މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ރަސްމީ ގެއެއް ދޭން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: މަޖިލީހުގެ ރައީސަށް ވެސް ދައުލަތުން ގެއެއް ފޯރުކޮށްދޭން ވަނީ ނިންމާފައި. -ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: މަޖިލީހުގެ ރައީސަށް ވެސް ދައުލަތުން ގެއެއް ފޯރުކޮށްދޭން ވަނީ ނިންމާފައި. -ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން އުއްތަމަ ފަނޑިޔާރަށް ފޯރުކޮށްދެމުންދާ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ދައުލަތުން އެ ދެ މަގާމުގައި ތިއްބަވާ ބޭފުޅުން ދިރިއުޅުއްވާނެ ރަސްމީ ގެއެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މަހުގެ ހަ ވަނަ ދުވަހު ދިން ހަމަލާއަށް ފަހު ދައުލަތުން ސެކިއުރިޓީ ފޯރުކޮށްދެމުންދާ ދައުލަތުގެ އިސް ބޭފުޅުންގެ ސަލާމަތާ ރައްކާތެރިކަމާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ނަޝީދު އަވަހާރަކޮށްލަން ހަމަލާދިނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުން ނުކުންނަވައިގެން ކާރަށް އަރައިވަޑައިގަންނަވަނިކޮށް ބާރުގަދަ އައިއީޑީއެއް ގޮއްވާލައިގެންނެވެ.

އެ ހަމަލާ ދިނުމުގެ އެތައް މަހެއް ކުރިން، އެ ގެ ހުންނަ ނީލޯފަރު މަގު ހަނިކަމުން ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދޭން ދަތިކަމަށް އެމްއެންޑީއެފުން ބުނެފައިވާކަން ހާމަވުމާ އެކު ފާޑުކިޔުންތައް ވަނީ އިތުރުވެފަ އެވެ.

އަދި ރައީސުލްޖުމްހޫރިއްޔާއެކޭ އެއް ފަދައިން، ދައުލަތުގެ އަނެއް ދެ ބާރުގެ ވެރިންނަށް ވެސް ދައުލަތުން ރަސްމީ ގެއަކާއި ސެކިއުރިޓީ ފޯރުކޮށްދޭންޖެހޭ ކަމުގެ އަޑުތައް މަޖިލީހުގެ ތެރެއިން ވެސް ގަދަވި އެވެ.

އެއާއެކު، އެކަމާ ގުޅޭ ދެ ގާނޫނު ބަދަލުކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ވަނީ ވައްދައިފަ އެވެ.

އެގޮތުން، މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ މަޖިލީހުގެ ރައީސަށާއި އޭނާގެ އާއިލާއަށް ދިރިއުޅެވޭނެ ގެއަކާއި އެ ގެއަށް ބޭނުންވާ މުވައްޒަފުންނާއި އެ ގެއަށް ހިނގާނެ ހަރަދު ދައުލަތުން ހަމަޖައްސައި ދޭންވާނެ ކަމަށެވެ.

އަދި އެ ގެއަކީ ސަލާމަތީ ގޮތުން ފިޔަވަޅުތައް އެޅޭނެ ގޮތަކަށް ހުރި ގެއަކަށް ވާންވާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން، ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ފަނޑިޔާރުންގެ ގާނޫނަށް ވެސް އިސްލާހު ހުށަހަޅާފައިވަނީ ހަމަ އެއްގޮތަކަށް އިބާރާތްކޮށް އުއްތަމަ ފަނޑިޔާރަށް ވެސް ރަސްމީ ގެއެއް ހަމަޖައްސައި ދޭން ޖެހޭ ގޮތަށެވެ.

އެ ދެ ބިލު ދިރާސާކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ވަނީ ސަބް ކޮމިޓީއެއް އެކުލަވާލަވާލެވިފައިވާއިރު، ސަބް ކޮމިޓީން ވަނީ އެ ދެ ބިލަށް ބައެއް ކުދި ކުދި އިސްލާހުތައް ގެނެސްފަ އެވެ.

އެގޮތުން، އެ ދެ ބިލުގައި ގެއެއް ހަމަޖައްސައިދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ކޮމިޓީން ވަނީ އެ އިބާރާތް ގެއެއްގެ ބަދަލުގައި ދިރިއުޅުއްވާ ތަނެއް ފޯރުކޮށްދޭންޖެހެނޭ ކަމަށް އިސްލާހުކޮށްފަ އެވެ.

މީގެ އިތުރުން، އެ ދެ ބޭފުޅުންގެ އާއިލާ ވެސް ކޮމިޓީން ވަނީ ސާފުކޮށް ބަޔާންކޮށްފަ އެވެ.

އެގޮތުން، އާއިލާގެ ގޮތުގައި ބެލެވޭނީ އެ ބޭފުޅެއްގެ އަނބިކަނބަލުން ނޫނީ ފިރިކަލުންނާއި، މަންމަ އާއި ބައްޕަ އަދި 18 އަހަރު ނުފުރޭ ދަރިންނެވެ. އަށާރަ އަހަރުން މަތީގެ ދަރިންގެ ތެރެއިން ވެސް ކައިވެނިކޮށްގެން ނޫޅޭ ދަރިން އޭގެ ތެރޭގައި ހިމެނޭނެ ކަމަށް ވެސް ސަބް ކޮމިޓީން ވަނީ އެ މާއްދާތައް އިސްލާހުކޮށްފަ އެވެ.

ސަބް ކޮމިޓީން ނިންމި ގޮތަށް މައި ކޮމިޓީން ވެސް ތާއީދުކޮށްފައިވާއިރު، މިއަދު ބޭއްވުނު ޖަލްސާގައި ކޮމިޓީގެ ދެ ރިޕޯޓު ފާސްކޮށްފައިވަނީ އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox