ކްރޫސް، ޖަރުމަނު ޓީމަށް ކުޅުން ހުއްޓާލަނީ؟

Jun 30, 2021, 6:14 AM
ރޭ އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ކްރޫސް.

ރޭ އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ކްރޫސް.

މިއުނިކް (ޖޫން 30) - އިންގްލެންޑް އަތުން ރޭ ބަލިވެ، ޖަރުމަނަށް މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ނިމިފައިވާއިރު، އެ ޓީމުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 31 އަހަރުގެ ކްރޫސް މި ފަހަރުގެ ޔޫރޯ އަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް މި އަހަރުގެ ކުރީކޮޅުގައި ވެސް ވަނީ މީޑިއާގައި އަޑުފެތުރިފަ އެވެ. އެކަމަކު އޭރު ކްރޫސް އެ ވާހަކަކަތަކަށް ސީދާ ޖަވާބެއް ދޭން ބޭނުމެއް ނުވި އެވެ.

ރިޕޯޓްތައް ބުނާގޮތުން ކްރޫސް މިހާރު ނިންމައިގެން ހުރީ މި ފަހަރުގެ ޔޫރޯ އަށް ފަހު ދެން ގައުމީ ޓީމަށް ނުކުޅޭށެވެ. ޖަރުމަނުގެ ނޫހެއް ކަމަށްވާ ބިލްޑް އިން ރިޕޯޓްކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކްރޫސް ގައުމީ ޓީމުން ރިޓަޔާކުރިކަން އިއުލާނު ކުރާނެ އެވެ.

ދެކުނު ކޮރެއާގައި 2007 ވަނަ އަހަރު ބޭއްވި 17 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކްރޫސް އަށް ޖަރުމަނު ސީނިއާ ގައުމީ ޓީމުން ފުރުސަތު ލިބުނީ 2010 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ ފަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގައި ވާދަކުރި ޖަރުމަނު ޓީމުގައި ވެސް ކްރޫސް ހިމެނުނެވެ.

ޖަރުމަނާ އެކު 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި ހިމެނޭ ކްރޫސް ވަނީ މިހާތަނަށް ޖަރުމަނަށް 106 މެޗު ކުޅެދީފަ އެވެ. އަދި އެ މެޗުތަކުގައި 17 ގޯލު ޖެހި އެވެ.

މި ފަހަރުގެ ޔޫރޯ އަށް ފަހު ޖަރުމަނުގެ ބައެއް ކުޅުންތެރިން ރިޓަޔާކުރާނެ ކަމުގެ ވާހަކަ މީޑިއާގައި އޮތީ ދެކެވިފަ އެވެ. އެކަމަކު ރިޕޯޓްތައް ބުނާގޮތުން ބައެއް ކުޅުންތެރިން އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ކުޅެފައި ޖަރުމަނު ޓީމަށް ކުޅުން ހުއްޓާލާ ގޮތަށް ނިންމުން ބަދަލުކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ. އޭގެ ތެރޭގައި ކްރޫސް ވެސް ހިމެނިދާނެ ކަމަށް ޖަރުމަނުގެ ފުޓްބޯޅަ ތަޖުރިބާކާރުން ބުނެ އެވެ.

ރޭ އިންގްލެންޑް އަތުން ޖަރުމަނު ބަލިވި މެޗަކީ އެ ޓީމުގެ ކޯޗަކަށް ޔަކީމް ލޯ ހުރި ފަހު މެޗެވެ. މި ފަހަރުގެ ޔޫރޯ ނިމުމުން 15 އަހަރަށް ފަހު ޖަރުމަނުގެ ކޯޗުކަން ދޫކޮށްލާނެކަން ލޯ އޮތީ މާ ކުރިން ވެސް އިއުލާނު ކޮށްފަ އެވެ. ޖަރުމަނު ޓީމާ ދެން ހަވާލުވާނީ ލޯގެ އެސިސްޓަންޓަަކަށް ކުރިން މަސައްކަތްކުރި އަދި މިދިޔަ ދެ އަހަރެއްހާ ދުވަހު ބަޔާންގައި ގިނަ ކާމިޔާބީތަކެއް ހޯދި ކޯޗު ހަންސީ ފްލިކް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox