ހަމަލާއާ ގުޅޭ އިތުރު 4 މީހެއްގެ މައްސަލަ ތަހުގީގު ކުރަނީ

ކޮމިޝަނާ އޮފް ޕޮލިސް ހަމީދާއި ތަހުގީގު ހެޑް ރިޔާޒު: ހަމަލާއާ ގުޅޭ އިތުރު ހަތަރު މީހެއްގެ މައްސަލަ ދަނީ ބަލަމުން - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ކޮމިޝަނާ އޮފް ޕޮލިސް ހަމީދާއި ތަހުގީގު ހެޑް ރިޔާޒު: ހަމަލާއާ ގުޅޭ އިތުރު ހަތަރު މީހެއްގެ މައްސަލަ ދަނީ ބަލަމުން - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ އިތުރު ހަތަރު މީހެއްގެ މައްސަލަ ބަލަމުންދާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހާމަކުރައްވައިފި އެވެ.

ނަޝީދު ގެކޮޅު ކައިރީ ބޮމެއް ގޮއްވާލައި ދިން ހަމަލާއާ ގުޅިގެން އެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށް ތަހުގީގު ހިންގަމުންދާކަން މީގެކުރިން ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

އޭގެފަހުން އިތުރު ބަޔަކު ހަމަލާއާ ގުޅުން އޮވެގެން ހައްޔަރުކުރި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

Advertisement

ނަމަވެސް، ހަމަލާގެ ތަހުގީގާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވި ގޮތުގައި، ހަމަލާގެ ތަހުގީގު ވަރަށް ހަކުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.

"މީގެ ދެ ދުވަސް ކުރިން ފުލުހުން އަޅުގަނޑަށް ދިން އަޕްޑޭޓްގައިވާ ގޮތުން ހަމަލާއާ ސީދާ ގުޅުން އޮތް އަށް ފަރާތެއްގެ ތަހުގީގު ބާރަށް ކުރިއަށްދޭ،" ރައީސް ވިދާޅުވި އެވެ.

އޭގެތެރެއިން ހަތަރު މީހެއްގެ ތަހުގީގު ނިންމައި ވަރަށް އަވަހަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވޭވަރުވާނެ ކަމަށް ފުލުހުން މައުލޫމާތުދޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އަދިވެސް މައްސަލާގައި ތަހުގީގު ބާރަށް ކުރިއަށް ގެންގޮސް، އެކަމުގެ ވަށައިގެންވާ ކަންކަން ބެލުމަށް މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެ އެވެ.

ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އަދުހަމް އަހުމަދާއި މުޖާޒް އަހުމަދާއި ތަހުމީން އަހުމަދު އަދި އަހުމަދު ފާތިހުގެ ބައި ނިންމައި، މުއްދަތުގެ ތެރޭގައި ދައުވާ ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވެސް ވަނީ ވިދާޅުވެފަ އެވެ.

އެމީހުން ފުލުހުންގެ ބަންދުގައި ތިބިއިރު، ޓެރަރިޒަމް ގާނޫނުގައިވާ ގޮތުން، ހައްޔަރުކުރިތާ 75 ދުވަހުގެ ތެރޭގައި ދައުވާ އުފުލަންޖެހޭނެ އެވެ. އޭގެފަހުން މައްސަލާގައި ދައުވާއެއް ނުކުރެވޭނެ އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި، ނަޝީދަށް ދިން ހަމަލާގެ އަމަލީ ގޮތުން ބައިވެރިވި މީހުންގެ ތަހުގީގު ނިންމައި، ލިޔުންތައް އަންނަ މަހުގެ ތެރޭގައި ފުލުހުން ފޮނުވާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ. އަދި، އޯގަސްޓް ފަހެއްގެ ކުރިން މައްސަލަ ޕީޖީގެ ފަރާތުން ދައުވާ އުފުލައި ކޯޓަށް ފޮނުވެވޭވަރުވާނެ ކަމަށެވެ.

ދައުވާކުރަން އޮތް 75 ދުވަސް ހަމަވާ ތާރީހަކީ އޯގަސްޓް، 5, އެވެ.

ޝަމީމް ވިދާޅުވީ އެ ތާރިހަށްވުރެ އަވަހަށް މައްސަލަ ކޯޓަށް ހުށަހެޅުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށާއި ނަމަވެސް، އަރުވާލުމުގެ ގޮތުން އެއްވެސް ކަމެއް ދޫކޮށްލާފައި ނުބާއްވާނެ ކަމަށެވެ. އަދި، މައްސަލާގައި އަމަލީ ގޮތުން ބައިވެރިވާ މީހުންގެ މައްޗަށް ދައުވާ އުފުލުމުން މައްސަލަ ނުނިމޭނެ ކަމަށާއި ހަމަލާގެ ތަހުގީގު، އެއާ ގުޅޭ އެހެން ކަންކަން ހޯދުމަށް ވެސް ކުރިއަށްދާނެ ކަމަށެވެ.

އަމަލީ ގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ އިތުރުން ވެސް ހަމަލާއަށްފަހު ހިނގި ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަންގައި ގިނަ ބަޔަކު ހައްޔަރުކުރި އެވެ. ނަމަވެސް، އެމީހުންނާ ސީދާ ހަމަލާއާ ގުޅުމެއް އޮތް ކަމަކަށް ފުލުހުން ނުބުނެ އެވެ.

އަދި، ރައީސް މިއަދު ވިދާޅުވި އިތުރު ހަތަރު މީހުން އޭގެ ތެރޭގައި ހިމެނޭ ކަމެއް ވެސް ސާފެއް ނޫނެވެ.

ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ކަމަަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްފައިވީ ނަމަވެސް، ހަމަލާއަށް ފަންޑުކުރި މީހުން ނުހޯދޭތީ އެމްޑީޕީންގެ ބައެއް މެންބަރުން ދަނީ ކަންބޮޑުވުންފާޅު ކުރައްވަމުންނެވެ. އެކަމުގައި، ފުލުހުންނަށް ފާޑުކިޔުން ވެސް ވަނީ އަމާޒުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox