު އެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރެއްގެ ގޮތުގައި ހުންނެވި ރިޔާޒު ވެސް ވަނީ އިއްޔެ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. ދެ ބޭފުޅުން އާ ޕާޓީއެއް އުފައްދަން ޖުމްހޫރީ ޕާޓީއާ ދުރަށް ދިޔުމަކީ "ހަރާންކޯރުވުމެއްގެ" ގޮތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ސިފަ ކުރައްވާފަ އެވެ.

ނާޒިމް، ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގެން ގާސިމްގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ. އޭނާ އެ ޕާޓީއާ ގުޅިވަޑައިގެންނެވީ ސަރުކާރު ބަދަލުވެ، ޖަލުން މިނިވަންވުމާއެކު އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް އޭނާ ޖަލަށް ލީ ދިރިއުޅުއްވާ އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމުގެ ތުހުމަތުގަ އެެވެ. ނުހައްގުން ޖަލުގައި ދުވަސްތަކެއް ހޭދަކުރައްވަން ޖެހިވަޑައިގަތް ނާޒިމް، ސުޕްރީމް ކޯޓުން މިނިވަންކުރީ ޑިސެމްބަރު، 13، 2018 ގަ އެވެ.

އޭނާއަށް އިންސާފު ހޯއްދަވައިދެއްވަން އިސްކޮށް އުޅުއްވި ރިޔާޒު އޭރު ވިދާޅުވަމުން ގެންދެވީ ނާޒިމް ޖަލަށްލީ ސަބަބީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާއަށް ރައްޔިތުންގެ މަގްބޫލްކަން ލިބުން ކަމަށެވެ. ހެލްތު މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެން ވެސް ވަރަށް އަވަހަށް ގިނަ މަސައްކަތްތަކެއް ނާޒިމް ކުރެއްވި އެވެ.

ޔާމީން އޭރު ކަންބޮޑުވެވަޑައިގަތީ، ރިޔާޒް ވިދާޅުވެފައިވާ ގޮތުގައި، 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ނާޒިމް ކާމިޔާބު ހޯއްދަވާފާނެތީ އެވެ.

ޖަލުން މިނިވަންވެވަޑައިގެން ނާޒިމް އާއި ރިޔާޒް ވެސް މަސައްކަތް ކުރެއްވީ ވެރިކަން ކުރާ ކޯލިޝަނަށް ތާއީދުކުރައްވައި ޖުމްހޫރީ ޕާޓީގަ އެވެ. ޕާޓީގެ އިސް މަގާމްތައް ފުރުއްވި ދެ ބޭފުޅުން ވެސް ވަކި ހިސާބަކުން ޕާޓީއާ ފެއަށް ޖެހިވަޑައިގަތީ އެވެ.

ޖުމްހޫރީ ޕާޓީގެ ލިޑަރު ގާސިމް އިބްރާހީމްއާ ގާތް ގުޅުމެއް އޮންނަ އަދި މަޖިލީހުގައި އެ ޕާޓީ ތަމްސީލް ކުރައްވާ ދެ ބޭފުޅުން، މިދިޔަ އަހަރުން ފެށިގެން ވެސް ޖުމްހޫރީ ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ.

ޕާޓީއާ މެދު ހިތްހަމަޖެހިވަޑައިނުގެން ދެ ބޭފުޅުން ވެސް ދުރަށް ވަޑައިގަތީ، ޕީޕީއެމްގައި ކުރިން އުޅުއްވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން އެ ބޭފުޅުންގެ ވިސްނުމާއި ފިކުރުގެ މައްޗަށް ޕާޓީގެ ހިންގުން ދޫކޮށްލެއްވުމުގެ ފުރުސަތު ގާސިމް ދެއްވުމުންނެވެ.

ގާސިމް ވެސް ހިމެނިވަޑައިގަންނަވާ ގޮތުން، ކުރީގެ ސަރުކާރުގައި ނުހައްގުން ގިނަ ބަޔަކު ޖަލަށްލައި ގާނޫނާ ހިލާފު އަމަލުތަކެއް ހިންގަން ވާގިވެރިވީ ބަޔަކު ޖުމްހޫރީ ޕާޓީގެ ކަންކަމުގައި އިސްކޮށް އުޅުއްވުން އެ ދެ ބޭފުޅުންނަށް ބަލައިގަންނަން ދަތިވީ ކަމަށް އަރިސް ބޭފުޅުންގެ ގާތު އޭރު ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި 10 ޕާޓީއެއް މިހާރު ވެސް ރަޖިސްޓްރީކޮށްފައި އެބައޮތެވެ. އޭގެތެރެއިން ގާނޫނުގައި ޕާޓީއެއް އުފައްދަން ބޭނުންވާ 3،000 މެމްބަރުން ހަމަވަނީ މަދު ޕާޓީއެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox