މާރިޔާ އަމަލުކުރި ގޮތް ބަލައިނުގަނެވޭ، ޒިންމާ އަދާކޮށްފައި ނެތް: ރިޕޯޓް

ނަޝީދުގެ ހަމަލާއާ ގުޅިގެން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ނަޝީދުގެ ހަމަލާއާ ގުޅިގެން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ނުރައްކަލެއް އޮތް ކަމުގެ މައުލޫމާތު ލިބުމުން، އެ މައުލޫމާތު އެމްއެންޑީއެފްގެ އެތެރޭގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހިއްސާކޮށްފައިނުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހެދި އިންކުއަރީ ރިޕޯޓްގައި ބުނެފި އެވެ.

ހަރުކަށި ފިކުރުގެ ބަޔަކު ނަޝީދު އަވަހާރަކޮށްލުމަށް ތިން މިލިއަން ޑޮލަރުގެ ޓާސްކެއް ބަޔަކާ ހަވާލުކޮށްފައިވާ މައުލޫމާތު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތުމާއެކު މޭ، 4 ވަނަ ދުވަހު މާރިޔާއާ އެ މައުލޫމާތު ހިއްސާކުރެއްވި އެވެ.

އިންކުއަރީއަށް މާރިޔާ ވިދާޅުވެފައިވާ ގޮތުގައި، ތިން މިލިއަން ޑޮލަރު ދީގެން ނަޝީދު މަރާލަން އުޅޭ ކަމުގެ ވާހަކައެއް އިލްޔާސް އޭނާ ގާތު ވިދާޅުވި ކަމާއި އެއީ ޖިނާއީ ކުށަކަށް ވާތީ އެކަން ފުލުހުންނާ ހިއްސާކުރުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

Advertisement

"އެ ނިމުނީ، މާ ގިނައިރަކު ވާހަކައެއް ނޫން، ހަމަ ވަރަށް ސިންޕަލްކޮށް މިހެން ދެން ބޭއްވެވީ، ދެބް މައުލޫމާތު ފޯރުކޮށްދެއްވައްޗޭ، އިތުރު ފޯނު ކޯލެއް، އެ އެއްޗެއްގެ ވާހަކައެއް، ގުޅޭނެ ގިތެއް އެކަހަލަ އެއްޗެއް ފޯރުކޮށްދޭށޭ އަޅުގަނޑު ދެންނެވީމަ އެ ވާހަކައަށް އާނ، ބަލާނަމޭ ވިދާޅުވެފައި ބޭއްވެވީ،" މާރިޔާ ވިދާޅުވެފައިވެ އެވެ.

މާރިޔާ ވިދާޅުވެފައިވާ ގޮތުގައި، އިލްޔާސް ފޯނުން ދެންނެވި ވާހަކަ އެމްއެންޑީއެފްގެ އެއްވެސް ފަރާތަކާ ހިއްސާކޮށްފައިނުވެ އެވެ. އެ މައުލޫމާތު އެއްވެސް ފަރާތަކާ މިނިސްޓަރު ހިއްސާ ނުކުރެއްވީ އެއީ، "މައުލޫމާތު" ނޫން ކަމަށް ވާތީ ކަމަށް އިންކުއަރީއަށް އޭނާ ވިދާޅުވި އެވެ.

"ހުޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރުގެ ފަރާތުން އަޅުގަނޑަށް ލިބުނީ ފޯނު ކޯލެއް، މައުލޫމާތެއް ނޫން، އެއީ މައުލޫމާތެއް ކަމަަށް އަޅުގަނޑު ބަލަނީ، މީހެއްގެ ނަމެއް ނުވަތަ ފޮލޯ ކުރެވޭނެ ކޮންމެ ވެސް ގޮތެއް އަޅުގަނޑަށް ފޯރުކޮށް ދެއްވި ކަމަށް ވަންޏާ،" މާރިޔާ ވިދާޅުވި އެވެ.

