ކޮވިޑުގެ ސަބަބުން ދައުލަތަށް 36 ބިލިއަން ރުފިޔާގެ ގެއްލުން ވާނެ: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: އަމީރު ވިދާޅުވީ ދައުލަތުގެ މެދު ރާސްތާގައިއެންމެ ބޮޑު އަމާޒަކީ ޖީޑީޕީގެ ނިސްބަތުން ދަރަނި ކުޑަކުރުން ކަމަށް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: އަމީރު ވިދާޅުވީ ދައުލަތުގެ މެދު ރާސްތާގައިއެންމެ ބޮޑު އަމާޒަކީ ޖީޑީޕީގެ ނިސްބަތުން ދަރަނި ކުޑަކުރުން ކަމަށް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ކޮވިޑް ބަލިމަޑުކަމުގައި އިގުތިސާދަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން އަންނަ އަހަރުގެ ނިޔަލަށް ދައުލަތުގެ އާމްދަނީން 36 ބިލިއަން ރުފިޔާ ނުވަތަ 2.3 ބިލިއަން ޑޮލަރު ގެއްލުން ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ކައުންސިލަރުން އަހުލުވެރިކުރަން މިހާރު ކުރިޔަށްދާ ޕްރޮގްރާމްގައި ކައުންސިލަރުންނަށް މައުލޫމާތު ދެއްވަމުން އަމީރު ވަނީ ބަލިމަޑުކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީ ހީނަރުވެފައިވާ ދަނޑިވަޅެއްގައި ހަރަދަށް ސަމާލުވުމާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

ދައުލަތުގެ މި އަހަރުގެ މީޑިއަމް ޓާމް ފިސްކަލް ސްޓްރެޓަޖީއާ ހަވާލާދީ މިވަރުގެ ބޮޑު ގެއްލުމެއް ވާނެ ކަމަށް ލަފާކުރެވޭއިރު އަމީރު ވިދާޅުވީ، ސަރުކާރުގެ މެދު ރާސްތާގެ އެންމެ ބޮޑު އާމާޒަކީ ކޮވިޑުގެ ސަބަބުން އިތުރުވި ދަރަނި ކުޑަކުރުން ކަަމަށެވެ.

Advertisement

އަދި މިކަމަށް ފަހިކުރަން ކައުންސިލްތަކުން ހަރަދުތައް މެނޭޖް ކުރުމަށާއި ކުރާ ހަރަދުން ލިބޭ މަންފާ އިތުރުކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"2020 އިން ފެށިގެން 2022 ނިޔަލަށް, މި ޕެންޑެމިކްގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް 36 ބިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ. އެއީ ގާތްގަނޑަކަށް 2.3 ބިލިއަން ޑޮލަރުގެ ގެއްލުމެއް. އެހެންކަމުން މި ގެއްލުމުން އަންނަ ލޮޅުން ކުޑަކުރުމަށް ހަރަދުތައް ކުޑަކުރަންޖެހޭ. އަދި ކޮންމެ ހަރަދަކުން ލިބޭ މަންފާ އިތުރުކުރަން ޖެހޭ." އަމީރު ވިދާޅުވި އެވެ.

ދަރަނި ކުޑަކުރަން ކުރަންޖެހޭ ކަންކަމާ ގުޅޭ ގޮތުން އަމީރު ވިދާޅުވި ގޮތުގައި ޖީޑީޕީގެ ނިސްބަތުން ދަރަަނި ކުޑަކުރަން އިގްތިސާދު ސިންދަފާތުކޮށްގެން ގައުމީ އުފެއްދުންތެރިކަން އިތުރުކުރަން ކުރިއަރުވައި ފިސްކަލް ކޮންސޮލިޑޭޝަން ގެންނަން ޖެހެ އެވެ. އަދި އަންނަ އަހަރު ދައުލަތުން ފާސްކުރާ ބަޖެޓުގެ އަމާޒަކީ މިއީ ކަމަށް ވިދާޅުވި އެވެ.

"މި ޕެންޑެމިކް އާއި ގުޅިގެން އިތުރުވި ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން ވީ އެންމެ އަވަހަކަށް ކުޑަކުރުމަކީ މެދުރާސްތާގައި ފިނޭންސް މިނިސްޓްރީގެ އެންމެ ބޮޑު އަމާޒު. މިކަން އަޅުގަނޑުމެންނަށް ކުރެވޭނީ އިޤްތިސާދު ސިންދަފާތުކޮށް ވީ އެންމެ އަވަހަކަށް ގައުމީ އުފެއްދުންތެރިކަން ކުރިއަރުވައި އަދި ފިސްކަލް ކޮންސޮލިޑޭޝަން ގެނެވިގެން." އަމީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން ދައުލަތުގެ މާލީ ހާލަތާ ގުޅޭގޮތުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އަދަދަށް އާމްދަނީ ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ކޮވިޑުގެ ނަމްބަރުތައް އުފުލުމާއި އެހެން ސަބަބުތަކާ ހުރެ ރާއްޖޭގެ ޓޫރިޒަމް މަޑުޖެހިފައި އޮތް ނަމަވެސް، އަހަރުގެ ފަހުކޮޅު ގިނަ ފަތުރުވެރިންތަކެއް އަންނާނެ ކަމަށް ބެލެވޭ ކަމަށް ބުންޏެވެ.

ދައުލަތުގެ އާމްދަނީ އިތުރުކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ކޮމިއުނިކޭޝަންސް ސާވިސް ޕްރޮވައިޑަރަކަށް ލައިސަންސް ދިނުމާއި، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ހިއްސާ ވިއްކުމާއި ޕްރައިވެޓައިޒް ކުރުމުގެ މަސައްކަތް އަދި ރިއަލް އެސްޓޭޓް ޓޫރިޒަމް ފެށުން ހިމެނެ އެވެ.

މި އަހަރުގެ ތެރޭގައި މީގެ ތެރެއިން ގިނަ ކަންކަން ތަންފީޒުކުރެވޭނެ ކަމަށް ފިނޭންސުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox