އޮސްޓްރިއާ އާއި ޔޫކްރެއިން ކުރިމަތިލާނީ ފައިނަލެއްގެ ގޮތުގައި ދެކިގެން

Jun 21, 2021, 3:37 AM
އޮސްޓްރިއާގެ ކޯޗު ފޯޑާ (ވ) އާއި ޔޫކްރެއިންގެ ކޯޗު ޝެވްޗެންކޯ.

އޮސްޓްރިއާގެ ކޯޗު ފޯޑާ (ވ) އާއި ޔޫކްރެއިންގެ ކޯޗު ޝެވްޗެންކޯ.

ބުކަރެސްޓް، ރުމޭނިއާ (ޖޫން 21) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޔޫކްރެއިނާއި އޮސްޓްރިއާ ކުޅޭ މެޗަށް ނުކުންނައިރު، މެޗުން މޮޅުވެގެން އަނެއް ބުުރުގެ ޖާގަ ކަށަވަރުކުރެވެން އޮތުމުން މިއީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކުޅެން ދެ ޓީމުން ވެސް އަމާޒުހިފައިފި އެވެ.

ގްރޫޕް ސީގެ ފަހު މެޗުތަކަށް މިރޭ ނުކުންނައިރު، ނެދަލެންޑްސް ވަނީ މި ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ދަތުރުކޮށްފަ އެވެ. ނެދަލެންޑްސް އަށް ވަނީ ދެ މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. މި ގްރޫޕްގެ ދެ ވަނައިގައި އޮތް ޔޫކްރެއިނާއި ތިން ވަނައިގައި އޮތް އޮސްޓްރިއާ އަށް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ޔޫކްރެއިން ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. އެންމެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އޮތް ނޯތު މެސެޑޯނިއާ އެވެ. އެ ޓީމަށް ވެސް އަނެއް ބުރުން ޖާގަ ލިބުމުގެ ހަނި ފުރުސަތެއް އެބައޮތެވެ.

އޮސްޓްރިއާގެ ކޯޗު ފްރާންކޯ ފޯޑާ ބުނީ ކޮންމެ ގޮތެއް ވިޔަސް މި މެޗަކީ މޮޅެއް ހޯދަން ޖެހޭ މެޗެއް ކަމަށެވެ.

"އެއްވަރުކޮށްލައިގެން ފުއްދާލެވޭނެ ކަމަށް ހީކުރެވިގެން ނުވާނެ. އަހަރެމެން ކުޅޭނީ މޮޅުވާން މިއީ ފައިނަލެއް ކަހަލަ މެޗެއް،" ފޯޑާ ބުންޏެވެ.

މި މުބާރާތުގެ ފުރަަތަމަ މެޗުގައި ނޯތު މެސެޑޯނިއާ އަތުން އޮސްޓްރިއާ މޮޅުވުމަކީ އެ ޓީމުން މުބާރާތުގެ ތާރީހުގައި ހޯދި ފުރަތަމަ މޮޅެވެ. ފޯޑާ ބުުނީ އޮސްޓްރިއާ އިން މުބާރާތަށް އައީ ހަމައެކަނި އެއް މޮޅު ހޯދަން ނޫން ކަމަށާއި ކުރިއަށް ދިއުމުގެ އުއްމީދުތަކެއް ވެސް އެބަހުރި ކަމަށެވެ.

ނޯތު މެސެޑޯނިއާ ކޮޅަށް ގޯލު ޖެހުމަށް ފަހު އެ ޓީމުގެ ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާކޮށްލި ކަމަށް ބުނެ އޮސްޓްރިއާގެ ފޯވާޑް މާކޯ އާނައޮޓޮވިޗް ވަނީ ނެދަލެންޑްސް މެޗަށް ސަސްޕެންޑްކޮށްފަ އެވެ. މިރޭގެ މެޗުގައި ޔޫކްރެއިނާ ދެކޮޅަށް އާނައޮޓޮވިޗް ފުރަތަމަ އެގާރައިގައި ކުޅޭނެ ކަމަށް ފޯޑާ ވަނީ ބުނެފަ އެވެ.

އޮސްޓްރިއާ އާއި ޔޫކްރެއިން މިހާތަނަށް ކުޅުނީ ދެ އެކުވެރިކަމުގެ މެޗެވެ. ކޮންމެ ޓީމެއް ވަނީ މެޗެއް ކާމިޔާބުކޮށްފަ އެވެ.

މިރޭގެ މެޗުން އެއްވަރުކޮށްލައިގެން ވެސް އޮސްޓްރިއާ އަށް އަނެއް ބުރުގެ ފުރުސަތު ހޯދިދާނެ އެވެ. އެއީ މި ގްރޫޕްގެ ގަދަ ދެ ޓީމުގެ ތެރޭގައި ނުހިމެނުނު ކަމުގައި ވިޔަސް އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ރޭންކިންގެ ތެރެއިންނެވެ. އޮސްޓްރިއާ މިހާތަނަށް ޔޫރޯގައި ކުޅުނު ދެ ފަހަރު ވެސް ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

އެއްވަރުކުރަން ކުޅުމުގެ ވިސްނުމެއް ޔޫކްރެއިނުގެ ވެސް ނެތް

ނޯތު މެސެޑޯނިއާ އަތުން ޔޫކްރެއިނަށް ލިބުނު މޮޅާ އެކު އެ ޓީމު ވަނީ ހަ މެޗަށް ފަހު ޔޫރޯގައި މޮޅެއް ހޯދައިފަ އެވެ. ބޮޑު މުބާރާތެއްގައި އެންމެ ފަހުން ޔޫކްރެއިން ޖެހިޖެހިގެން ދެ މޮޅު ހޯދީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެެވެ. އޭރު ޔޫކްރެއިން ޓީމުގެ ފޯވާޑަކަށް ހުރި އަންޑްރޭ ޝެވްޗެންކޯ އަކީ މިހާރު ޓީމުގެ ކޯޗެވެ.

ޕޮއިންޓް ތާވަލު އޮތްގޮތުން މިއަދު އޮސްޓްރިއާއާ އެއްވަރުކޮށްލައިގެން ވެސް މި ގްރޫޕްގެ ގަދަ ދެ ޓީމުގެ ޖާގައިގެ ތެރެއިން ޔޫކްރެއިނަށް އަނެއް ބުރުން ފުރުސަތު ލިބޭނެ އެވެ. އެކަމަކު އެއީ ޝެވްޗެންކޯ ބޭނުންވާ ގޮތެއް ނޫނެވެ.

"ފުޓްބޯޅަ މެޗެއް އެއްވަރުކުރަން ކުޅެވޭނެ ކަމަށް އަހަރެން އެއްވެސް އިރަކު ގަބޫލެއް ނުކުރަން. ގްރޫޕް ސްޓޭޖުގެ މެޗެއް ވިޔަސް މިއީ ގާތްގަނޑަކަށް ފައިނަލެއް. ފައިނަލް މެޗެއްގައި ކޮންމެ ޓީމެއް ވެސް ބޭނުންވާނީ މޮޅުވާން،" ކުރިން ބެލޮންޑިއޯ ހޯދި ހުނަރުވެރި ތަރި ޝެވްޗެންކޯ ބުންޏެވެ.

"އާންމު ގޮތެއްގައި އެއްވަރުކޮށްލައިގެން ފަރުޖައްސާލަން ވިސްނައިގެން މެޗަށް ތައްޔާރުވެފައި ހުރި ޓީމުތަކަށް ލިބިފައި ހުރީ ލަނޑު. އެކަން ވެސް ފެނިފައި އޮތީ ފުޓްބޯޅައިގައި،"

އޮސްޓްރިއާ ޓީމުގައި ފެންވަރު ރަނގަޅު ކުޅުންތެރިން އެބަތިބި ކަމަށާއި ޑޭވިޑް އަލަބާ ފަދަ ތަރިންނަކީ ދަނޑުމަތީގައި ތަފާތު ދެއްކޭނެ ފަަދަ ލީޑަރުން ކަމަށް ޝެވްޗެންކޯ ބުނެފައިވެ އެވެ.

ސޯވިއެޓް ޔޫނިއަން އިން ވަކިވެ ޔޫކްރެއިންގެ ނަމުގައި ވާދަކުރަން ފެށި ފަހުން އެ ޓީމަށް ޔޫރޯގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައިނުވެ އެވެ. މިއީ ޔޫކްރެއިންގެ ނަމުގައި ކުޅޭ ތިން ވަނަ ޔޫރޯ އެވެ. މިރޭ އޮސްޓްރިއާ ކައިރިން ރަނގަޅު ނަތީޖާއެއް ނެރެ އަނެއް ބުރުން ފުރުސަތު ލިބިއްޖެނަމަ ޔޫކްރެއިނަށް ތާރީހީ ކާމިޔާބެއް ހާސިލްކުރެވޭނެ އެވެ.

މި ގްރޫޕްގެ ދެ ވަނަ އަށް ދާ ޓީމެއް ދެ ވަނަ ބުރުގައި ކުޅެން ޖެހޭނީ ގްރޫޕް އޭގެ އެއް ވަަނަ ހޯދި އިޓަލީއާ އެވެ.

ޔޫކްރެއިނާއި އޮސްޓްރިއާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 21:00 ގަ އެވެ. ހަަ އެ ވަގުތު މި ގްރޫޕްގެ އަނެއް މެޗުގައި ނެދަލެންޑްސް އާއި ނޯތު މެސެޑޯނިއާ ވާދަކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox