ނަފުރަތުގެ ބިލަށް އެމްއާރުއެމްގެ ވެސް ތާއީދެއްނެތް

އެމްއާރުއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަނީ. -ފައިލް ފޮޓޯ: ރައީސް އޮފީސް

އެމްއާރުއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަނީ. -ފައިލް ފޮޓޯ: ރައީސް އޮފީސް

އާއްމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުން ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ތާއީދުނުކުރެވޭ ކަމަށް ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އިން މިއަދު ބުނެފި އެވެ.

އެ ބިލާ މެދު ދީނީ އިލްމުވެރިންގެ އިތުރުން އާއްމުންގެ މެދުގައި ވެސް އުފެދިފައިވާ ހިޔާލުތަފާތުވުންތައް ބޮޑެވެ.

އެ ބިލާމެދު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ކަންބޮޑުވުންފާޅުކޮށްފައިވަނިކޮށް، އެމްއާރުއެމުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ގާނޫނުލްއަގޫބާތަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކަށް ތާއީދު ނުކުރެވޭ ކަމަށް އެ ޕާޓީގެ އެކްސްކޯއިން ނިންމާފައިވާ ކަމަށެވެ.

"އަދި އެ ބިލުގައި ހުރިކަންބޮޑުވުންތަށް ސަރުކާރާއި ހިއްސާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ،" އެމްއާރުއެމުން ބުންޏެވެ.

އެ ބިލަށް އިސްލާމިކް މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ހިޔާލު ކޮމިޓީން ވަނީ ހޯދައިފަ އެވެ. އޭގެ އިތުރުން، އެ ބިލަށް އާއްމުންގެ ހިޔާލު ހޯދަން ހުޅުވާލުމުން، ގިނަ ބަޔަކު ވަނީ ހިޔާލު ހުށަހަޅައިފަ އެވެ.

އެ ހިޔާލުތަކަށް ރިއާއަތްކޮށް، އެ ބިލު ދިރާސާކުރި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ އެ ބިލަށް ބޮޑެތި އިސްލާހުތައް ގެނެސްފަ އެވެ.

އެގޮތުން، އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ، އެ ބިލުގެ 124 ވަނަ މާއްދާގެ (ހ) ގެ އެއް ވަނަ ނަންބަރުގެ ފުރަތަމަ މާއްދާގައި ފުރަތަމަ އޮތް ގޮތާމެދު އެވެ.

އެއާއެކު އާއްމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުން އެއީ ކުށެއްގެ ގޮތުގައި ބަޔާން ކޮށްފައިވާ މާއްދާ ވަނީ މުޅިން އިސްލާހުކޮށްފަ އެވެ.

titledesc

ދެން އެ ބިލާ ގުޅޭގޮތުން ހިތްހަމަނުޖެހުން އެންމެ ބޮޑު އެއް މާއްދާކަމަށްވާ އިސްލާމީ އަގީދާއާ ގުޅުވައިގެން ނަފްރަތު އުފެއްދުން ކުށަކަށް ހަދަން ކަނޑައެޅި މާއްދާ އުނިކުރަން ކޮމިޓީން ނިންމާފައިވާއިރު، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމުގެ އިތުރުން އެކަމުގެ ތުހުމަތު ކުރުން ކުށެއްގެ ގޮތުގައި ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބައިތައް ވެސް ވަނީ ވަރަށް ބޮޑަށް އިސްލާހުކޮށްފަ އެވެ.

titledesc

ނަމަވެސް، އެމްއާރުއެމްގެ ކަންބޮޑުވުންއޮތީ ކޮމިޓީން ގެނައި އިސްލާހުތަކާމެދު ކަމެއް އެ ޓްވީޓަކުން ސާފެއް ނުވެ އެވެ.

އެކަމަކު އެ ބިލު ރަނގަޅުކުރުމުގެ ނިޔަތުގައި ހާއްސަކޮށް ފުރަތަމަ މާއްދާއަށް ކޮމިޓީން ގެނައި އިސްލާހާމެދު ބޮޑެތި ކަންބޮޑުވުންތަކެއް ދަނީ ފާޅުކުރަމުންނެވެ.

އެގޮތުން، އިސްލާމްދީނުގައި އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވާ ގިނަ ކަންކަން ހުންނައިރު، ވަކި ރައުޔުއެއްގެ މައްޗަށް ބިނާކޮށް ރާއްޖޭގައި އޮތް އިސްލާމްދީނުގެ އަސްލުތަކާ ހިލާފަށް އަމަލުކޮށް ބަސްބުނުމުގެ ޖާގަ ލިބޭ ކަމަށް އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން، އެ މާއްދާގައި ދީނީ އިލްމުވެރިންނަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްފައިނުވާތީ، ދީނީ އިލްމުވެރިންގެ މެދުގައި އޮތް ހުރިހާ ހިލާފުތަކަށް ވެސް ގާނޫނީ ހައިސިއްޔަތު ލިބޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފަ އެވެ.

އަދި ހަރުކަށި ވިސްނުން އާއްމުގޮތެއްގައި ބިނާވެފަ ހުންނަނީ އެމީހުން ގަބޫލުކުރާ ވަކިވަކި އިލްމުވެރިންގެ ބަހަށް ކަމަށްވާއިރު، ބިލުގެ އެ މާއްދާ އޮތް ގޮތުން ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ވިސްނުމަށް ވެސް ހިމާޔަތްލިބޭ ކަމަށް ޝަހީމް ވިދާޅުވެ އެވެ.

އެ ބިލަށް އިސްލާހުތައް ގެނައީ އިސްލާމިކް މިނިސްޓްރީން ލަފާދީން ގޮތަށް ހަމައެކަނި ޖުމްލަތަކުގެ ތަރުތީބަށް ކުދިކުދި ބަދަލުތައް ގެނެސްގެންކަމަށް އެ ކަންބޮޑުވުންތަކުގެ ދިފާއުގައި ކޮމިޓީގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، އެ ވާހަކަ އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ދޮގުކުރައްވަ އެވެ.

މިނިސްޓަރު މިއަދު "އަދަދު"އަށް ވިދާޅުވި ގޮތުގައި، ހާއްސަކޮށް ބިލުގެ ފުރަތަމަ މާއްދާ ކޮމިޓީން އިސްލާހުކޮށްފައިވަނީ މިނިސްޓްރީން ލަފާދިން ގޮތަށް ނޫނެވެ.

އެގޮތުން، ދީނީ އިލްމުވެރިންގެ މެދުގައި ހިލާފު އުފެދޭ ކަންކަން ހުންނައިރު، އެ މާއްދާ މިހާރު އޮތް ގޮތުން ހުރިހާ ރައުޔުތައް ސައްހަ ރައުޔުތަކެއްގެ ގޮތުގައި ބަޔާންވެފައި އޮތުމަކީ މިނިސްޓްރީގެ ވެސް ކަންބޮޑުވުމެއް ކަމަށް ޒާހިރު ފާހަގަކުރައްވަ އެވެ.

"ދީނީ އިލްމުވެރިންގެ މެދުގައި އޮންނަ ކޮންމެ ރައުޔުއަކީ މުއުތަބަރު ރައުޔެއް ނޫން. މި ހުންނަ ބައެއް ޝާއްދު ރައުޔުތައް ކައުންޓެއް ނުކުރެވޭނެ ސުންނީ މުސްލިމު މުޖުތަމައުއެއްގަ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ބިލަށް ގެނައި އިސްލާހުތައް ކޮމިޓީން ފާސްކޮށް، އަނބުރާ ތަޅުމަށް ފޮނުވާފައިވާއިރު، ހާއްސަކޮށް އެ މާއްދާ އަދިވެސް އިސްލާހުކުރަން ހުށަހެޅުމާ މެދު މިނިސްޓްރީގެ ޓެކްނިކަލް ބޭފުޅުން މިއަދު މަޝްވަރާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ދަށުން އަންނަ ބައެއް މާއްދާތަކަށް ވެސް ކޮމިޓީން ވަނީ ކުދިކުދި ބަދަލުތައް ގެނެސްފަ އެވެ.

އެގޮތުން، ސިޔާސީ ފިކުރަށް ބަލައި، އެ މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި ބައިވެރިވުމާއި އެފަދަ ކަމެއް ރޭވުމަށް ވަކިން އިން ބައި މީހެއްގެ ނަސްލަށާއި، އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެ މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމުގެ މާއްދާ އެއްކޮށްލައި، ތަރުތީބަށާއި އިބާރާތްތަކަށް ބައެއް ބަދަލުތައް ގެނެސްފައިވެ އެވެ.

އެ ބިލުގައި ހިމަނާފައިވާ ކުށްތަކުގެ އަދަބުތައް ކަނޑައަޅާފައިވަނީ އެއް އަހަރުގެ ދުވަހާއި 15 އަހަރާ ދެމެދު ޖަލު ހުކުމެއް އަންނަ ގޮތަށެވެ.

ނަމަވެސް، އެ ކުރާ ކުށަކުން މީހެއްގެ ފުރާނަ ގެއްލިއްޖެ ނަމަ، އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމުގެ އަދަބު އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox