ދުނިޔޭގައި 195 ގައުމު؛ ރާއްޖޭގެ ވާކް ޕާމިޓު 152 ގައުމަށް

ރާއްޖޭއަށް އައި އިންޑިއާ ރައްޔިތުންތަކެއް ވެލާނާ އެއާޕޯޓުގައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރާއްޖޭއަށް އައި އިންޑިއާ ރައްޔިތުންތަކެއް ވެލާނާ އެއާޕޯޓުގައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރާއްޖޭގައި މަސައްކަތްކުރުމަށް ފާއިތުވި އަށް އަހަރުގެ ތެރޭގައި ބޭރުގެ އެކި ގައުމުތަކުން 275،000 އަށް ވުރެ ގިނަ މީހުންނަށް ވާކް ޕާމިޓު ދޫކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޖެނުއަރީ 2013 އިން ފެށިގެން މި އަހަރުގެ ޖުލައި މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތުތަކަށް ބަލާއިރު، އެ މުއްދަތުގެ ތެރޭގައި ޖުމްލަ 413،164 ކޯޓާ އެ މިނިސްޓްރީން ދޫކޮށްފައި ވެ އެވެ.

އެގޮތުން ބަލާއިރު، އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ވާކް ޕާމިޓު ދޫކޮށްފައިވަނީ ރިޔާސީ އިންތިހާބު އޮތް 2013 ވަނަ އަހަރާއި 2018 ވަނަ އަހަރެވެ. ދެހާސް ތޭރަ ވަނަ އަހަރު 93،312 ކޯޓާ ދޫކޮށްފައިވާއިރު، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން 11 މަސް ދުވަހުގެ ތެރޭގައި ޖުމްލަ 97،263 ކޯޓާ ދޫކޮށްފައި ވެ އެވެ.

Advertisement

އެ މުއްދަތުގެ ތެރޭގައި ވާކް ޕާމިޓު ދޫކޮށްފައިވާ އެވްރޭޖަށް ބަލާއިރު، ކޮވިޑުގެ ބަލިމަޑުކަމުގެ ދެ އަހަރު އެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން، މިދިޔަ އަހަރު 11،198 ކޯޓާ ދޫކުރިއިރު، މި އަހަރުގެ ޖުލައި 9އަކާ ހަމައަށް ދޫކޮށްފައިވަނީ 8،965 ކޯޓާ އެވެ.

152 ގައުމެއްގެ މީހުން ރާއްޖޭގައި މަސައްކަތް ކުރި

އިކޮނޮމިކް މިނިސްޓްރީން ދޫކޮށްފައިވާ ކޮންމެ ކޯޓާއަކަށް މީހުން ނުގެނައި ނަމަވެސް، އެ މުއްދަތުގެ ތެރޭގައި 276،778 ވޯކު ޕާމިޓު މިނިސްޓްރީން ދޫކޮށްފައި ވެ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ދުނިޔޭގައި އޮންނަ ޖުމްލަ 195 ގައުމުގެ ތެރެއިން، ތަފާތު 152 ގައުމެއްގެ ރައްޔިތުންނަށް އެ މުއްދަތުގެ ތެރޭގައި ރާއްޖެއިން ވާކް ޕާމިޓު ވަނީ ދޫކޮށްފަ އެވެ.

އޭގެ ތެރެއިން އެއް ގައުމަކުން އެންމެ ގިނަ މީހުންނަށް ޕާމިޓު ދޫކޮށްފައިވަނީ ބަންގްލަދޭޝް އަށެވެ. އެގޮތުން، އަށް އަހަރުގެ ތެރޭގައި ބަންގްލަދޭޝަށް 123،848 ވާކް ޕާމިޓު ދޫކޮށްފައި ވެ އެވެ.

ދެވަނަ އަށް އެންމެ ގިނައިން ވާކް ޕާމިޓު ދޫކޮށްފައިވަނީ އިންޑިއާގެ މަސައްކަތްތެރިންނަށެވެ. އެގޮތުން، އިންޑިއާއަށް 57،387 ޕާމިޓު ދޫކޮށްފައިވާއިރު، ތިން ވަނައިގައި އޮތް ސްރީލަންކާގެ 34،561 މަސައްކަތްތެރިއަކަށް ވާކް ޕާމިޓު މިނިސްޓްރީން ވަނީ ދޫކޮށްފަ އެވެ.

އެންމެ ގިނައިން ވާކް ޕާމިޓު ދޫކުރި ހަތް ގައުމުގެ ތެރޭގައި ދެން ހިމެނެނީ، ޗައިނާ، ނޭޕާލް، އިންޑޮނީޝިއާގެ އިތުރުން ފިލިޕީންސް އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން، އެ މުއްދަތުގެ ތެރޭގައި ދޫކުރި ވާކް ޕާމިޓުތަކުގެ ތެރެއިން ޖުމްލަ 196،106 ޕާމިޓު ވަނީ ކެންސަލްކޮށްފަ އެވެ. އެއީ ވަޒީފާ އަދާކުރުމުގެ މުއްދަތު ހަމަވެ، އަނބުރާ ގައުމަށް ދިއުމުން ކެންސަލް ކޮށްފައިވާ ޕާމިޓުތައް އެކަންޏެވެ. އޭގެ ތެރޭގައި ވަޒީފާދޭ ފަރާތް ބަދަލުވެ، އަދި މިނިސްޓްރީން ހިންގަން ފެށި ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ދަށުން ދޫކޮށްފައިވާ ޕާމިޓުތައް ނުހިމެނޭ ކަމަށް ބުނެފައި ވެ އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގާނޫނުގެ ތެރެއަށް ފެއްތުމުގެ އިތުރުން އެފަދަ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ ޕްރޮގްރާމެއް ވެސް މިނިސްޓްރީން އިސްވެ ދަނީ ކުރިއަށް ގެންދަމުންނެވެ.

އެގޮތުން، މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ޑިސެމްބަރު މަހާ ހަމައަށް ޖުމްލަ 8،938 މީހަކު އަނބުރާ ގައުމަށް ފޮނުވާލެވިފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox