ސްކޮޓްލެންޑްގެ މިޑްފީލްޑަރު ގިލްމޯ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

Jun 21, 2021, 10:17 AM
ސްކޮޓްލެންޑްގެ މިޑްފީލްޑަރު ގިލްމޯ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ލަންޑަން (ޖޫން 21) - ސްކޮޓްލެންޑްގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މިޑްފީލްޑަރު ބިލީ ގިލްމޯ ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެެވެ.

ޗެލްސީ އަށް ކުޅެމުން އަންނަ އުމުރުން 20 އަހަރުގެ ގިލްމޯ އަކީ މި ފަހަރުގެ ޔޫރޯ ފެށި ފަހުން ޓީމުތަކުގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވި ތިން ވަަނަ ފަރާތެވެ. މީގެ ކުރިން ސްލޮވާކިއާގެ ކުޅުންތެރިއަކާ އޮފިޝަލަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ގިލްމޯ ވަނީ އެންމެ ފަހުން ސްކޮޓްލެންޑުން މިދިޔަ ހުކުރު ދުވަހުގެރޭ އިންގްލެންޑާ އެއްވަރުކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ސްކޮޓްލެންޑުން މާދަމާރޭ ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ގިލްމޯ އަށް ނުކުޅެވޭނެ އެވެ. އަދި 10 ދުވަހުގެ އައިސޮލޭޝަނަކަށް ދާން ޖެހުމުން ގިލްމޯ އަށް ދެން މި މުބާރާތުގައި ކުޅެވުމުގެ ފުރުސަތު ކުޑަ އެވެ.

މި ފަހަރު ޔޫރޯ އަށް ތައްޔާރުވަމުން ދަނިކޮށް ސްކޮޓްލެންޑްގެ މިޑްފީލްޑަރު ޖޯން ފްލެކް ކޮވިޑަށް ޕޮޒިޓިވްވިއިރު، އިތުރު ހަ ކުޅުންތެރިންނާ ކޮންޓެކްޓްވި އެވެ. އެކަމަކު ހާލަތު ގޯހެއްނުވެ އެ ހުރިހާ ކުޅުންތެރިންނާއި ފްލެކް ވެސް ވަނީ އެނބުރި ޓީމާ ގުޅިފަ އެވެ. ގިލްމޯ ކޮވިޑަށް ޕޮޒިޓިވްވިއިރު، އިތުރު ކޮންޓެކްޓްތަކެއް ހުރިތޯ އަންނަނީ ޕްރޮޓޮކޯލްގެ ތެރެއިން ބަލަމުންނެވެ.

އިންގްލެންޑްގެ ސްޓާލިން (ކ) އަތުން ގިލްމޯ ބޯޅަ ހޯދަނީ.

ޔުއެފާ އިން މުބާރާތަށް ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން ހާލަތު ގޯސްނުވެ 13 ކުޅުންތެރިން ތިބެއްޖެނަމަ މެޗު ކުޅެވޭނެ އެވެ. ކޮވިޑަށް ޕޮޒިޓިވްވާ ކުޅުންތެރިންގެ ބަދަލުގައި ބެކަޕް ކުޅުންތެރިންގެ ލިސްޓުން ކުޅުންތެރިއަކު ހިމެނޭނެ އެވެ. އަދި ފުރަތަަމަ ތާވަލުކޮށްފައިވާ ވަގުތު މެޗު ނުކުޅެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ 48 ގަޑިއިރުގެ ތެރޭގައި ތަފާތު ދަނޑެއްގައި ނަމަވެސް މެޗު ރީ ޝެޑިއުލްކުރެވޭނެ އެވެ. އެ ގޮތަށް ވެސް ނުކުޅެވިއްޖެނަމަ ރަނގަޅަށް ކުޅެވޭ ހާލަތުގައި އޮތް ޓީމަށް 3-0 އިން މެޗު ލިބޭނެ އެވެ.

ތޭވީސް އަހަރު ފަހުން ބޮޑު މުބާރާތެއްގައި ވާދަކުރަމުން އަންނަ ސްކޮޓްލެންޑް މި ފަހަރު ޔޫރޯގައި މިހާތަނަށް އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ގްރޫޕް ޑީގެ އެންމެ ފުލުގައި ސްކޮޓްލެންޑް އޮތް ނަމަވެސް މާދަމާރޭ ކްރޮއޭޝިއާ ބަލިކޮށްގެން ސްކޮޓްލެންޑަށް އަނެއް ބުރުގެ ފުރުސަތު ހޯދިދާނެ އެވެ. އެއީ މި ގްރޫޕްގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިގެން ނޫނީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން ޖާގައެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox