އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖެއް މަރާލާފައި އޮއްވާ ފެނިއްޖެ އެވެ.
ކުއްޖާގެ ހަށިގަނޑު ފުލުހުން ހޯދާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދުގައި އޮތްވަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ކުއްޖާ މަރާލާފައި އޮތްވައި ފެނުނީ އެ ކުއްޖާ ރަހީނުކޮށްފައިވާ ކަމަށް މިދިޔަ އާދީއްތަ ދުވަހު ރިޕޯޓްކުރުމާ ގުޅިގެން އެ ކުއްޖާ ހޯދަމުން ދަނިކޮށް ކަމަށެވެ.
އެ ކުއްޖާ މަރާލާފައި އޮއްވާ ފެނުނީ މިއަދުގެ މެންދަމު ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަދި އެ މައްސަލައިގެ ތުހުމަތަށް 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއްގެ އިތުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.


އެ ކުއްޖާ މިހާރު އައިޖީއެމްއެޗަށް ގެނެވިފައިވާއިރު އެތަނުގައި ފުލުހުން ހަރަކާތްތެރިވަނީ. -ފޮޓޯ: އަދަދު
މަރާލާފައިވާ ކުއްޖާއަކީ އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފް އަންވަރު ކަން "އަދަދު"އަށް ވަނީ އެނގިފަ އެވެ.
އެ ކުއްޖާގެ ހަށިގަނޑު މިހާރު ވަނީ އައިޖީއެމްއެޗަށް ގެނެސްފަ އެވެ.
އެ ކުއްޖާއަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުން ފެންނަންހުރިއިރު، ކަރުގައި ވެސް އެއްޗެއް ބާރަށް ބައްދާފައިވާ ކަމުގެ ނިޝާންތައް ހުރި ކަމަށް އެނގިފައިވެ އެވެ.














