ދޫކޮށްލި ދެ މީހުންނަށް ހަމަލާއާ ގުޅުން އޮތް ކަމުގެ ތުހުމަތުކޮށް އަލުން ހައްޔަރުކޮށްފި

ހަމަލާއަށްފަހު މީހަކު ހައްޔަރުކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން: އިތުރު ދެ މީހަކު ވަނީ ހައްޔަރުކޮށްފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ހަމަލާއަށްފަހު މީހަކު ހައްޔަރުކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން: އިތުރު ދެ މީހަކު ވަނީ ހައްޔަރުކޮށްފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހަކު ދޫކޮށްލާފައިވަނިކޮށް އޭގެ ތެރެއިން ދެ މީހަކު އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

ހަރުކަށި ފިކުރާ ފަތުރައި، ޓެރަރިޒަމްގެ ތުހުމަތުވާ ތިން މީހުން އިއްޔެ ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ދޫކޮށްލީ، އެމީހުން އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ މިންވަރަށް ހެކި ނެތް ކަމަށް ބުނެފަ އެވެ.

ނަމަވެސް، ދޫކޮށްލި ތިން މީހުންގެ ދެ މީހަކު ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "އަދަދު"އަށް ވިދާޅުވި ގޮތުގައި، އެ ދެ މީހުން އަލުން ހައްޔަރުކޮށްފައިވަނީ ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅުން އޮތް ކަމުގެ ތުހުމަތަށެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރާނެ އެވެ.

ފުލުހުން އެދިގެން މި މައްސަލާގެ ބަންދު މަޖިލިސްތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ހަމަލާއާ ގުޅޭ ތުހުމަތުގައި އިތުރު ދެ މީހަކު ހައްޔަރުކުރުމާއެކު ހަމަލާގެ ތުހުމަތުވާ މީހުންގެ އަދަދު 10 އަކަށް ވަނީ އަރާފަ އެވެ. މީގެކުރިން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތު ހަތަރު މީހެއްގެ މައްޗަށް ކުރެވެ އެވެ.

ހަމަލާއަށް މާގިނަ ދުވަހެއް ނުވަނީސް އެ ހަތަރު މީހުން ހައްޔަރުކުރި އެވެ. އެމީހުންގެ ބައި ނިންމައި ދައުވާކުރަން ފޮނުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެއީ، އަދުހަމް އަހުމަދާއި މުޖާޒް އަހުމަދާއި ތަހުމީން އަހުމަދު އަދި އަހުމަދު ފާތިހެވެ.

ހަމަލާއާ ގުޅުން އޮތް ކަމުގެ ތުހުމަތުވާ އަނެއް ހަތަރު މީހުންނަކީ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކުރި ބައެކެވެ. އެމީހުންގެ މައްޗަށް ހަމަލާއާ ގުޅުން އޮތް ކަމުގެ ތުހުމަތު ކުރެވުނީ ހައްޔަރުކޮށް ހިންގި ތަހުގީގުންނެވެ.

އޭގެތެރެއިން ފުލުހުން ވަނަވަރު ހާމަކޮށްފައިވަނީ އެންމެ މީހެއްގެ އެވެ. އެއީ، އަލީ ހައިޝަމް އެވެ.

ކުރިމިނަލް ކޯޓުން އިއްޔެ ތިން މީހުން ދޫކޮށްލާފައިވަނީ ހެކި ނެތް ކަމަށް ބުނެ ނަމަވެސް، ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވި ގޮތުގައި، އެމީހުން ބަންދުކުރެވޭ މިންވަރަށް ހެކި އެބަ ހުއްޓެވެ. އެހެންވެ، ކުރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފުކުރުމަށް ވަނީ ނިންމަވާފަ އެވެ.

ހަރުކަށި ފިކުރު ފަތުރައި ޓެރަރިޒަމްގެ ތުހުމަތަށް އައްޑޫން ހައްޔަރުކުރި މީހުންގެ ތެރެއިން ވެސް ފަސް މީހަކު މީގެކުރިން ދޫކޮށްލި އެވެ. ނަމަވެސް، އެ އެންމެން އަލުން ހައްޔަރުކުރުމަށް ހައިކޯޓުން އެންގި އެވެ. އެގޮތަށް އަންގާފައިވަނިކޮށް އޭގެ ތެރެއިން އެކަކު ސުޕްރީމް ކޯޓަށް ދިޔުމުން އޭނާ ދޫކޮށްލުމަށް އަމުރުކުރި އެވެ. ނަމަވެސް، މިހާރު ފުލުހުން ވަނީ އެމީހާ އަލުން ހައްޔަރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox