ޗެކް ރިޕަބްލިކާ އެއްވަރުވެ ކްރޮއޭޝިއާ އަށް ޕްރެޝަރު

Jun 18, 2021, 5:54 PM
ޗެކް ރިޕަބްލިކާ އެއްވަރުވެ ކްރޮއޭޝިއާ އަށް ޕްރެޝަރު

ގްލާސްގޯ، ސްކޮޓްލެންޑް (ޖޫން 18) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޗެކް ރިޕަބްލިކާ 1-1 އިން އެއްވަރުވެ ކްރޮއޭޝިއާ އަށް މުބާރާތުގެ އަނެއް ބުރުން ފުރުސަތު ހޯދުމުގައި އުނދަގޫތަކެއް ދިމާވެއްޖެ އެވެ.

ކުޅުނު ފުރަތަމަ މެޗުން ކްރޮއޭޝިއާ ވަނީ 1-0 އިން އިންގްލެންޑް އަތުން ބަލިވެފަ އެވެ. މިރޭ 1-1 އިން އެއްވަރުވިއިރު، ގްރޫޕްގެ ފަހު މެޗުގައި ސްކޮޓްލެންޑާ ދެކޮޅަށް ނަތީޖާ ނެރެގެން ނޫނީ އެ ޓީމަށް އަނެއް ބުރުން ފުުރުސަތު ނުލިބޭނެ އެވެ. އެ މެޗު އޮންނާނީ އަންނަ ބުދަ ދުވަހު އެެވެ.

ގްރޫޕް ޑީގެ އެއް ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު ޗެކް ރިޕަބްލިކް އެވެ. ދެ ވަަނައިގައި އޮތް އިންގްލެންޑަށް އެއް މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި ކްރޮއޭޝިއާ އޮތީ ދެ މެޗުން އެއް ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ސްކޮޓްލެންޑަށް އެއް މެޗު ކުޅުނުއިރު، އަދި ޕޮއިންޓެއް ނުލިބެ އެވެ. މިރޭ ސްކޮޓްލެންޑް އަތުން މޮޅުވެގެން އިންގްލެންޑަށް ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުކުރެވޭނެ އެވެ.

ސްކޮޓްލެންޑްގެ ހެމްޕްޑެން ޕާކުގައި މިރޭ ކުޅުނު މެޗު ފަށައިގެން ޗެކް ރިޕަބްލިކުން ދިޔައީ ކްރޮއޭޝިއާ ފަހަތަށް ބާރުބޮޑުކުރަމުންނެވެ. މެޗުގެ ދެ ވަނަ މިނިޓްގައި ޗެކް ރިޕަބްލިކްގެ ތޯމަސް ސޫޗެކް ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ.

ފުރަތަމަ 15 މިނިޓަށް ފަހު ކްރޮއޭޝިއާ އިން މެޗުގެ ތެރެއަށް ވަދެ ޗެކް ރިޕަބްލިކް ގޯލަށް އަމާޒުކޮށް ހަމަލާތައް ފޮނުވަން ފެށި އެވެ. އެ ގޮތުން އިވާން ޕެރިސިޗް ފޮނުވާލި ބާރުބޯޅަ ކީޕަރު ޗެކް ރިޕަބްލިކްގެ ކީޕަރު ތޯމަސް ވަސްލިޗް ވަނީ މަތަކޮށްފަ އެވެ.

ލަނޑު ޖެހުމަށް ފަހު ޝިކް (ވ) އެ ޓީމުގެ ކުުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.

ޗެކް ރިޕަބްލިކުން ލީޑުނެގީ މެޗުގެ 37 ވަަނަ މިނިޓްގައި ޕެނަލްޓީ އަކުން ޕެޓްރިކް ޝިކް ޖެހި ގޯލުންނެވެ. މިއީ މި ފަހަރު ޔޫރޯގައި ޝިކް ޖެހި ތިން ވަނަ ގޯލެވެ. މި ޕެނަލްޓީ އަކީ ބޮލުން ޖަހަން އެރި ބޯޅައެެއްގައި ކްރޮއޭޝިއާގެ ޑިފެންޑަރު ޑޭޔާން ލޮވްރެން އަތުން ޝިކް ގައިގައި ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ދިން ޕެނަލްޓި އެެކެވެ. އެ ޕެނަލްޓީ ދޭން ނިންމީ މެޗުގެ ރެފްރީ ސްޕެއިނުގެ ކާލޯސް ޑެލް ކޭރޯ ދަނޑުގައި ހުންނަ މޮނީޓަރުން ވެސް ޗެކް ކުރުމަށް ފަހު އެވެ.

ޗެކް ރިޕަބްލިކުން ލަނޑު ޖެހިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ނަތީޖާ ހަމަހަމަކުރަން ކްރޮއޭޝިއާގެ އަންޓޭ ރެބިޗަށް މުޅިން ހުސް ފުރުސަތެއް ލިބުނެވެ. އޭރިއާތެރެއިން އޭނާ ޖެހި ބޯޅަ ކީޕަރު ވަސްލިޗް ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިތާ ދެ މިނިޓް ތެރޭ ޕެރިސިޗް ވަނީ ގޯލެއް ޖަހައި ކްރޮއޭޝިއާ އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މެޗުގެ 47 ވަނަ މިނިޓްގައި ޕެރިސިޗް މި ގޯލު ޖެހީ ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

ނަތީޖާ އެއްވަރުވުމާ އެކު ދެން ދެ ޓީމުގެ ފަރާތުން ފެންނަން ފެށީ އަވަސް ކުޅުމެކެވެ. އަލުން ލީޑުނަގަން ޗެކް ރިޕަބްލިކްގެ ޝިކް އާއި ޔަކޫބް ޔަންޓޯ އަށް ލިބުނު ބޯޅަތަކުގައި އެންމެ ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ. ކްރޮއޭޝިއާ އަށް ބޯޅަ ލިބުމާ އެކު ޗެކް ރިޕަބްލިކް އިން ޑިފެންސްކުރަން ގިނަ ކުޅުންތެރިންގެ ބޭނުން ކުރަން ފެށި އެވެ.

މެޗުގެ 72 ވަނަ މިނިޓްގައި ޗެކް ރިޕަބްލިކްގެ އޭރިއާގެ ތެރެއިން ކްރޮއޭޝިއާގެ ނިކޮލަ ވްލަސިޗަށް ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ. ވްލަސިޗް ކުޅެން އެރީ ދެ ވަނަ ހާފްގައި އަންދްރޭ ކްރަމަރިޗްގެ ބަދަލުގަ އެވެ.

މިރޭގެ ނަތީޖާއާ އެކު އެންމެ ފަހުން ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް ނެދަލެންޑް ބަލިވެފައިނުވެ އެވެ. ފްރާންސްގައި 2016 ވަނަ އަހަރު ބޭއްވި ޔޫރޯގައި ވެސް ކްރޮއޭޝިއާ އާއި ޗެކް ރިޕަބްލިކް ވާދަކުރީ އެއް ގްރޫޕްގަ އެވެ. އެ ފަހަރު ދެ ޓީމު ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ޗެކް ރިޕަބްލިކް މި ފަހަރުގެ މުބާރާތުގައި ދެން ކުޅޭ މެޗުގައި އަންނަ ބުދަ ދުވަހު ނުކުންނާނީ އިންގްލެންޑާ ދެކޮޅަށެެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ޗެކް ރިޕަބްލިކަށް އަނެއް ބުރުގެ ޖާގަ ހޯދިދާނެ އެވެ. އެންމެ ފަހުން ބޭއްވި ޔޫރޯގައި ޗެކް ރިޕަބްލިކް ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox