އުމުރަށް ޖަލަށްލީ މީހަކު ފުލުހުންގެ ގޯސްތަކަކާ ހެދި ދޫވެއްޖެ

ފުލުހަކު ޑިއުޓީގައި: އުމުރަށް ޖަލަށްލީ މީހަކު ހައި ކޯޓުން ވަނީ ދޫކޮށްލާފައި. - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ފުލުހަކު ޑިއުޓީގައި: އުމުރަށް ޖަލަށްލީ މީހަކު ހައި ކޯޓުން ވަނީ ދޫކޮށްލާފައި. - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަަށް ޖަލަށް ލާފައި ހުރި މީހަކު، ފުލުހުން ހަދާފައިވާ ގޯސްތަކަކާ ހެދި މިއަދު ސަލާމަތްވެއްޖެ އެވެ.

ހައިކޯޓުން މިއަދު ދޫކޮށްލީ ދ. ހުޅުދެލީ ވަލުގެ، އިސްމާއިލް ނާހިދެވެ. އޭނާގެ މައްޗަށް ކޮށްފައި އޮތީ ޑައިމޯފިން ޓްރެފިކްކުރި ކަމުގެ ދައުވާ އެވެ.

އޭނާ ދޫވީ ތަހުގީގު މަރުހަލާގައި ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރުމުގައި ފުލުހުން ހެދި ގޯސްތަކެއްގެ ސަބަބުންނެވެ.

ނާހިދު ހައްޔަރުކުރީ 2016ގައި މާލެއިން ހުޅުދެއްޔަށް ދިޔަ ކަނޑު ބޯޓެއްގައި މަސްތުވާތަކެތި ގެންދާ ކަމުގެ ރިޕޯޓް ލިބިގެންނެވެ. ބަލައިފާސްކުރުމުގެ ތެރޭގައި އޭނާގެ ޖީބުން 4.38 ގްރާމްގެ ޑައިމޯފިން ހުރި ޕެކެޓްތަކެއް ފެނުނެވެ.

އޭނާގެ މައްޗަށް ދައުވާ އުފުލައި ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގައި ޝަރީއަތް ކުރިއަށް ގެންގޮސްފައިވާއިރު، އެ ކޯޓުން ހުކުމްކުރީ ނާހިދު އުމުރަށް (25 އަހަރަށް) ޖަލަށްލައި، 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށެވެ.

ހައި ކޯޓުން މިއަދު ހުކުމްކޮށް، ނާހިދުު ދޫކޮށްލީ އޭނާގެ ފަރާތުން މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރުމުންނެވެ.

ޑައިމޯފިން ޓްރެފިކް ކުރުމުގެ ތުހުމަތު: ތަހުގީގު ހިންގިކަން އެނގެން ނެތް!

އެ ހުކުމްގައި ފާހަގަކޮށްފައިވަނީ ތަހުގީގު މަރުހަލާގައި ފުލުހުން އިޖުރާއީ ގޮތުން ހަދާފައިވާ ގޯސްތަކެވެ. އެގޮތުން، ގާނޫނީ އިންޒާރު ނާހިދަށް ދިނުމުގައި ފުލުހުން އޮތީ ގޯސް ހަދައިފައި ކަމަށް ހުކުމުގައިވެ އެވެ.

އެ މައްސަލާގައި ނާހިދު ހައްޔަރުކުރުމަށް ފަހު، މައުލޫމާތު ފޯމް ފުރައި، އަންގާފައިވަނީ އޭނާގެ މައްޗަށް ކެނަބިސް ބޭނުންކުރުމާއި ޑައިމޯފިން ޕެޑްލްކުރުމާއި ކެނަބިސް ޕެޑްލްކުރުމާއި ޑައިމޯފިން ބޭނުންކުރުން އަދި، ޖަދުވަލު އެކެއްގައިވާ އެހެން މަސްތުވާ އެއްޗެއް ބޭނުން ކުރުމުގެ ތުހުމަތުކުރާ ކަމެވެ.

އޭނާއަށް ހަނުހުރުމުގެ ހައްގާއި ގާނޫނީ ވަކީލަކު އައްޔަންކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ބުނެ، ގާނޫނީ އިންޒާރު ފުލުހުން ދީފައިވަނީ އެ ކުށްތަކުގެ ތުހުމަތުގެ މައްޗަށެވެ.

އެ ތުހުމަތުތަކަށް ނާހިދުގެ ބަޔާން ނެގުމަށްފަހު ނާހިދުގެ އަތުން ފެނުނު ތަކެތީގެ ތަހުލީލުތައް ފުލުހުން ކުރި އެވެ. އޭގެ ފަހުން އޭނާ ސުވާލުކޮށްފައިނުވީ ނަމަވެސް، ފުލުހުން ވަނީ އާ ތުހުމަތެއް ކޮށްފަ އެވެ. އެއީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ތުހުމަތެކެވެ.

އެ ތުހުމަތު، ފުލުހުންގެ އޭނާގެ މައްޗަށް ފަހުން ކުރި ނަމަވެސް، އެ ކުށުގެ ތުހުމަތަށް އޭނާއަށް ލިބިގެންވާ ހައްގުތައް ބަޔާންކޮށް ގާނޫނީ އިންޒާރު ދީފައެއް ނުވެ އެވެ. އެހެންވެ، އެ ތުހުމަތާ ގުޅިގެން އޭނާއާ ސުވާލުކޮށް ތަހުގީގެއް ހިންގާފައިވާ ކަމެއް އެނގެން ނެތެވެ.

އެކަމަކު ނާހިދުގެ މައްޗަށް ދައުވާ އުފުލައި، ދަށު ކޯޓުގައި ޝަރީއަތް ކުރިއަށް ގެންދިޔައީ އެ ތުހުމަތުގެ މައްޗަށެވެ.

ތުހުމަތު ތަފާތު ވެއްޖެ ހާލަތުގައި އަލުން ގާނޫނީ އިންޒާރު ދޭން ޖެހޭނެ

ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ބުނި ގޮތުގައި، ތަހުލީލުތަކަށް ފަހު މީހާގެ މައްޗަށް އޮތް ތުހުމަތު ތަފާތު ވެއްޖެ ހާލަތުގައި އަލުން ގާނޫނީ އިންޒާރު ދޭން ޖެހޭނެ އެވެ. ނަމަވެސް، މި މައްސަލާގައި އެފަދައިން އަމަލުކޮށްފައިނުވާކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ތަހުގީގުގައި ސުވާލު ކުރުމުގެ ކުރިން ގާނޫނީ އިންޒާރު ދިނުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އައި ކަމަކަށްވާއިރު، މި މައްސަލާގައި ތަހުގީގު ހިންގާފައިވަނީ އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިންނެވެ. އެހެންވެ، ދިފާއުއެއްގެ ގޮތުގައި ދައުލަތުން ދައްކާފައި އޮތީ އެ ނުކުތާ އެވެ.

ދައުލަތުގެ އެ ނުކުތާއަށް ހައިކޯޓުން ބުނެފައިވަނީ ގާނޫނީ އިންޒާރުގައި ބަޔާންކުރާ ހައްގުތަކަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކަށްވާއިރު އެއީ އޭރު ނެތް ހައްގެއް ކަމަށް ނުހެދޭނެ ކަމަށެވެ. އަދި، ނާހިދުގެ މައްޗަށް ތަހުގީގު ހިންގާފައިވަނީ ގާނޫނު އަސާސީން ލިބޭ ހަނުހުރުމާއި ވަކީލުގެ ހައްގު އެއް ފަރާތްކޮށްފައި ކަމަށެވެ.

އެހެންވެ، ހައްގުތައް ނިގުޅައިގަނެ ފުރިހަމަ ނުވާ ތަހުގީގެއްގެ މައްޗަށް ނާހިދަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ ގޯސްކޮށް ކަމަށް ހައިކޯޓުގެ ހުކުމްގައި ކަނޑައެޅި އެވެ.

މި ހުކުމް އިއްވެވީ ފަނޑިޔާރު އަހުމަދު ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު މުހައްމަދު ފައިސަލުގެ އިއްތިފާގުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox