ހަމަލާގެ އިންކުޔަރީއަށް މައުލޫމާތު ހޯދައި ނިންމައި، ރިޕޯޓު އެކުލަވާލަން ފަށައިފި

ނަޝީދަށް ދިން ހަމަލާއާ ގުޅޭ އިންކުޔަރީ ހިންގަމުންދާ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: މަޖިލިސް

ނަޝީދަށް ދިން ހަމަލާއާ ގުޅޭ އިންކުޔަރީ ހިންގަމުންދާ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހިންގަމުންދާ ޕާލިމަންޓަރީ އިންކުއަރީއަށް ބޭނުންވާ މައުލޫމާތުތައް ހޯދައި، ރިޕޯޓު އެކުލަވާލުމަށްފަހު އަންނަ ހަފްތާގައި އާންމު ކުރާނެ ކަމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން މިއަދު ބުނެފި އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ބަލަމުންދަނީ އެކަން ހިނގައިދިޔަ ގޮތާއި، އެކަމުގައި އިހުމާލުތަކެއްވެފައިވޭތޯ އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.

އެ އިންކުޔަރީ ހިންގަމުންދާ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ކޮމިޓީން މައުލޫމާތު ހޯދަން ބޭނުންވި ވަކިވަކި ފަރުދުންނާއި މުއައްސަސާތަކާ މިހާރު ސުވާލުކޮށް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.

Advertisement

އެގޮތުން، މިހާތަނަށް ޖުމްލަ 49 ފަރާތަކާ ބައްދަލުކޮށްފައިވާއިރު، އޭގެ ތެރޭގައި ސިފައިންގެ މުއައްސަސާގެ 33 ފަރާތެއް ހިމެނޭކަން އަސްލަމް ފާހަގަކުރެއްވި އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ ނަޝީދަށް ސެކިޔުރިޓީ ފޯރުކޮށްދިނުމަށް ފެއިލްވި ކަމަށް ބުނެ އެމްއެންޑީއެފްއަށެވެ.

ވަކިވަކި ސިފައިން ހާޒިރުކުރަން ކޮމިޓީން ބޭނުންވަނީ ދިފާއީ ބާރުގެ ތެރެއިން ކަންކަން ހިނގާފައިވާގޮތް އޮޅުންފިލުވުމަށެވެ. ނަމަވެސް، ކޮމިޓީއަށް ހާޒިރުކުރަން ލިސްޓު އެކުލަވާލަމުން ދިޔަ ދަނޑިވަޅުގައި އެމްއެންޑީއެފުން ވަނީ އެކަން ނުކުރެވޭނެ ކަމަށް ބުނެ ވަރުގަދަ ބަޔާނެއް ނެރެފަ އެވެ.

އެކަމަކު މަޖިލީހުން ހިންގަނީ ތަހުގީގެއް ނޫން ކަމަށް ބުނުމުން ސިފައިން ފަހުން ވަނީ އެކަމުގައި ދޫދީފަ އެވެ.

އޭގެ ފަހުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއެކު ސިފައިންގެ ބައެއް އިސްވެރިން ވަނީ ދެވަނަ ފަހަރަށް ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.

ކޮމިޓީއަށް މިހާތަނަށް ހާޒިރުކޮށްފައިވާ ބައެއް އިސް ބޭފުޅުން

  • ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
  • ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
  • ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް
  • ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް
  • ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް
  • ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު

އެކަމާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އެ ބޭފުޅުން ދެވަނަ ފަހަރަށް ހާޒިރުކުރީ، ކޮމިޓީއަށް މައުލޫމާތު ދިން ޖޫނިއާ އޮފިސަރުން ދިން ބައެއް މައުލޫމާތުތައް އިތުރަށް ސާފުކުރަން ކަމަށެވެ.

