މައްސަަލަތައް އިތުރުވެ، ރުގްޔާ ކުރުން ރެގިއުލޭޓް ކުރަން މަސައްކަތް ކުރަނީ

އެޗްއާރްސީއެމްގެ މެމްބަރު ޝިފާތު: ވިދާޅުވީ ރެގިއުލޭޓް ކުރުމުން ރުގްޔާގެ ނަމުގައި އަނިޔާ ކުރުން މަދުކުރެވޭނެ ކަމަށް -- ފޮޓޯ: އެޗްއާރްސީއެމް

އެޗްއާރްސީއެމްގެ މެމްބަރު ޝިފާތު: ވިދާޅުވީ ރެގިއުލޭޓް ކުރުމުން ރުގްޔާގެ ނަމުގައި އަނިޔާ ކުރުން މަދުކުރެވޭނެ ކަމަށް -- ފޮޓޯ: އެޗްއާރްސީއެމް

ރުގްޔާ ކުރުމުގެ ނަމުގައި ބައެއް މީހުން ނާޖާއިޒު ފައިދާ ނަގަމުންދާ މައްސަލަ އިތުރުވަމުންދާތީ އެކަން ރެގިއުލޭޓް ކުރުމަށް ސަރުކާރުގެ އިދާރާތަކާއެކު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން މަޝްވަރާ ކުރަން ފަށައިފި އެވެ.

ރުގްރާ ކުރުން ރެގިއުލޭޓް ކުރުމަށް އެޗްއާރްސީއެމްގެ ފަރާތުން މިއަދު ކޭސް ކޮންފަރެންސެއް ބާއްވައި ޖެންޑާ މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ އަދި ފުލުހުންނާއެކު ވަނީ މަޝްވަރާކޮށްފަ އެވެ.

އެޗްއާރްސީއެމްގެ މެމްބަރު އައިމިނަތު ޝިފާތު އަބްދުއްރައްޒާގު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރެގިއުލޭޓް ކުރުމުން ރުގްޔާ ކުރުމުގެ ނަމުގައި އަނިޔާ އާއި އިޖްތިމާއީ ކުށްތައް ކުރާ މިންވަރު ދަށް ކުރެވޭނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.

"މި ކޮމިޝަނަށް ހުށަހަޅާފައިވާ ބައެއް މައްސަލަތަކުގައި ފާހަގަ ކުރެވޭ ރުގްޔާ ކުރުމުގެ ނަމުގައި ކުޑަކުދިންނާއި އަންހެނުންނަށް އަނިޔާ ދޭ މައްސަލަ. އަދި މީގެ އިތުރުން ސަހަރާ ކޮނުން ފަދަ އިޖްތިމާއީ މައްސަލަތަކެއް ވެސް އެބަހުރި،" ޝަފާތު ވިދާޅުވި އެވެ.

ރުގްޔާ ކުރުމުގެ ނަމުގައި އެކި ކަހަލަ އަނިޔާ ކުރާ މައްސަލަ އަބަދުވެސް ރާއްޖޭގައި ފެންމަތިވެ އެވެ. މިފަދަ މައްސަލަތަކުގެ ޝިކާރައަކަށް ގިނަފަހަރު ވަނީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި ފެންމަތިވާ ގިނަ މައްސަަލަތަކުގައި އަންހެނުންނާއި ކުޑަކުދިންނަށް ހުންނީ ޖިންސީ އަނިޔާކޮށްފަ އެވެ.

ރުގްޔާ ކުރުމުގެ ނަމުގައި އުމުރުން 30 އަހަރުގެ އަންހެނަކާއި އޭނާގެ ހަތް އަހަރުގެ ކުޑަ ދަރިއެއް ގޭގައި ތިން މަސް ވަންދެން ބަންދުކޮށް ލާއިންސާނީ ތަފާތު އަނިޔާތަކެއް ދިން މައްސަލައެއް މިދިޔަ ޑިސެމްބަރު މަހު ވަނީ ފެންމަތިވެފަ އެވެ.

"ރ. ދުވާފަރުގައި ރުގްޔާ ކުރުމޭ ކިޔައިގެން ކުރީ ޖިސްމާނީ އަދި ޖިންސީ އަނިޔާ! ރުހުމާނުލައި ގަޔަށް އަތްލައިގެން 'ފަރުވާ' ކުރުމަކީ ދީނެއްވެސް ގާނޫނެއް ވެސް ދަންނަ ކަމެއް ނޫން. މިމައްސަލައިގައި ޖިންސީ ކުށުގެ ގާނޫނާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ގާނޫނުގެ ދަށުން ދައުވާ ކޮށްފިން،" އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން ރުގްޔާ ކުރުމުގެ ނަމުގައި އޮޅުވާލައިގެން ވަރަށް ގިނަ ބަޔަކަށް އެކި ކަހަލަ ގެއްލުން ދެމުން އައި މީހަކު ފުލުހުން ވަނީ އަތުލައިގަނެފަ އެވެ. އޭނާގެ ނަމާއި ފޮޓޯ އާންމުކޮށް ޝިކާރައަކަށްވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ވެސް ފުލުހުން ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox