ޝަގީރީގެ މޮޅު ގޯލާ އެކު ސްވިޒަލެންޑުން ނޮކައުޓް ބުރާ ގާތަށް

Jun 19, 2024, 8:52 PM
ޝަގީރީގެ މޮޅު ގޯލާ އެކު ސްވިޒަލެންޑުން ނޮކައުޓް ބުރާ ގާތަށް

ކޮލޯން (ޖޫން 20) - ޒެރްޑަން ޝަގީރީ ޖެހި މޮޅު ގޯލުން، ސްކޮޓްލެންޑާ 1-1 އިން އެއްވަރުކޮށް، ސްވިޒަލެންޑުން މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ އަކާ ގާތަށް ޖެހިލައިފި އެވެ.

މިއީ ރަސްމީ މުބާރާތެއްގައި ސްވިޒަލެންޑާއި ސްކޮޓްލެންޑްގެ ފުރަތަމަ ކުރިމަތިލުމެވެ.

ދެ ވަނަ ބުރުގެ ޖާގައެއް މި ގްރޫޕްގައި ކުޅުނު ދެ މެޗުން މޮޅުވެގެން ޖަރުމަނުން ވަނީ ކަށަވަރުކޮށްފަ އެވެ. ދެ މެޗުން މޮޅުވެ، ޖަރުމަނު ހަ ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު، ސްވިޒަލެންޑުން ދެ ވަނައިގައި އޮތީ، ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި، އޮތް ސްކޮޓްލެންޑަށް ޕޮއިންޓެއް ލިބިފައިވާއިރު، ފުލުގައި އޮތް ހަންގޭރީ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.

މި ގްރޫޕްގެ ފަހު މެޗުތަކަށް ބަލާއިރު، ޖަރުމަނު ނުކުންނާނީ، ސްވިޒަލެންޑާ ދެކޮޅަށެވެ. އަދި ސްކޮޓްލެންޑުން ހަންގޭރީއާ ބައްދަލުކުރާނެ އެވެ. ދެ މެޗު ކުޅޭނީ އެއް ވަގުތެއްގަ އެެވެ. ޖަރުމަނާ އެއްވަރުކޮށްލައިގެން ވެސް ސްވިޒަލެންޑަށް ގްރޫޕްގެ ދެ ވަނައިގެ ގޮތުގައި ނޮކައުޓް ބުރުން ފުރުސަތު ހޯދޭނެ އެވެ. ބަލިވެއްޖެނަމަ ޖެހޭނީ، އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން ޖާގައެއް ލިބޭތޯ އިންތިޒާރުކުރާށެވެ.

ކޮލޯން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން 13 ވަނަ މިނިޓްގައި، ސްކޮޓްލެންޑުން ލީޑުނެގި އެވެ. ސްކޮޓްލެންޑްގެ ކަލުމް މެކްގްރަގާ ޖަައްސާލި ބޯޅައަކުން، އެ ޓީމުގެ ސްކޮޓް މެކްޓޮމިނޭ ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ސްވިޒަލެންޑްގެ ފަބިއަން ޝެއާ ފައިގައި ޖެހިފަ އެވެ.

ލަނޑު ޖެހުމަށް ފަހު ސްކޮޓްލެންޑްގެ މެކްޓޮމިނޭ އުފާފާޅުކުރަނީ.

ސްކޮޓްލެންޑަށް ލީޑުގައި އޮވެވުނީ 13 މިނިޓް ވަންދެނެވެ. އެއީ، މެޗުގެ 26 ވަނަ މިނިޓްގައި ސްވިޒަލެންޑްގެ ޒެރްޑަން ޝަގީރީ ޖެހި މޮޅު ގޯލުން ސްވިޒަލެންޑުން ވަނީ އެއްވަރުކޮށްފަ އެވެ. އޭރިއާބޭރުން ޝަގީރީ ޖެހި ޝޮޓް ގޯލުގެ މަތީ ކަނަށް ވަނީ ސްކޮޓްލެންޑްގެ ކީޕަރު އެންގަސް ގަން އަތްމަތިންނެވެ. މި ގޯލާ އެކު، ޝަގީރީ ވެފައިވަނީ އެންމެ ފަހުން ތިން ޔޫރޯ އާއި ތިން ވޯލްޑް ކަޕްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ފުރަތަމަ ހާފުގައި ސްކޮޓްލެންޑުގެ ފަހަތަށް ސްވިޒަލެންޑުން ވަނީ ބާރުބޮޑުކޮށްފަ އެވެ. އެ ގޮތުން، ސްވިޒަލެންޑުގެ ކެޕްޓަން، ގްރޭނިޓް ޝަކާ ޖެހި ޝޮޓެއް ސްކޮޓްލެންޑްގެ ކީޕަރު ގަން މަތަކުރިއިރު، ސްވިޒަލެންޑްގެ ޑޭން އެންޑޯއި ގޯލެއް ޖެހި ނަމަވެސް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ސްވިޒަލެންޑުން ދެ ވަނަ ހާފު ފަށައިގެން ވެސް ގިނަ އެޓޭކްތަކެއް ކުރިއިރު، އެ ޓީމުގެ އެންޑޯއި އަށް ލަނޑެއް ޖަހަން މެޗުގެ 59 ވަނަ މިނިޓްގައި ލިބުނު ރަނުގެ ފުރުސަތުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ސްކޮޓްލެންޑަށް މެޗުގައި ދެ ވަނަ ފަހަރަށް ލީޑުނަގައިދޭން 66 ވަނަ މިނިޓްގައި، ހިލޭ ޖެހުމަކުން އެ ޓީމުގެ ކެޕްޓަން އެންޑީ ރޮބަޓްސަން ނަގައިދިން ބޯޅައަކުން ގްރާންޓް ހަންލީ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ދަނޑިއަށެވެ. އޭގެ ފަހުން، ވޮލީ އަކުން މެކްޓޮމިނޭ ޖެހި ބޯޅައެއް ވަނީ ބްލޮކްވެފަ އެވެ.

ބަދަލަކަށް ކުޅެން އެރި ސްވިޒަލެންޑްގެ ބްރީލް އެމްބޯލޯ ވެސް ލަނޑެއް ޖެހި އެވެ. އެކަމަކު، އޭނާ ވެސް ލަނޑު ޖެހީ އޮފްސައިޑްގައި ހުރެ އެވެ. މެޗުގެ ފަހު މިނިޓްގައި، ސްވިޒަލެންޑުގެ ޒަކީ އަމްދޫނީ ބޮލުން ޖެހި ބޯޅައެއް ވެސް ވަނީ ދަނޑިކައިރިން ގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox