އިސްލާހުން އެއާޓްރެފިކް ކޮންޓްރޯލް ކުރުމުގެ ބާރު ލިބޭ ކަމަށް މާނަ ކުރެވޭތީ އިބާރާތް ބަދަލު ކުރަނީ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް: އިސްލާހުގެ އިބާރާތް އިސްލާހުގެ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުނޭ -- ފޮޓޯ: އަދަދު ފައިލް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް: އިސްލާހުގެ އިބާރާތް އިސްލާހުގެ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުނޭ -- ފޮޓޯ: އަދަދު ފައިލް

ބިދޭސީ ކުންފުނިތަކަށް ދިވެހިރާއްޖޭގެ އެއާޕޯޓުތައް ހިންގުމުގެ ފުރުސަތު ކުރިން ފެށިގެން ވެސް ފަހިވެފައި އޮންނަ ކަމަށާއި އިއްޔެ އިސްލާހު ކުރި ގަވާއިދުގެ ދަށުން އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމުގެ އެއްވެސް ބާރެއް ބިދޭސީންނަށް ނުލިބުނު ނަމަވެސް އެގޮތަށް މާނަ ކުރެވޭތީ އިބާރާތް އިސްލާހު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.

ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އަށް މިނިސްޓްރީން އިއްޔެ ގެނައި އިސްލާހުން 100 ޕަސެންޓު ބިދޭސީ ހިއްސާ އޮންނަ ކުންފުނިތަކަށް، ވައިގެ ދަތުރުފަތުރާ ގުޅިފައިވާ ބައެއް ހިދުމަތްތައް ފޯރުކޮށްދެވޭނެ މަގު ވަނީ ތަނަވަސްކޮށްފަ އެވެ.

ސާވިސާސް އިންސިޑެންޓަލް ޓު އެއާ ޓްރާންސްޕޯޓޭޝަންގެ ދަށުން އެއާޕޯޓުތައް އޮޕަރޭޓްކޮށް ހިންގުމުގެ އިތުރުން "އެއާޕޯޓް އެންޑް އެއާ ޓްރެފިކް ކޮންޓްރޯލް އެކްޓިވިޓީސް" ގެ މަސައްކަތް ވެސް 100 ޕަސެންޓު ބިދޭސީ ކުންފުނިތަކަށް ކުރެވޭނެ ކަމަށް ފޮރިން އިންވެސްޓްމަންޓް ޕޮލިސީއަށޤ އިއްޔެ ގެނައި އިސްލާހުގައި ބުނެފައިވެ އެވެ.

ފޮރިން އިންވެސްޓްމަންޓު ޕޮލިސީއަށް ގެނައި އިސްލާހާއެކު އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމުގެ ބާރު ބިދޭސީންނަށް ލިބި ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި އިދިކޮޅު ކޯލިޝަނުން ދިޔައީ ބުނަމުންނެވެ.

އެކަމަކު އިކޮނޮމިކް މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިއްޔެ ގެނައި އިސްލާހުގެ ސަބަބުން އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމުގެ ބާރު ބިދޭސީ ކުންފުނިތަކަށް ނުލިބޭނެ ކަމަށެވެ. ނަމަވެސް އިސްލާހު އިބާރާތް ކޮށްފައިވާ ގޮތުން އެގޮތަށް މާނަ ކުރެވޭ ކަމަށާއި އެހެންވެ އިބާރާތް އިސްލާހު ކުރުމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

"އެއަރ ޓްރާންސްޕޯޓް ސަރވިސަސް އާއި ގުޅުންހުރި ހިދުމަތްތަކުގެ ތެރޭގައި އެއަރ ޓްރެފިކް ކޮންޓްރޯލް އެކްޓިވިޓީޒެއް ނުހިމެނޭނެއެވެ. އެއަރ ޓްރާންސްޕޯޓް ސަރވިސަސްއާ ގުޅުންހުރި ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ދާއިރާތަކުގެ ތެރެއިން، އެއަރ ޓްރެފިކް ކޮންޓްރޯލް އެކްޓިވިޓީސް ހިމެނޭގޮތަށް މާނަ ކުރެވޭގޮތަށް އޮތްކަމަށް ފެންނާތީ، އެކަން ސާފުކޮށް އިސްލާޙުކުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދަން،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އިސްލާހާއެކު އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމުގެ ބާރު ބިދޭސީންނަށް ނުލިބޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް މިއަދު ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ އެއާޕޯޓް ހިންގުން 100 ޕަސެންޓު ބިދޭސީ ކުންފުނިތަކަށް ކުރިން ފެށިގެން ދީފައިވާ ކަމަށެވެ. އެގޮތުން 2014 ވަނަ އަހަރު ކޫއްޑޫ އެއާޕޯޓާއި 2017 ވަނަ އަހަރު މާފަރު އެއާޕޯޓް ހިންގުން ބިދޭސީ ކުންފުނިތަކަށް ސަރުކާރުން ހަވާލުކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ބިދޭސީން ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ގޮތް ސާފުކޮށް ފެންނަން މީގެ ކުރިން ނޯންނަ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. ނަމަވެސް ހާމަކަންބޮޑު ގޮތަކަށް ކަންތައް ގެންދިއުމަށް ފެބްރުއަރީ، 2020، ގައި މި ސަރުކާރުން ފޮރިން އިންވެސްޓްމަންޓު ޕޮލިސީއެއް ހާމަ ކުރި ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

އެ ޕޮލިސީ ފުރަތަމަ ޝާއިއު ކުރިއިރު އެއާ ޓްރާންސްޕޯޓް ސާވިސާސް ފީލްޑުގައި ހަރަކާތްތެރިވެވޭ ގޮތަށް ހެދީ އެންމެ ގިނަވެގެން 75 ޕަސެންޓު ބިދޭސީން ހިއްސާވާ ކުންފުނިތަކަށް ކަމަށް މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

"އެފްޑީއައި ޕޮލިސީއަށް 13 ޖޫން 2021 ގައި ގެނެވިފައިވާ އިސްލާހަކީ، މިދާއިރާގައި އިންވެސްޓްކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ބައެއް ފަރާތްތަކަށް 75 ޕަސެންޓް ތްރެޝްހޯލްޑް އޮތުމުން އިންވެސްޓްކުރުމަށް ހުރަސްތަކެއް އޮތުމުން، އެކަމަށް މަގުފަހިކުރުމަށް ގެނެވުނު ބަދަލެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox