ފުލުހުންގެ ގޯސްތަކާހުރެ ދޫވި މީހާގެ މައްސަލަ އިސްތިއުނާފު ނުކުރަން ނިންމައިފި

ކްރައިމް ސީނެއްގައި ފުލުހަކު ހަރަކާތްތެރިވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް؟ އަދަދު

ކްރައިމް ސީނެއްގައި ފުލުހަކު ހަރަކާތްތެރިވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް؟ އަދަދު

ގާނޫނީ އިންޒާރު ދިނުމުގައި ފުލުހުން ހަދާފައި އޮތް ގޯސްތަކަކާހުރެ މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލާފައި ހުރި މީހަކު ދޫވި މައްސަލަ އިސްތިއުނާފު ނުކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފި އެވެ.

ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުން ކޮށްފައި އޮތް އުމުރު ދުވަހުގެ ހުކުމް ބާތިލްކޮށް ހައިކޯޓުން ދޫކޮށްލީ ދ. ހުޅުދެލީ ވަލުގެ، އިސްމާއިލް ނާހިދެވެ. އޭނާގެ މައްޗަށް ކޮށްފައި އޮތީ ޑައިމޯފިން ޓްރެފިކްކުރި ކަމުގެ ދައުވާ އެވެ.

އޭނާ ދޫވީ ތަހުގީގު މަރުހަލާގައި ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރުމުގައި ފުލުހުން ހެދި ގޯސްތަކެއްގެ ސަބަބުންނެވެ.

Advertisement

ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވި ގޮތުގައި، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރުމަށް މިހާރު އެ އޮފީހުން ވަނީ ނިންމާފަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި އެ އޮފީހަށް ދެކޮޅަށް ނިންމާ ކޮންމެ މައްސަލައެއް އިސްތިއުނާފު ނުކުރާނެ ކަމަށާއި އިސްތިއުނާފުކުރުން މިހާރު މަދުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުން، މިހާރު އެ އޮފީހުން އިސްތިއުނާފުކުރަނީ އާންމު މަސްލަހަތު ބޮޑަށް އޮންނަ މައްސަލަތަކާއި ގާނޫނު މާނަ ކުރުމާ ގުޅޭ މައްސަލަތައް އެކަންޏެވެ.

ހައިކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިހުރި ފުލުހުންގެ އިޖުރާއީ ގޯސްތައް

އެ މައްސަލާގައި ނާހިދު ހައްޔަރުކުރުމަށް ފަހު، މައުލޫމާތު ފޯމް ފުރައި، އަންގާފައިވަނީ އޭނާގެ މައްޗަށް ކެނަބިސް ބޭނުންކުރުމާއި ޑައިމޯފިން ޕެޑްލްކުރުމާއި ކެނަބިސް ޕެޑްލްކުރުމާއި ޑައިމޯފިން ބޭނުންކުރުން އަދި، ޖަދުވަލު އެކެއްގައިވާ އެހެން މަސްތުވާ އެއްޗެއް ބޭނުން ކުރުމުގެ ތުހުމަތުކުރާ ކަމެވެ.

އޭނާއަށް ހަނުހުރުމުގެ ހައްގާއި ގާނޫނީ ވަކީލަކު އައްޔަންކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ބުނެ، ގާނޫނީ އިންޒާރު ފުލުހުން ދީފައިވަނީ އެ ކުށްތަކުގެ ތުހުމަތުގެ މައްޗަށެވެ.

އެ ތުހުމަތުތަކަށް ނާހިދުގެ ބަޔާން ނެގުމަށްފަހު ނާހިދުގެ އަތުން ފެނުނު ތަކެތީގެ ތަހުލީލުތައް ފުލުހުން ކުރި އެވެ. އޭގެ ފަހުން އޭނާ ސުވާލުކޮށްފައިނުވީ ނަމަވެސް، ފުލުހުން ވަނީ އާ ތުހުމަތެއް ކޮށްފަ އެވެ. އެއީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ތުހުމަތެކެވެ.

އެ ތުހުމަތު، ފުލުހުންގެ އޭނާގެ މައްޗަށް ފަހުން ކުރި ނަމަވެސް، އެ ކުށުގެ ތުހުމަތަށް އޭނާއަށް ލިބިގެންވާ ހައްގުތައް ބަޔާންކޮށް ގާނޫނީ އިންޒާރު ދީފައެއް ނުވެ އެވެ. އެހެންވެ، އެ ތުހުމަތާ ގުޅިގެން އޭނާއާ ސުވާލުކޮށް ތަހުގީގެއް ހިންގާފައިވާ ކަމެއް އެނގެން ނެތެވެ.

އެކަމަކު ނާހިދުގެ މައްޗަށް ދައުވާ އުފުލައި، ދަށު ކޯޓުގައި ޝަރީއަތް ކުރިއަށް ގެންދިޔައީ އެ ތުހުމަތުގެ މައްޗަށެވެ.

ތުހުމަތު ތަފާތު ވެއްޖެ ހާލަތުގައި އަލުން ގާނޫނީ އިންޒާރު ދޭން ޖެހޭނެ

ހައިކޯޓުން އިއްވި ހުކުމްގައި ބުނި ގޮތުގައި، ތަހުލީލުތަކަށް ފަހު މީހާގެ މައްޗަށް އޮތް ތުހުމަތު ތަފާތު ވެއްޖެ ހާލަތުގައި އަލުން ގާނޫނީ އިންޒާރު ދޭން ޖެހޭނެ އެވެ. ނަމަވެސް، މި މައްސަލާގައި އެފަދައިން އަމަލުކޮށްފައިނުވާކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ތަހުގީގުގައި ސުވާލު ކުރުމުގެ ކުރިން ގާނޫނީ އިންޒާރު ދިނުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އައި ކަމަކަށްވާއިރު، މި މައްސަލާގައި ތަހުގީގު ހިންގާފައިވަނީ އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިންނެވެ. އެހެންވެ، ދިފާއުއެއްގެ ގޮތުގައި ދައުލަތުން ދައްކާފައި އޮތީ އެ ނުކުތާ އެވެ.

ދައުލަތުގެ އެ ނުކުތާއަށް ހައިކޯޓުން ބުނެފައިވަނީ ގާނޫނީ އިންޒާރުގައި ބަޔާންކުރާ ހައްގުތަކަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކަށްވާއިރު އެއީ އޭރު ނެތް ހައްގެއް ކަމަށް ނުހެދޭނެ ކަމަށެވެ. އަދި، ނާހިދުގެ މައްޗަށް ތަހުގީގު ހިންގާފައިވަނީ ގާނޫނު އަސާސީން ލިބޭ ހަނުހުރުމާއި ވަކީލުގެ ހައްގު އެއް ފަރާތްކޮށްފައި ކަމަށެވެ.

އެހެންވެ، ހައްގުތައް ނިގުޅައިގަނެ ފުރިހަމަ ނުވާ ތަހުގީގެއްގެ މައްޗަށް ނާހިދަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ ގޯސްކޮށް ކަމަށް ހައިކޯޓުގެ ހުކުމްގައި ކަނޑައެޅި އެވެ.

މި ހުކުމް އިއްވެވީ ފަނޑިޔާރު އަހުމަދު ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު މުހައްމަދު ފައިސަލުގެ އިއްތިފާގުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox