ހަތް ރިސޯޓް ތަރައްގީކުރަން ހުށައެޅި ބިޑުތަކުގެ ތެރޭގައި ގިނައީ ދިވެހި އިންވެސްޓަރުން

ރިސޯޓް ތަރައްގީކުރަން ހުޅުވާލި ބައެއް ރަށްތައް: ނުވަ ފަރާތަކުން ހަތް ރަށެއްގައި ރިސޯޓް ހަދަން ހުށައެޅި -- ފޮޓޯ: އަދަދު

ރިސޯޓް ތަރައްގީކުރަން ހުޅުވާލި ބައެއް ރަށްތައް: ނުވަ ފަރާތަކުން ހަތް ރަށެއްގައި ރިސޯޓް ހަދަން ހުށައެޅި -- ފޮޓޯ: އަދަދު

ރިިސޯޓް ތަރައްގީކުރަން އެންމެ ފަހުން ހުޅުވާލި 16 އިންވެސްޓްމަންޓް ފުރުސަތުގައި ހަތް ރަށެއްގައި ރިސޯޓް ތަރައްގީކުރަން 13 ބިޑު ހުށައަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގެ ހަތް އަތޮޅެއްގެ 23 ރަށެއް ހިމެނޭގޮތަށް ރިސޯޓް ހަދަން ހުޅުވާލި ފުރުސަތަކީ ރަށްތައް ދޫކުރުމުގެ ދެވަނަ ފިޔަވަހީގެ ތެރެއިން ސަރުކާރުން ކުރަން ފެށި މަސައްކަތެކެވެ. އޭޕްރިލް މަހު ހުޅުވާލި މުއްދަތުގެ ފުރުސަތު ހަމަވީއިރު 98 ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ބިޑް ފޮތް ގަތީ އެންމެ 18 ފަރާތުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޖޫން 24 ވަނަ ދުވަހަށް ބިޑް ހުށައެޅުމުގެ ސުންގަޑި ހަމަވީއިރު ނުވަ ފަރާތަކުން ބިޑް ހުށައަޅާފައިވާ ކަމަށެވެ. މީގެ ތެރޭގައި ގިނައީ މިހާރުވެސް ރާއްޖޭގައި ފުޅާދާއިރާއެއްގައި ޓޫރިޒަމުގައި ހަރަކާތްތެރިވަމުން އަންނަ ދިވެހި ކުންފުނިތަކެވެ.

ނަމަވެސް ބިޑް އިވެލުއޭޝަން މަރުހަލާ ކުރިޔަށްދާތީ ކުންފުނިިތަކުގެ ނަންތަކާއި އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކުރި ރަށްތަކުގެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.

މި ރަށްތަކަށް ސަރުކާރުން ނަގާ މިނިމަމް ލީޒް އެކުއިޒިޝަން ކޮސްޓް، ކޮވިޑްގެ ހާލަތާއި ގުޅިގެން 30 ޕަސެންޓް ދަށްކުރި އެވެ. އެހެން ނަމަވެސް، ބިޑް ހުށައެޅި ފަރާތްތަކުގެ ތެރޭގައި ސަރުކާރުން ކަނޑައެޅި އަގަށް ވުރެ މަތިން ބައެއް އިންވެސްޓަރުން ހުށައަޅާފައި ވެ އެވެ.

މިގޮތުން އައި ހުށައެޅުންތަކުގެ ތެރޭގައި ސަރުކާރުން ކަނޑައެޅީ އަގަށް ވުރެ 140 ޕަސެންޓު ބޮޑު އަގެއް ހުށައަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

އެކުއިޒިޝަން ކޮސްޓް ކުޑަ ކުރި ނަމަވެސް އަހަރު ރިސޯޓް ތަރައްގީކުރަން ދޫކުރާ ރަށްތަކުން ދައުލަތަށް މަދުވެގެން 12 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ކުރިން ލަފާކުރި އެވެ. ނަމަވެސް ބިޑް ހުށައަޅާފައިވާ އަދަދަށް ބަލާފައި މި އަދަދަށް އާމްދަނީ ލިބުން ނާދިރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

ވެމްކޯއަށް 105 މިލިއަން ދީގެން ވެސް 127 މިލިއަން ގެއްލުން

ވެމްކޯއަށް 2022 ގައި ސަރުކާރުން 105 މިލިއަން ރުފިޔާގެ އެހީއެއް ދިނުމުން ވެސް އެ އަހަރު އެ ކުންފުންޏަށް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުން. އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރި.

ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިނުން ދިން ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑު ކަމަށް އެ ބޭންކުން ބުނޭ. މި ނިޒާމުގެ ސަބަބުން އެވޯޑުތަކުގެ ސައްހަކަން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ފާހަގަކުރޭ.

1883 މެއިޒަން ރޫޓިން ގެ އައު ބާވަތްތައް ރާއްޖެއަށް

ޔޫރޯ މާކެޓިންގއިން ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝަރ މިކްސް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ގުދުރަތީ ރަހަތަކާއި ކުލަ ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ކެފޭތަކާއި ގޭބިސީތަކުގައި ތަފާތު މީރު ބުއިންތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ބާވަތްތަކެކެވެ. މި އައު ރޭންޖުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ބައްލަވައިގަންނަން ލިބޭނެއެވެ.

ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަންޑޭ

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކޮށްގެން ކަމަށް. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމާއި، އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުން މާލީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑަކަށް ފުވައްމުލައް

އެމްއައިބީން އަލަށް ތައާރަފުކުރި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" އެވޯޑް ފުވައްމުލައް ސިޓީން ކާމިޔާބުކޮށް، އިޖުތިމާއީ މަޝްރޫއެއް ހިންގުމަށް 500,000 ރުފިޔާގެ މާލީ އެހީއެއް ދިން. މި އެވޯޑަކީ ރަށު ފެންވަރުގައި ފަތުރުވެރިކަން ކުރިއަރުވައި، ތަބީއީ މާހައުލު ރައްކާތެރިކުރުމަށް ނަމޫނާ ދައްކާ ރަށްރަށުގެ އަގުވަޒަންކުރުމަށް ދޭ ޝަރަފެއް.

Newsletter

Get the latest news delivered straight to your inbox