ނަމަވެސް، އިލްޔާސް ހިއްސާ ކުރެއްވި ކަމަށް މާރިޔާ ވިދާޅުވި ވާހަކަތަކަކީ މުހިންމު މައުލޫމާތުތަކެއް ކަމާއި، އެ މައުލޫމާތުތަކަކީ އެމްއެންޑީއެފްގެ ކަމާބެހޭ ފަރާތްތަކާ މިނިސްޓަރު މާރިޔާ ހިއްސާކުރައްވައި އެކަމާ ގުޅިގެން އެމްއެންޑީއެފްއިން ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ފަދަ ވާހަކަތަކެއް ކަމަށް އިންކުއަރީއަށް ގަބޫލުކުރެވޭ ކަމަށް ރިޕޯޓްގައިވެ އެވެ.

އެ މައުލޫމާތު ލިބުނުއިރު، ނަޝީދުގެ ތުރެޓް ލެވެލް ވަނީ ކްރިޓިކަލް ކަމަށް ކަނޑައަޅާފަ އެވެ. ކްރިޓިކަލްއަކީ ވަރަށް އަވަހަށް ހަމަލާއެއް ދީފާނެ ކަމަށް ބެލުން ކަމަށް މާހިރުން ވިދާޅުވި ކަމަށް ރިޕޯޓްގައިވެ އެވެ.

މާހިރުން ވިދާޅުވެފައިވާ ގޮތުގައި، ތްރެޓް ލެވެލް ކްރިޓިކަލް ކަމަށް ކަނޑައަޅާފައިވާ ފަރާތަކާ ގުޅޭ ގޮތުން ލިބޭ އެއްވެސް މައުލޫމާތަކީ، "ޑިސްރިގާޑް" ކުރެވޭނެ ނުވަތަ އަޅާނުލާ ދޫކޮށްލެވޭނެ މައުލޫމާތެއް ނޫނެވެ.

"އެކަހަލަ ތްރެޓެއް އޮތް މައުލޫމާތެއް ލިބިއްޖެއްޔާ އެ މައުލޫމާތު އިންޓެލިޖެންސަށް އަައުމަކީ އެންމެ ރަނގަޅު ގޮތް،" މާހިރަކު ވިދާޅުވެފައިވެ އެވެ.

އެހެންކަމުން، އިންކުއަރީއަށް ފާހަގަވި ކަމަކީ ނަޝީދުގެ ތްރެޓް ލެވެލް، ކްރިޓިކަލް ކަމަށް ކަނޑައަޅާފައިވަނިކޮށް ތިން މިލިއަން ޑޮލަރު ދީ ނަޝީދު މަރާލަން އުޅޭ ވާހަކައަކީ އެމްއެންޑީއެފްގެ ލީޑަޝިފްއާ ހިއްސާކުރެވި، ޑިފެންސް އިންޓެލިޖަންސް ސާވިސްއާ ހިއްސާ ކުރެވެންވާނެ މައުލޫމާތެއް ކަމެވެ.

"މިފަދަ މައުލޫމާތެއް ލިބިއްޖެނަމަ އެއީ އިންޓެލިޖެންސް ސައިކަލްއަށް ވަންނަން ޖެހޭނެ މައުލޫމާތެއް ކަމަށް މި އިންކުއަރީއަށް މައުލޫމާތު ދެއްވި ހުރިހާ މާހިރުން އިއްތިފާގުވޭ،" ރިޕޯޓްގައި ބުންޏެވެ.

އެ މައުލޫމާތު ހިއްސާ ނުކުރެއްވުން ދިފާއު ކުރައްވައި މާރިޔާ އިންކުއަރީއަށް އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، މައުލޫމާތު ލިބުމާއެކު ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސްއާ ބައްދަލުކޮށް ނަޝީދުގެ ސެކިއުރިޓީ ހަމަޖެހިފައިވާ ގޮތް ޗެކް ކުރެއްވި އެވެ. އަދި ސެކިއުރިޓީ "އެންހާންސް" ކޮށްފައި އޮތުމުން އެ މައުލޫމާތާ ގުޅިގެން އިތުރަށް ކުރެވޭނެ ކަމެއް ނެތުމުން ހިއްސާ ނުކުރެއްވީ ކަމަށެވެ.

"އެހެންވީމާ، އަޅުނޑަކީ އޮޕަރޭޝަނަލް ޓެކްނިކަލް މީހަކަށް ނުވާއިރު މި ފޯމޭޝަން، އެ ފޯމޭޝަން، އެ އެއްޗެހި މިހާރު ކިތަންމެ ބޮޑަކަށް އެ ބޭފުޅުން ކިޔައިދެއްވާ އަޅުގަނޑަށް، ކިޔައިދެއްވީމާ މި ދެންނެވި ގަވައިދުގައި އޮތް މިންވަރަށް އޮތްތޯ ބަލައި، އެއަށްވުރެ އިތުރަށް ވެސް އޮތީމާ އަޅުގަނޑު އެކަމުގައި އިތުރަށް އެއްޗެއް ނުދެންނެވީ،" މާރިޔާ އިންކުއަރީއަށް ވިދާޅުވެފައިވެ އެވެ.

ނަމަވެސް، އެ މައުލޫމާތާ ގުޅިގެން ނަޝީދުގެ ސެކިއުރީޓީ ބެލެހެއްޓުމަށް އިތުރު ކަމެއް ކުރެވިދާނެތޯ އާއި ކުރެވޭނަމަ ކުރެވޭނީ ކޮން ކަމެއްތޯ "ޓެކްޓިކަލީ" ކަނޑައަޅަންވާނީ އެމްއެންޑީއެފްގެ ކަމާބެހޭ ފަންނީ ބޭފުޅުން ކަމުގައި އިންކުއަރީއަށް ގަބޫލު ކުރެވޭނެ ކަމަށް ރިޕޯޓްގައި ވެ އެވެ.

ރިޕޯޓްގައި ބުނި ގޮތުގައި، ލިބުނު މައުލޫމާތު، އެމްއެންޑީއެފްގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސްޓަރަކްޗާގެ ތެރެއިން ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމަށް ދިންނަމަ، ނަޝީދުގެ ސެކިއުރިޓީ ބެލެއްޓުމުގައި އިތުރު ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު އޮތީސް ކަމަށް އިންކުއަރީއަށް ގަބޫލު ކުރެވެ އެވެ.

އިންކުއަރީއަށް ޕްރިންސިޕަލް ޑިރެކްޓަރާ އޮފް ޑިފެންސް އިންޓެލިޖެންސް ސާވިސް ވިދާޅުވެފައިވާ ގޮތުގައި އެމްއެންޑީއެފްއަށް ލިބޭ މިފަދަ މައުލޫމާތަކީ އެމްއެންޑީއެފްއިން ފުލުހުންނާ ހިއްސާކުރާ ޒާތުގެ މައުލޫމާތެކެވެ.

ރިޕޯޓްގައި އިތުރަށް ބުނި ގޮތުގައި އިލްޔާސް ދިން މައުލޫމާތު އެއްވެސް ފަރާތަކުން ފުލުހުންނާ ހިއްސާކޮށްފައި އޮތްނަމަ، ނަޝީދަށް ހަމަލާއެއް ދިނުން "މިޓިގޭޓް" ކުރުމަށް "ޑިސްރަޕްޓިވް" ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު ބޮޑުވެގެން ދިޔައީސް ކަމަށް އިންކުއަރީއަށް ގަބޫލުކުރެވެ އެވެ.

"މި ހާދިސާ ހިނގުމުގެ ކުރިން އެ މައުލޫމާތު އަޅުގަނޑުމެންނާ ހަމައަށް ލިބުނު ނަމަ، ކުރެވިދާނެ ބައެއް ކަންކަން ހުންނާނެ ކަމަށް ގަބޫލުކުރެވޭ، އެއީ އަޅުގަނޑުމެންނަށް މައުލޫމާތު ވެރިފައި ކުރެވޭނެ ޕްރެސެސްއެއް އޮތް، ފުލުހުންނާ ހިއްސާ ކުރެވުނު ނަމަ، ފުލުހުންނަށް ފިޔަވަޅުތަކެއް އެޅުނީސް، ކަންތައްތަކެއް ކުރެވުނީސް،" ފުލުހުންގެ އިސްވެރިޔަކު ވިދާޅުވެފައިވެ އެވެ.

އިންކުއަރީއަށް މާރިޔާ އިތުރަށް ވިދާޅުވީ އެ މައުލޫމާތަކީ އިލްޔާސް ލަބީބު ފުލުހުންނާ ހިއްސާކުރައްވަން ޖެހޭނެ މައުލޫމާތެއް ކަމަށެވެ. އެކަން އަމިއްލައަށް ފުލުހުންނާ ހިއްސާ ނުކުރެއްވީ ކީއްވެގެންތޯ ސުވާލުކުރުމުން މާރިޔާ ވިދާޅުވެފައިވަނީ "އަޅުގަނޑު ވެލީ އެ ބޭފުޅާ ސީދާ ފުލުހުންނަށް އެ މައުލޫމާތު ފޯރުކޮށްދެއްވާފައި ކަމަށް ވާނީ؛" އެވެ.

"އެބޭފުޅާއަށް ހަމަ ކަނޑައެޅިގެން ފުލުހުންނާ ހިއްސާކުރަން އޮންނަ މައުލޫމާތެއް އިތުރު މީހަކާ ހިއްސާކުރެއްވުން ވެސް އެއީ އަޅުގަނށު ދެކޭ ގޮތުގައި ވަލްނަރަބިލިޓީ ބޮޑުވެގެންދާ ކަމެއް، އެގޮތަކަށް ނޫން އެކަން ކުރައްވަންވާނީ،" މާރިޔާ ވިދާޅުވި އެވެ.

ނަމަވެސް، އިލްޔާސް ވަނީ މާރިޔާގެ ވާހަކަތައް ދޮގުކޮށް، އެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް މާރިޔާ ދަންނަވާފައިނުވާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި، އޭނާ ވެސް އެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައިނުވާކަން ފާހަގަ ކުރެއްވި އެވެ.

"ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވަކަމުގެ މައުލޫމާތު ލިބުމުން އެ މައުލޫމާތަކީ މާރިޔާ އާއި އިލްޔާސް ފުލުހުންގެ ހިދުމަތަށް ހިއްސާކުރަންވަން ޖެހިވަޑައިގަންނަވާނެ މައުލޫމާތެއް ކަމަށް މި އިންކުއަރީއަށް ގަބޫލުކުރެވޭ،" ރިޕޯޓްގައިވެ އެވެ.

ރިޕޯޓްގައި ބުނި ގޮތުގައި، ގައުމެއްގެ އިސް ވެރިއަކާ ގުޅޭ ގޮތުން ލިބޭ މިފަދަ މައުލޫމާތަކީ ޑިފެންސް މިނިސްޓަރު އަހުމިއްޔަތުކަން ނުދީ ދޫކޮށްލައިގެންވާނެ ޒާތުގެ ކަމަކަށްވެގެން ނުވާނެ އެވެ.

"ނަޝީދުފެ ހިމާޔަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތަށް ލިބުމުން، އެ މައުލޫމާތުގެ މައްޗަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވުމާއި އެމްއެންޑީއެފްގެ އެތެރޭގައި ހިއްސާކޮށްފައި ނުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ރިޕޯޓްގައިވެ އެވެ.

އެ މައުލޫމާތެއް ހިއްސާކުރުމަކީ އެފަދަ މަގާމެއްގައި ހުރި މީހެއްގެ ޒިންމާއެއް ކަމަށް ވެސް ރާއްޖޭގައި ތާރީހުގައި ފުރަތަމަ ފަހަރަށް ހެދި ޕާލިމެންޓްރީ އިންކުއަރީއަށްފަހު އެކުލަވާލި ރިޕޯޓްގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox