މާލޭގެ ގުދަނެއްގެ ތެރެއިން މިއަދު ފެނުނު ހަރުފައެއް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހަރުފަ ފެނިފައިވަނީ މާފަންނުގައި ހުރި ގުދަނެއްގެ ތެރެއިން ކަމަށެވެ. އޭތި ހިފީ ސިފައިންނެވެ.
ފޮޓޯއިން ފެންނަ ގޮތުން ބޮޑަށް ބެލެވެނީ އެއީ "ބާމީސް ޕައިތަން" ކިޔާ ވައްތަރުގެ ހަރުފައެއް ކަމަށެވެ.
ބާމީސް ޕައިތަން އަކީ ހަރުފައިގެ ތެރެއިންވެސް ވަރަށް ބޮޑުވާ ވައްތަރެކެވެ. މި ހަރުފަ އާންމު ގޮތެއްގައި ފެންނަނީ ސައުތު އޭޝިޔާ އިންނެވެ. މި ހަރުފަ އާންމު ގޮތެއްގައި 16 ފޫޓަށް ދިގުވެ އެވެ.
ވިހައިގެ ސަބަބުން އިންސާނުންގެ ފުރާނައަށް ވެސް ނުރައްކާވާ ހަރުފައަކީ ރާއްޖޭގައި އުޅޭ އެއްޗެއް ނޫނެވެ. އަދި ޕެޓްގެ ގޮތުގައި އެފަދަ އެއްޗެހި ގެންގުޅުމަކީ ވެސް މަނާ ކަމެކެވެ.