އޭގެ އިތުރުން، ކޮމިޓީގެ ތިން މަންބަރަކު ސިފައިންގެ މައި މަރުކަޒަށް ވަޑައިގެން ވެސް މައުލޫމާތުތަކެއް ސާފުކުރައްވާފައިވާއިރު، އެތަނަށް ވަޑައިގެންނެވީ ގައުމީ ސަލާމަތާ ގުޅުންހުރި ސުވާލުތަކެއް ހުރުމުން އެކަން ސާފުކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮމިޓީއަށް ބޭނުންވާ ވަރަށް ގިނަ މައުލޫމާތު އެއްކޮށްފިން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮމިޓީއަށް ލިބެން ބޭނުންވި ވަރަށް މައުލޫމާތު އެއްކުރެވިއްޖެ. އަދި ކޮމިޓީން ކުރި ސުވާލުތަކަށް ދެވެން ހުރި ޖަވާބުތަކަށް ހުރި ފަރާތްތަކުން ޖަވާބު ދެއްވި،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ގޮތުގައި ނަޝީދުގެ ފުރާނަ ސަލާމަތްކުރި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުގެ އިތުރުން ހަމަލާގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އައްޔަނުކުރައްވާފައިވާ އިނގިރޭސިވިލާތުގެ ތަޖުރިބާކާރެއް ކަމަށްވާ އައްބާސް ފާއިޒު އާ ވެސް ކޮމިޓީން ބައްދަލުކުރާނެ އެވެ.

މިއަދުގެ ނިޔަލަށް އެ ރިޕޯޓު ނިންމަން ކުރިން ކަނޑައަޅާފައިވީ ނަމަވެސް، އެކަމަށް އަދި އިތުރު ހަފުތާއެއް ބޭނުންވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެގޮތުން، އިއްޔެއިން ފެށިގެން ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް ފެށިފައިވާއިރު، އެ ރިޕޯޓުގެ އޮނިގަނޑު އޮންނާނެ ގޮތަށް ވެސް ކޮމިޓީގެ މެމްބަރުންގެ މެދުގައި އެއްބަސްވެވިފައިވާ ކަމަށެވެ.

ނަމަވެސް، މިމަހުގެ ނިޔަލަށް ރިޕޯޓު ނިންމަން އަމާޒުހިފާފައިވާއިރު، އެ ތާރީހަށް ވާސިލުވެވޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ.

"އެކަމަކު ރިޕޯޓު ފުރިހަމަކުރުމަށްޓަކައި ސާފުކުރަންޖެހޭ އެއްވެސް މައުލޫމާތެއް ސާފުނުކޮށް ދޫކޮށްނުލާނަން. މި ރިޕޯޓަކީ އިންސާފުވެރި ދެފުށް ފެންނަ ރިޕޯޓަކަށް ވާނެ ކަމުގެ ޔަގީންކަން އަރުވަން،" އަސްލަމް ވިދާޅުވި އެވެ.

ކޮމިޓީގެ ބައްދަލުވުންތައް ސިއްރުން ގެންދިޔަ ނަމަވެސް، ކޮމިޓީން އެކުލަވާލައި ރިޕޯޓު އާއްމުކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

އަދި އެ ރިޕޯޓުގައި ގައުމީ ސަލާމަތަށް ނުރައްކާވާފަދަ މައުލޫމާތެއް ހުރި ކަމަށް ފާހަގަވެއްޖެނަމަ، އެ ބައި ރިޕޯޓުން އުނިކުރަން ޖެހުނު ނަމަވެސް، އެބައި ވެސް ރައީސާއި މަޖިލީހުގެ ރައީސްގެ އިތުރުން އުއްތަމަފަނޑިޔާރާ ވެސް ހިއްސާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ކޮމިޓީން ކުރިއަށް ގެންދަނީ ތަހުގީގެއް ނޫން ކަން ތަކުރާރުކުރައްވަމުން، އަސްލަމް ވިދާޅުވީ މި ރިޕޯޓަކީ އެއްވެސް ފަރާތަކާމެދު ފިޔަވަޅު އަޅައި އަދަބު ދިނުމުގެ ބޭނުމުގައި ކުރާ މަސައްކަތެއް ނޫން ކަމަށެވެ.

ނަމަވެސް، މި ހަމަލާއާ ގުޅިގެން ތަހުގީގު ކުރަންޖެހޭ ކަމެއް ކޮމިޓީއަށް ފާހަގަވެއްޖެ އެކަން ރިޕޯޓުގައި ހިމެނިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ކޮމިޓިއަށް ހޯދިފައިވާ މައުލޫމާތުގެ އަލީގައި އަސްލަމް މިއަދު ވެސް ވިދާޅުވީ ހަމަލާއާ ގުޅޭގޮތުން ފުލުހުން ކުރަމުންދާ ތަހުގީގާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox