ޕޯސްޓާއި ވައިގެ މަގުން ރާއްޖެ އެތެރެ ކުރި ހަތް ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

Jul 9, 2026, 4:59 PM
މީގެ ކުރިން ފުލުހުން ހޯދި ބައެއް މަސްތުވާތަކެތި ދައްކައިލަނީ: މިފަހަރު އަތުލައިގެން މަސްތުވާތަކެތީގެ އަގު އެތައް މިލިއަން ރުފިޔާއަކަށް އަރާ -- ޕޮލިސް

މީގެ ކުރިން ފުލުހުން ހޯދި ބައެއް މަސްތުވާތަކެތި ދައްކައިލަނީ: މިފަހަރު އަތުލައިގެން މަސްތުވާތަކެތީގެ އަގު އެތައް މިލިއަން ރުފިޔާއަކަށް އަރާ -- ޕޮލިސް

ޕޯސްޓާއި ވައިގެ މަގުން ރާއްޖެ އެތެރެ ކުރި ހަތް ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ. 

މިއަދު އާންމު ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ކަސްޓަމްސް އިން ބުނީ، މަސްތުވާތަކެތި އަތުލައިގަތީ ޖޫން 18، އަދި ޖޫން 29، ގައި ކަމަށެވެ. 

ޖޫން 18، ގައި އަތުލައިގަތީ ޕޯސްޓު މެދުވެރިކޮށް އެތެރެ ކުރަން އުޅުނު  3.6 ކިލޯގެ ސިންތެޓިކް ކެތިނޯން ކަމަށެވެ. އެ ތަކެތި ހިފެހެއްޓީ ޕޯސްޓު އޮފީހުންނެވެ. އެ ތަކެތީގެ މަގުމަތީ އަގު ފަސް މިލިއަން ރުފިޔާއަށް އަރަ އެވެ. 

ޖޫން 29، ގައި އަތުލައިގަތީ 3.5 ކިލޯގެ ކެނަބިހާއި ހަޝިޝް އޮއިލް ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެއީ ކެނަބިހުގެ 740 ގުރާމާއި ހަޝިޝް އޮއިލްގެ 2.7 ކިލޯ އެވެ. އެ ތަކެތި އަތުލައިގަތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެ ތަކެތީގެ މަގުމަތީ އަގު 2.7 މިލިއަން ރުފިޔާއަށް އަރަ އެވެ. 

ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ އަދަދު 10،000 އަށް ވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް ފަރުވާގެ ނިޒާމު ބަލިކަށިކަމުން އެ ނިޒާމުގެ ތެރެއަށް ވެއްދޭ މީހުންގެ އަދަދު ވަރަށް މަދެވެ. 

ނަޖިސް ފެން ތަހުލީލުކޮށްގެން ބޭރުގެ ސައިންޓިސްޓުން ރާއްޖޭގައި ހެދި ދިރާސާއަކުން ދައްކާ ގޮތުގައި މާލޭގައި އެންމެ ގިނަ މީހުން ބޭނުން ކުރާ މަސްތުވާތަކެއްޗަކީ ރަލެވެ. ރަލަށްފަހު، ނަޖިސް ފެނުގައި އެންމެ ގިނައިން ހުރި ކަމަށް ދައްކަނީ ޓީއެޗްސީ (ކެނަބިސް) އާއި އެކި ބާވަތްތަކުގެ ކެމިކަލް ޑްރަގްސް އެވެ. 

މި ވެރިކަމުގައި 1313 ކިލޯގެ މަސްތުވާތަކެތި މިހާތަނަށް އަތުލައިގަނެފައިވާ ކަމަށް ރައީސް އޮފީހުން ވަނީ މިފަހުން ބުނެފަ އެވެ. އަދި މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި 2588 މީހުން ހައްޔަރުކޮށް، އޭގެ ތެރެއިން 420 މީހަކު ރިހެބިލިޓޭޝަނަށް ފޮނުވާފައިވާ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox