މެޗުގެ މުހިންމު ވާހަކަ ރަނގަޅަށް ނުދައްކާތީ ސްކޮޓްލެންޑްގެ ކޯޗު ކްލާކް ހިތްހަމަނުޖެހިފައި

Jun 23, 2024, 6:12 AM
މެޗުގެ މުހިންމު ވާހަކަ ރަނގަޅަށް ނުދައްކާތީ ސްކޮޓްލެންޑްގެ ކޯޗު ކްލާކް ހިތްހަމަނުޖެހިފައި

ސްޓުޓްގާޓް (ޖޫން 23) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ހަންގޭރީއާ ދެކޮޅަށް ކުޅޭ މެޗަކީ ސްކޮޓްލެންޑްގެ ފުޓްބޯޅަ އަށް ވަރަަށް މުހިންމު މެޗެއް ކަމަށާއި އެކަމަކު، އެ ވާހަކަތައް ދައްކާ ނިސްބަތް މަދުވުމުން އެ ކަމާ ސްކޮޓްލެންޑްގެ ކޯޗު ސްޓީވް ކްލާކް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ޔޫރޯގެ ގްރޫޕް އޭގެ ފަހު ދެ މެޗު މިރޭ އެއް ވަގުތެއްގައި ކުޅޭނެ އެވެ. މި ގްރޫޕުން ޖަރުމަނު ވަނީ ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ، ގަދަ 16 އަށް ދަތުރުކޮށްފަ އެވެ. އެކަމަކު، ދެން އިން ޖާގަ ހޯދުމުގެ ފުރުސަތު ސްކޮޓްލެންޑާއި ސްވިޒަލެންޑަށް އޮތްއިރު، އެންމެ ފުލުގައި އޮތް ހަންގޭރީ އަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ ގްރޫޕްގެ ތިން ވަަނައިގައި ނިންމައި، މުޅި މުބާރާތުގެ ހުރިހާ ގްރޫޕެއްގެ ތިން ވަނަ ޓީމުތަކުގެ ތެރެއިން، އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.

ގްރޫޕް އެއް ވަނައިގައި ހަ ޕޮއިންޓާ އެކު ޖަރުމަނު އޮތްއިރު، ދެ ވަނައިގައި ސްވިޒަލެންޑް އޮތީ ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ސްކޮޓްލެންޑަށް ޕޮއިންޓެއް ލިބިފައިވާއިރު، ފުލުގައި އޮތް ހަންގޭރީ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ހަންގޭރީއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން ސްކޮޓްލެންޑްގެ ކޯޗު ކްލާކް ބުނީ، މިއީ މިހާތަނަށް ސްކޮޓްލެންޑްގެ ފުޓްބޯޅަ ތާރީހުގައި ކުޅޭ އެންމެ މުހިންމު މެޗުގެ ގޮތުގައި ބެލެވިދާނެ ކަމަށެވެ.

"އެންމެނަށް ވެސް އެނގޭނެ ވިސްނާލައިފިއްޔާ މިއީ ކިހާ ބޮޑު މެޗެއް ކަން. ވާހަކަ ދައްކަން ވީ ހަމަ ވާހަކަ ދައްކަންވީ، އެ ގޮތަށް ފުރަތަމަ މެޗުގެ ކުރިން ވެސް އަހަރެމެން ބައެއް ކަންކަން ކުރީ. އެކަމަކު، މި ފަހަރު ވާހަކަ ދައްކަންވީ މި ކަމުގެ މުހިންމުކަން ދަނެގެން ރަނގަޅަށް،" ކްލާކް ބުންޏެވެ.

މި މެޗު މުހިންމުވާ ސަބަބަކީ މި މެޗުން މޮޅުވެގެން، ސްކޮޓްލެންޑަށް ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގެ ގްރޫޕް ސްޓޭޖު ފަހަަނައަޅައި ދިއުމުގެ ފުރުސަތު އޮތުމުންނެވެ.

ކްލާކް ބުނީ ހުރިހާ މަސައްކަތެއް ކޮށްގެން ވެސް މި މެޗުގެ ތިން ޕޮއިންޓް ހޯދުން އެ ޓީމަށް މުހިންމު ކަމަށެވެ.

މިއީ ވާދަވެރި މެޗެއްގައި ސްކޮޓްލެންޑާއި ހަންގޭރީ ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މި ދެ ޓީމު ކުޅުނު ނުވަ މެޗަކީ ވެސް އެކުވެރިކަމުގެ މެޗުތަކެވެ. ސްކޮޓްލެންޑް ތިން މެޗުން މޮޅުވިއިރު، ހަންގޭރީ ވަނީ ހަތަރު މެޗު ކާމިޔާބުކޮށްފަ އެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މިރޭ މި ދެ ޓީމު، ސްކޮޓްލެންޑާއި ހަންގޭރީ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox