ހަނިމާދޫ ބިމުގެ މައްސަލަ: ހައްލު ހޯދޭނެކަމުގެ ޔަގީންކަން މިނިސްޓަރަށް އެބައޮތް

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް: ހަނިމާދޫ އެއާޕޯޓް ބިމުގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށް ވިދާޅުވި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް: ހަނިމާދޫ އެއާޕޯޓް ބިމުގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށް ވިދާޅުވި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ހދ. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަން ސަރުކާރުން ބޭނުންވާ މިންވަރުގެ ބިން އެ ރަށުން ހޯދުމުގައި އޮތް ހިޔާލު ތަފާތުވުންތަކަށް ހައްލު ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކޮށް ތަރައްގީކުރުމުގެ މަޝްރޫއުއަށް އެއާޕޯޓް ސަރަހައްދުން 853،937 އަކަފޫޓުގެ ބިމެއް ހަމަޖައްސައިދިނުމަށް ޕްލޭނިން މިނިސްޓްރީން ވަނީ އެ ރަށު ކައުންސިލުގައި އެދިފަ އެވެ.

ހަނިމާދޫ އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރަނީ އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީން ފަންޑުކުރާ ގޮތަށެވެ. އެ މަޝްރޫއަށް 85 މިލިއަން ޑޮލަރު ނުވަތަ 1.3 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާއިރު، އެ އެއާޕޯޓް ތަރައްގީ ކުރަން ހަވާލުކޮށްފައިވަނީ ވެސް ލޯން ދޭ އިންޑިއާގެ ކުންފުންޏަކާ އެވެ.

މަޝްރޫއުގައި އިންޑިއާގެ ބައިވެރިވުން ބޮޑުވުމާއި އެއާޕޯޓް ތަރައްގީކުރަންދޭ ބިމުން އިންޑިއާގެ މިލިޓަރީއަށް ފުރުސަތު ދޭނެ ކަމުގެ ތުހުމަތާއެކު މައްސަލަ ބޮޑުވި އެވެ.

ސަރުކާރުން އެދުނު ގޮތަށް ބިން ހަމަޖައްސައިދިނުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރުމުގެ އިތުރުން ހަނިމާދޫގައި އިހްތިޖާޖުކޮށްފައިވެ އެވެ. ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ، ރަށުގެ ބިމުގެ ބޮޑު ބައެއް އެއާޕޯޓް ތެރެއަށް ގެއްލިގެންދިޔުމެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު، ހަނިމާދޫ ކައުންސިލުން ވަނީ ބިމާ ގުޅޭ ގޮތުން މިނިސްޓްރީއާއެކު މަޝްވަރާތައް ފަށާފަ އެވެ. އެ ކައުންސިލްގެ ހުށަހެޅުމަކީ، މިނިސްޓްރީން އެދުނު މިންވަރަށްވުރެ ކުޑަ ބިމެއް މަޝްރޫއުއެއް ދޫކުރުމެވެ.

އެ މަޝްވަރާތަކާ ގުޅޭ ގޮތުން ޕްލޭނިން މިނިސްޓަރު އަސްލަމް މިއަދު "އަދަދު"އަށް ވިދާޅުވި ގޮތުގައި ކައުންސިލުން ހުށަހެޅި ގޮތަށް ދޫދެވޭނީ ކިހާވަރަކަށްތޯ ޖެހޭނީ ބަލަން ކަމަށާއި ބިމުގެ މައްސަލައަށް ހައްލެއް ހޯދޭނެ ކަމަށެވެ.

"މީގެން ކޮމްޕްރަމައިޒް ކުރެވޭނީ ކިހާވަރަކަށްތޯ އަޅުގަނޑުމެން ވާހަކަތަކެއް ދައްކަން ޖެހޭނީ. ވާހަކަ ދައްކައިގެން ގޮތްތަކެއް ހޯދާނީ. އަޅުގަނޑަށް ޔަގީން ގޮތްތަކެއް ފެންނާނެ،" އަސްލަމް ވިދާޅުވި އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި އެއާޕޯޓް ސަރަހައްދަށް ބިން ހޯދަން އެދިފައި ވަނީ އެންމެ ބޮޑެތި މަތިންދާ ބޯޓު ޖައްސާވަރަށް ރަންވޭ ތަރައްގީ ކުރާށެވެ. ރަންވޭ ބޮޑު ކުރުމުގެ އިތުރުން ސިފައިންގެ މައި މަރުކަޒެއް ވެސް ހޯދަން އެދިފައިވާ ބިމުގައި އަޅަން ނިންމާފައިވާ ކަމަށާއި އެއީ އިންޑިއާ މީހުން ތިބެން ކަނޑައަޅާ ބިމެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ކުރިން ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި ބިން ދޫކުރުން އޮތީ ކައުންސިލްގެ އަތްމަތީގަ އެވެ. ބިން ދިނުމާމެދު ރަށުން ކޮންމެ ނިންމުމެއް ނިންމި ނަމަވެސް، މައްސަލައެއް ނެތް ކަމަށާއި އެ މަޝްރޫއު އެހެން ތަނަކަށް ބަދަލު ކުރެވިދާނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވެފައިވެ އެވެ.

ނަމަވެސް، މިނިސްޓަރު އަސްލަމް ވިދާޅުވި ގޮތުގައި، އެ ހާލަތެއް ނެތެވެ.

މިނިސްޓަރު އަސްލަމް މިއަދު ވިދާޅުވީ، ބިން ނުލިބިގެން އެއާޕޯޓް ނޭޅޭނެ ވާހަކަ ދައްކަން ނުޖެހޭ ކަމަށާއި އެ ޕްލޭނާ އެއްގޮތަށް މަސައްކަތް ދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އެއާޕޯޓް ނާޅާ ވާހަކައަކީ ތަންކޮޅެއް އެކްސްޓްރީމް ވާހަކައެއްހެން އަޅުގަނޑަށް ހީވަނީ. ވާހަކަ ދެކެވިގެން ހައްލެއް ލިބޭނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަނީ،" އަސްލަމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox