ދިރާގު ގޭމާސް ގިލްޑަށް ހަމައެކަނި ސަބްސްކްރައިބް ކޮށްލައިގެން އެންމެ ފަހުގެ އައިފޯން 18 ޕްރޯ މެކްސްގެ ބާގަންޑީ ކުލައިގެ ފޯނެއް ހޯދުމުގެ ރަނުގެ ފުރުސަތު ހުޅުވައިލައިފި އެވެ.
މި އިނާމު ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކުން 31 ޑިސެންބަރު 2026 ގެ ކުރިން https://dgg.mv/promo/iphone މެދުވެރިކޮށް ސައިން-އަޕް ކުރުމަށްފަހު ޕްރޮފައިލް ވެރިފައިކުރުމުން މި އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި، ގުރުއަތުން ހޮވޭ އެއް ނަސީބުވެރި ފަރާތަކަށް މި ހާއްސަ އިނާމު ލިބިގެންދާނެ އެވެ.
މިއީ އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތެއްގެ އިތުރުން ގޭމާސް ގިލްޑުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ފޯރިގަދަ ގޭމިން މުބާރާތްތަކުގައި ވާދަކުރުމަށާއި، ބޮޑެތި ފައިސާގެ އިނާމުތައް ހޯދުމުގެ ދޮރު ތަނަވަސްވެގެންދާނެ ކަމެކެވެ. މި މުބާރާތްތަކާއި ހަރަކާތްތައް މެދުވެރިކޮށް ގޭމިންގ ދާއިރާއިން ކުރިއަށްދާން އެދޭ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްގީކޮށް، ދިވެހި ގޭމް ކުޅުންތެރިންގެ މުޖުތަމައުގެ ތެރޭގައި އަމިއްލަ ހުނަރު ދައްކާލުމަށް އަގުހުރި ފުރުސަތުތައް ލިބިގެންދާނެ އެވެ.
ޑީޖީޖީއިން އިން ދަނީ ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީއަށް ހާއްސަ އިނާމުތަކާއި އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި، ޑީޖީޖީއިން ދަނީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރުތައް އިތުރުކުރުމަށް އެހީތެރިވެދީ، ހުނަރުތައް ދައްކާލުމަށް އިތުރު ޕްލެޓްފޯމްތައް ހޯދައިދެމުންނެވެ.









