އިލެކްޝަން ކޮމިޝަންގެ ރައީސް ޝަރީފް އިސްތިއުފާ ދެއްވައިފި

އީސީގެ ރައީސް ޝަރީފް: އޭނާ މަގާމުން ދުރަށް ވަޑައިގަތީ ތިން އިންތިހާބު ބޭއްވެވުމަށް ފަހު. -- ފޮޓޯ/ އަދަދު

އީސީގެ ރައީސް ޝަރީފް: އޭނާ މަގާމުން ދުރަށް ވަޑައިގަތީ ތިން އިންތިހާބު ބޭއްވެވުމަށް ފަހު. -- ފޮޓޯ/ އަދަދު

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރެއްވި ޝަރީފް މަގާމުން މި ވަކިވެވަޑައިގަތީ ކޮމިޝަންގެ ރައީސަކަށް ހުންނަވައި ތިން އިންތިހާބު ކުރިއަށް ގެންދެވުމަށް ފަހު އެވެ. އެއީ 2018ގެ ރިޔާސީ އިންތިހާބާއި 2019ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އިތުރުން މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބެވެ.

"ވޭތުވެދިޔަ ތިން އިންތިހާބުގައި އިހްލާސްތެރި އަމާނާތްތެރިކަމާ އެކު މަސައްކަތްކޮށްދެވުނު ކަމުގެ ހިތްހަމަޖެހުން ލިބުނު،" ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަދިވެސް ހުންނަވާނީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގަ އެވެ. ތަފްސީލަކަށް ވަޑައެއް ނުގަނެ އެވެ.

ޝަރީފް ނިންމަވައިގެން ހުންނެވީ ކައުންސިލް އިންތިހާބަށް ފަހު އިސްތިއުފާ ދެއްވުމަށެވެ. އެކަން "އަދަދު"އާ ހިއްސާކުރައްވަމުން އިންތިހާބުގެ ތެރޭގައި ވިދާޅުވެފައި ވަނީ ތިން އިންތިހާބު ކާމިޔާބުކަމާ އެކު ނިންމާލެވުމުން ކޮމިޝަނާ ދުރަށް ވަޑައިގެން އެހެން ދާއިރާއަކުން ހިދުމަތް ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ހައިޖާނު ބޮޑުވި 2018 ގެ ރިޔާސީ އިންތިހާބުގައި، ޝަރީފަށް ވަރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވި އެވެ. ޚާއްސަކޮށް އޭނާ ސިޔާސީ މަސައްކަތް އެކުގައި ކުރެއްވި ޔާމީންގެ ޕީޕީއެމުންނެވެ.

އެ ޕާޓީން އަދިވެސް ތުހުމަތުކުރަނީ އިންތިހާބުގައި ޝަރީފް ގޯސްތަކެއް ހެއްދެވި ކަމަށެވެ. އެކަމަކު، އެކަން ތަކުރާރުކޮށް ދޮގު ކުރައްވަމުން ޝަރީފް ވިދާޅުވެފައި ވަނީ، އިންތިހާބުގައި ރައްޔިތުންގެ ނިންމުން ވަރަށް ސާފުކަމަށާއި އެއީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށެވެ.

ޝަރީފް އިސްވެ ހުންނަވައި އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމުން ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ. އެކަމަކު، އެ މައްސަލަ ނިމުނީ އިލެކްޝަންސް ކޮމިޝަނާ އެއްކޮޅަށެވެ.

އިންތިހާބުތަކާއި ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ އީސީގައި ތިއްބަވާނީ ފަސް މެމްބަރުންނެވެ. ޝަރީފް އިސްތިއުފާ ދެއްވުމުން މިހާރު ތިއްބަވާނީ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބާއި އެ ކޮމިޝަންގެ ރައީސްކަން ކުރިން ކުރެއްވި ފުއާދު ތައުފީގާއި އަލީ ނަޝާތުގެ އިތުރުން ޑރ. މުހައްމަދު ޒާހިރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox