މާލޭގައި ޒުވާނަކު ގެއްލިގެން ހޯދަމުންދާކަން ފުލުހުން ހާމަކޮށްފި އެވެ.
ފުލުހުން އާންމުކުރި މައުލޫމާތަށް ބަލާއިރު، ގެއްލިގެން ހޯދަމުންދަނީ ހދ. ކުޅުދުއްފުށި / ރިންސޯ، އަބޫބަކުރު އިބްރާހީމް (20އ) އެވެ.
އޭނާ ހޯދަން ފެށީ ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެންނެވެ.
ފުލުހުން ބުނި ގޮތުގައި، މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއް ނުވެ އެވެ.
އަބޫބަކުރު އިބްރާހީމްގެ ހަބަރެއް އެންމެ ފަހުން ވީއިރު އޭނާ ދިރިއުޅެމުން ދިޔައީ ރައްޓެއްސަކާއެކު މާލޭގައި ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.














