ނާޒިމްގެ ޕާޓީ އިއުލާންކުރައްވައި، ސިޔާސީ މަސައްކަތް ފުޅާކުރައްވަނީ

ނާޒިމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: އޭނާގެ ސިޔާސީ ޕާޓީ ވަރަށް އަވަހަށް އިއުލާންކުރައްވާނެ. -- ފޮޓޯ/ މަޖިލިސް

ނާޒިމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: އޭނާގެ ސިޔާސީ ޕާޓީ ވަރަށް އަވަހަށް އިއުލާންކުރައްވާނެ. -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ދަގެނތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަމިއްލަ ޕާޓީއެއްގެ ތެރެއިން ސިޔާސީ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދަވަން ނިންމަވައިފި އެވެ.

ސިޔާސީ މަަސައްކަތްތަކާއި އަމިއްލަ ދިރިއުޅުއްވުމުގައި ވެސް ގާތް އެކުވެރިޔާ، ތިމަރަފުށީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާ އެކު ޕާޓީއެއް އުފައްދަވަން އުޅުއްވާ ކަމުގެ އަޑުތައް މީގެ ކުރިން ފެތުރުމުން ދެ ބޭފުޅުން ވެސް އެކަން ދޮގުކުރެއްވި އެވެ.

އެކަމަކު، އިތުބާރު ހިފޭ މަސްދަރަކުން "އަަދަދު"އަށް މިއަދު ވިދާޅުވީ ނާޒިމްގެ ސިޔާސީ ޕާޓީ އުފެއްދެވުމުގެ މަސައްކަތް ފެއްޓެވިކަން މި ފެށޭ ހަފުތާގައި އިއުލާންކުރައްވާނެ ކަމަށެވެ. ޕާޓީ އުފެއްދުމަށް ވާންޖެހޭ ތައްޔާރީތައް ގާތްގަނޑަކަށް މިހާރު ވަނީ ނިމިފަ އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ނާޒިމް އުފައްދަވާ ޕާޓީއާ އެކު ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރަކު މިހާރު ވެސް އެބަތިއްބެވި އެވެ.

މިކަމާ ގުޅޭ ގޮތުން ނާޒިމް އެއްޗެއް ވިދާޅެއް ނުވި އެވެ.

މަޖިލީހުގެ ކޮމިޓީއެއްގައި ރިޔާޒް ވާހަކަ ދައްކަވަނީ: ސިޔާސީ ޕާޓީއެއް އުފައްދަވާ ނަމަ ރައްޔިތުންނަށް އެކަން އިއުލާންކުރައްވާނެ ކަމަށް ރިޔާޒް ކުރިން ވިދާޅުވެފައިވޭ. -- ފޮޓޯ/ މަޖިލިސް

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް އިން ދިނުމާ އެކު ޕާޓީ ރަޖިސްޓްރީކުރަން ހުށަހެޅޭނީ 3،000 މެމްބަރުންގެ ސޮޔާ އެކުގަ އެވެ.

ޕާޓީއެއްގެ ތެރެއިން ސިޔާސީ މަސައްކަތް ކުރެއްވުމަކީ ދެ ބޭފުޅުން ވެސް ފިއްލަވައި ތިއްބަވައިގެން ކުރާނެ ކަމެއް ނޫން ކަމަށް ނާޒިމް އާއި ރިޔާޒް ކުރިން ވަނީ ވިދާޅުވެފަ އެވެ.

ދައުލަތުގެ އިސް މަގާމްތަކެއް ފުރުއްވައި ސިޔާސީ ޕާޓީތަކުގައި ވެސް ހަރަކާތްތެރިކޮށް އުޅުއްވި ދެ ބޭފުޅުން އޭރު ވިދާޅުވީ ޕާޓީގެ މަސައްކަތް ފަށާ ހިސާބުން ރައްޔިތުންނަށް އެކަން އިއުލާންކުރައްވާނެ ކަަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް އޭނާ ޖަލަށް ލީ ދިރިއުޅުއްވާ އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމުގެ ތުހުމަތުގަ އެެވެ. ނުހައްގުން ޖަލުގައި ދުވަސްތަކެއް ހޭދަކުރައްވަން ޖެހިވަޑައިގަތް ނާޒިމް، ސުޕްރީމް ކޯޓުން މިނިވަންކުރީ ޑިސެމްބަރު، 13، 2018 ގަ އެވެ.

އޭނާއަށް އިންސާފު ހޯއްދަވައިދެއްވަން އިސްކޮށް އުޅުއްވި ރިޔާޒު އޭރު ވިދާޅުވަމުން ގެންދެވީ ނާޒިމް ޖަލަށްލީ ސަބަބީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާއަށް ރައްޔިތުންގެ މަގްބޫލްކަން ލިބުން ކަމަށެވެ. ހެލްތު މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެން ވެސް ވަރަށް އަވަހަށް ގިނަ މަސައްކަތްތަކެއް ނާޒިމް ކުރެއްވި އެވެ.

ޔާމީން އޭރު ކަންބޮޑުވެވަޑައިގަތީ، ރިޔާޒް ވިދާޅުވެފައިވާ ގޮތުގައި، 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ނާޒިމް ކާމިޔާބު ހޯއްދަވާފާނެތީ އެވެ.

ޖަލުން މިނިވަންވެވަޑައިގެން ނާޒިމް އާއި ރިޔާޒް ވެސް މަސައްކަތް ކުރެއްވީ ވެރިކަން ކުރާ ކޯލިޝަނަށް ތާއީދުކުރައްވައި ޖުމްހޫރީ ޕާޓީގަ އެވެ. ޕާޓީގެ އިސް މަގާމްތައް ފުރުއްވި ދެ ބޭފުޅުން ވެސް ވަކި ހިސާބަކުން ޕާޓީއާ ފެއަށް ޖެހިވަޑައިގަތީ އެވެ.

ޖުމްހޫރީ ޕާޓީގެ ލިޑަރު ގާސިމް އިބްރާހީމްއާ ގާތް ގުޅުމެއް އޮންނަ އަދި މަޖިލީހުގައި އެ ޕާޓީ ތަމްސީލް ކުރައްވާ ދެ ބޭފުޅުން، މިދިޔަ އަހަރުން ފެށިގެން ވެސް ޖުމްހޫރީ ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ.

ޕާޓީއާ މެދު ހިތްހަމަޖެހިވަޑައިނުގެން ދެ ބޭފުޅުން ވެސް ދުރަށް ވަޑައިގަތީ، ޕީޕީއެމްގައި ކުރިން އުޅުއްވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން އެ ބޭފުޅުންގެ ވިސްނުމާއި ފިކުރުގެ މައްޗަށް ޕާޓީގެ ހިންގުން ދޫކޮށްލެއްވުމުގެ ފުރުސަތު ގާސިމް ދެއްވުމުންނެވެ.

ގާސިމް ވެސް ހިމެނިވަޑައިގަންނަވާ ގޮތުން، ކުރީގެ ސަރުކާރުގައި ނުހައްގުން ގިނަ ބަޔަކު ޖަލަށްލައި ގާނޫނާ ހިލާފު އަމަލުތަކެއް ހިންގަން ވާގިވެރިވީ ބަޔަކު ޖުމްހޫރީ ޕާޓީގެ ކަންކަމުގައި އިސްކޮށް އުޅުއްވުން އެ ދެ ބޭފުޅުންނަށް ބަލައިގަންނަން ދަތިވީ ކަމަށް އަރިސް ބޭފުޅުންގެ ގާތު އޭރު ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި 10 ޕާޓީއެއް މިހާރު ވެސް ރަޖިސްޓްރީކޮށްފައި އެބައޮތެވެ. އޭގެތެރެއިން ގާނޫނުގައި ޕާޓީއެއް އުފައްދަން ބޭނުންވާ 3،000 މެމްބަރުން ހަމަވަނީ މަދު ޕާޓީއެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox