ގެއްލިގެން ހޯދަމުން ދިޔަ 20 އަހަރުގެ ޒުވާނާ އަމިއްލައަށް ފުލުހުންނަށް މައުލޫމާތު ދީފި އެވެ.
މީގެ ކުރިން ފުލުހުން އާންމުކުރި މައުލޫމާތަށް ބަލާއިރު، ގެއްލިގެން ހޯދާފައި ވަނީ ހދ. ކުޅުދުއްފުށި / ރިންސޯ، އަބޫބަކުރު އިބްރާހީމް (20އ) އެވެ.
ފުލުހުން ބުނީ އޭނާ ގެއްލިގެން އުޅޭ ކަމަށް މިއަދު ރިޕޯޓު ކުރުމުން އަމިއްލައަށް ފުލުހަށް ގުޅާ މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އޭނާ ފެނިފައި ވަނީ މާލޭއިން ކަމަށްވެސް ފުލުހުން ބުނެ އެވެ.

އަބޫބަކުރު އިބްރާހިމް ވަނީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައެވެ.
އަބޫބަކުރު އިބްރާހީމްގެ ހަބަރެއް އެންމެ ފަހުން ވީ އިރު އޭނާ ދިރިއުޅެމުން ދިޔައީ ރައްޓެއްސަކާ އެކު މާލޭގައި ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައި ވެއެވެ.













