"ހަންގޭރީ އަށް ޕޮއިންޓެއް ވެސް ނުލިބޭނެ ކަމަށް ބުނި މީހުން ގިނަވާނެ"

Jun 24, 2021, 5:00 AM
ިމި ފަހަރުގެ ޔޫރޯގެ މެޗެއްގެ ތެރެއިން ހަންގޭރީ ކުޅުންތެރިން.

ިމި ފަހަރުގެ ޔޫރޯގެ މެޗެއްގެ ތެރެއިން ހަންގޭރީ ކުޅުންތެރިން.

މިއުނިކް (ޖޫން 24) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ހަންގޭރީ "މަރު"ގެ ގްރޫޕްގައި އޮތުމުން އެ ޓީމަށް ޕޮއިންޓެއް ވެސް ނުލިބޭނެ ކަމަށް ބުނި މީހުން ގިނަވާނެ ކަމަށް ހަންގޭރީގެ ކޯޗު އިޓަލީގެ މާކޯ ރޮސީ ބުނެފި އެވެ.

އެންމެ ފަހުން ނެރުނު ފީފާ ރޭންކިންގައި ހަންގޭރީ އޮތީ 37 ވަނައިގަ އެވެ. ހަންގޭރީއާ އެއް ގްރޫޕެއްގައި އޮތީ ފީފާ ވޯލްޑް ކަޕްގެ އެންމެ ފަހު ދެ މުބާރާތުގެ ޗެމްޕިއަން ފްރާންސް އާއި ޖަރުމަނު އަދި ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އެވެ. މި ތިން ޓީމު މި ވަގުތު ވެސް އޮތީ ދުނިޔޭގެ ރޭންކިންގެ އެންމެ ވަރުގަދަ 12 ޓީމުގެ ތެރޭގަ އެވެ. ފްރާންސް ދެ ވަަނައިގައި އޮތްއިރު، ޕޯޗުގަލް އޮތީ ފަސް ވަނައިގަ އެވެ. އަދި ޖަރުމަނު އޮތީ 12 ވަަނައިގަ އެވެ.

ކޮލިފައިންގައި ހަންގޭރީ ކުޅުނު ފުރަތަަމަ މެޗުގައި 83 ވަނަ މިނިޓްގެ ފަހުން ޕޯޗުގަލް އިން ޖެހި ތިން ގޯލާ އެކު އެ ޓީމު މޮޅުވީ 3-0 އިންނެވެ. އޭގެ ފަހުން ހަންގޭރީން ވަނީ 1-1 އިން ފްރާންސާއި އެއްވަރުކޮށް ރޭ 84 ވަނަ މިނިޓާ ހަަމަ އަށް ޖަރުމަނާ ދެކޮޅަށް ލީޑުކޮށްފަ އެެވެ. ޖަރުމަނާ ދެކޮޅަށް ކުޅުނު އެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ހަންގޭރީން ގްރޫޕް ނިންމާލީ ތިން މެޗުން ދެ ޕޮއިންޓާ އެކު ގްރޫޕްގެ އެންމެ ފުލުގައި އޮވެގެންނެވެ. ރޭ ޖަރުމަނާ އެއްވަރުވި މެޗަށް ފަހު ހަންގޭރީގެ ކޯޗު ރޮސީ ބުނީ މުބާރާތުން ކެޓި ނަމަވެސް ހަންގޭރީން އެނބުރި ގައުމަށް ދަނީ އިސް އުފުލައިގެން ކަމަށެވެ.

"އަހަންނަށް ޗެލެންޖް ކޮށްފައި ބުނަން ކެރިދާނެ އަހަރެމެން މި ޓީމުތަކާ ދެކޮޅަށް ކުޅެގެން އެންމެ ޕޮއިންޓެއް ވެސް ލިބޭނެ ކަމަށް ބުނި މީހެއް ނުހުންނާނެ. ގިނަ ވާނީ ޕޮއިންޓެއް ވެސް ނުހޯދޭނެ ކަމަށް ބުނި މީހުން،" ރޮސީ ބުންޏެވެ. "އެކަމަކު އަހަރެމެން މި ވަނީ ފްރާންސާއި ޖަރުމަނާ އެއްވަރުކޮށްފައި މިއީ ހަންގޭރީގެ ފުޓްބޯޅަ ތާރީހުގައި ރަނގަޅަށް ލިޔެވޭނެ ކަމެއް،"

ހަންގޭރީގެ ކޯޗު ރޮސީ: އޭނާ ވަނީ ކުޅުންތެރިންނާ މެދު ފަހުރުވެރިވާ ކަމަށް ބުނެފައި.

ރޮސީ ބުނީ ހަންގޭރީގެ ކުުޅުންތެރިން މި ވަގުތަށް ބަލާއިރު ތިބީ ވަރަށް މާޔޫސްވެފައި ކަމަށާއި އެއީ ޖަރުމަނު އަތުން މޮޅުވެ، އަނެއް ބުރަށް ދިއުމާ އެހާ ގާތުގައި ވަނިކޮށް ގޯލެއް ވަދެގެން ހުރިހާ ކަމެއް ބަދަލުވެގެން ދިއުމުން ކަމަށެވެ.

"އަހަރެމެން އަނެއް ބުރަށް ދިޔަ ނަަމަ އޭ ވާނީ އާދަޔާހިލާފު ކާމިޔާބީ އަކަށް. އެކަމަކު ގަބޫލުކުރަން ޖެހޭ ކަމަކީ އެންމެ ފުރިހަމަ ވާހަކަތަކުގައި ވެސް ނިމުން އުފާވެރި ނުވެދާނެ ކަން. އެ ހަގީގަތާ ކުރިމަތިލާން ޖެހޭނީ،" ރޮސީ ބުންޏެވެ.

މި ގްރޫޕްގައި އޮތް ޕޯޗުގަލް އާއި ފްރާންސް އަދި ޖަރުމަނަކީ ޓީމުގެ ކުޅުންތެރިން ރޮޓޭޓް ކޮށްލައިގެން ވެސް އެއް ފެންވަރެއްގައި ކުޅުން ހިފަހައްޓައިލެވޭނެ ޓީމުތަކެއް ކަމަށާއި އެކަމަކު ހަންގޭރީ އަށް އޮތް ގޮތަކީ ތިބި ރަނގަޅު ކުޅުންތެރިން ރިކަވާ ކޮށްގެން މެނޭޖް ކުރުން ކަމަށް ރޮސީ ވަނީ ބުނެފަ އެވެ.

"ހަންގޭރީގެ ހުރިހާ ކުޅުންތެރިން ކުރި މަސައްކަތަށް އަހަރެން ތައުރީފު ކުރަން. އަހަރެން ފަހުރުވެރިވޭ މި ޓީމާ މެދު. އަހަރެމެން ތިބެން ޖެހޭނީ އިސް އުފުލައިގެން. މިއީ މާޔޫސްވާން ޖެހޭ ނަތީޖާތަކެއް ނޫން. ފުޓްބޯޅައިގެ ގިނަ ބަޔަކު ކުރިއަށް އޮތް އަހަރުތަކުގައި އަހަރެމެންގެ ވާހަކަ ދައްކާނެ،" ރޮސީ ބުންޏެވެ.

ހަންގޭރީ ޓީމާ 2018 ވަަނަ އަހަރު ހަވާލުވެ، ރަނގަޅު މަސައްކަތް ތަކެއް ކުރަމުން އަންނަ ރޮސީ ބުނީ އުއްމީދަކީ ވޯލްޑް ކަޕް ކޮލިފައިންގައި ރަނގަޅު ނަތީޖާތަކެއް ނެރެ އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގެ ޖާގައެއް ހޯދުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox