ރާއްޖޭގެ ސިއްހީ ނިޒާމުން ޖަރުމަން ޑޮކްޓަރުން ވެސް އަޖައިބުކޮށްލައިފި

އޭޑީކޭ ހޮސްޕިޓަލް: އޭޑީކޭގެ ފަރުވާއާމެދު ނަޝީދު ހުންނެވީ ވަރަށް އުފަލުން - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

އޭޑީކޭ ހޮސްޕިޓަލް: އޭޑީކޭގެ ފަރުވާއާމެދު ނަޝީދު ހުންނެވީ ވަރަށް އުފަލުން - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

"އަޅުގަނޑު ހަމަ ފިތްކަނޑައިގެން ގޮސްފި،!"

ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ލިބިވަޑައިގެންނެވި ބޭސްފަރުވާއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިހެންނެވެ.

ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް މޭ މަހުގެ 6 ވަނަ ދުވަހުގެރޭ މަޖީދީމަގުގައި ބޮމެއް ގޮއްވާލައިގެން ދިން ހަމަލާގައި ނަޝީދުގެ ހަށިކޮޅަށް ގިނަ ޒަހަމްތަކެއް ލިބުނެވެ. އެ ޒަހަމްތަކަށް ފަރުވާދިނުމަށް އޭޑީކޭ ހޮސްޕިޓަލްގައި ގިނަ ސާޖަރީތަކެއް ކުރި އެވެ.

އެތައް ގަޑިއިރެއްގެ ސާޖާރީތަކަކަށްފަހު، އެމަނިކުފާނު ސްޓޭބަލްވުމުން އިތުރު ފަރުވާއަށް ޖަރުމަނަށް ގެންދެވި އެވެ. ޖަރުމަނަށް ނަޝީދު ގެންދެވީ އެ ގައުމުގެ ސަރުކާރުންނާއި އާއިލާއިން އެކަމަށް އެދުމުންނެވެ.

"އަޅުގަނޑު ތަކުރާރުކޮށް އެދުނުން އަޅުގަނޑު މިތަނުގައި އޮތަދޭށޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، އެމަނިކުފާނު އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެންނެވީ އޭޑީކޭއިން ލިބުނު ފަރުވާ ގޯސްވެގެން ނޫނެވެ. ނަމަވެސް އާއިލާއިންނާއި ޖަރުމަނު ސަރުކާރުން އެގޮތް ބޭނުންވުމުންނެވެ.

ޖަރުމަނުގެ ފަރުވާ ނިންމެވުމަށްފަހު މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ނަޝީދު ވިދާޅުވި ގޮތުގައި އޭޑީކޭއިން ދީފައިހުރި ފަރުވާ ފެނިފައި ޖަރުމަންގެ ޑޮކްޓަރުން ވެސް ތިބީ އަޖައިބުވެފަ އެވެ.

"ޖަރުމަނު ޑޮކްޓަރުން ހަމަ އަޖައިބުވެފަ އެ ތިބީ ދިވެހިރާއްޖޭން ދީފައިހުރި ރަނގަޅު މޮޅު ކުޅަދާނަ ފަރުވާގެ ސަބަބުން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އޭޑީކޭ ޑޮކްޓަރުން އެކުރި މަސައްކަތް ނުކުރި ނަމަ، އެމަނިކުފާނު ސަލާމަތުން، ރައްޔިތުންނާ ވާހަކަ ދެއްކުމަށް ނީންނާނެ އެވެ. އެމަނިކުފާނު ވަނީ އެ ހޮސްޕިޓަލްގެ ހުރިހާ ޑޮކްޓަރުންނާއި ނަރުހުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

"ތަންތަން ފަހާފައިހުރި ގޮތް ވެސް ހާދަ ރީއްޗޭ،" ނަޝީދު ވިދާޅުވި އެވެ.

"ކިރިޔާވެސް ކަމަކާ ނުލާ ރަނގަޅު ކުރެވޭނެ ކަމެއް އޮތިއްޔާ އެ އޮތީ ރަނގަޅުކޮށްފައި."

ނަޝީދި ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމް ވަރަށް ރަނގަޅު ކަމަށެވެ. ކޮވިޑުން އަރައިގަތުމުގައި ވެސް އެހެން ގައުމުތަކާ އަޅާބަލާއިރު ކިތަންމެ ތަނެއް ރަނގަޅު ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން ނުޖެހޭ ބޭން ޖަހާފައި ބޭސްފަރުވާއަށް އެތަންމިތަނަށް ދަތުރުކޮށް ހަދާކަށް،" ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox