އެއާޕޯޓު ފީ ބޮޑުކުރާ ބިލު އަވަސްކޮށްދޭން އިލްތިމާސްކުރައްވައިފި

ވެލާނާ އެއާޕޯޓުގައި ރާއްޖެ އައި ޓޫރިސްޓުންތަކެއް: ރާއްޖޭން ފުރާ މީހުންގެ އަތުން ޓެކުހާއި ފީ ބޮޑުކުރަން ސަރުކާރުން ވަނީ ހުށަހަޅާފަ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ވެލާނާ އެއާޕޯޓުގައި ރާއްޖެ އައި ޓޫރިސްޓުންތަކެއް: ރާއްޖޭން ފުރާ މީހުންގެ އަތުން ޓެކުހާއި ފީ ބޮޑުކުރަން ސަރުކާރުން ވަނީ ހުށަހަޅާފަ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދައުލަތުގެ އާމްދަނީ އިތުރުކުރަން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީތައް ބޮޑުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު އަވަސްކޮށްދޭން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިލްތިމާސް ކުރައްވައިފި އެވެ.

މިއަހަރަށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ވެސް އާމްދަނީ އިތުރުކުރަން ހިމެނި އާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭން ބޭރަށް ފުރާ ޕަސިންޖަރުންގެ އަތުން ޓެކުހާއި ފީތައް ބޮޑު ކުރަން ވަނީ ހިމަނައިފަ އެވެ.

އެއާޕޯޓް ޑިވްލޮޕްމަންޓް ޗާޖު (އޭޑީސީ) ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރާ ދިވެހިންގެ އަތުން މިހާރު 12 ޑޮލަރާއެކު އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 12 ޑޮލަރާއެކު ޖުމްލަ 24 ޑޮލަރު ނަގަ އެވެ.

އަދި އޭޑީސީގެ ގޮތުގައި ވިއައިއޭއިން ފުރާ 25 ޑޮލަރާއެކު ސާވިސް ޗާގުގެ ގޮތުގައި އިތުރު 25 ޑޮލަރާއެކު ޖުމްލަ 50 ޑޮލަރު މިހާރު ނަގަމުންދެ އެވެ.

އެކަމަކު މިދިޔަ އަހަރަށް އެ ފީތައް ބޮޑުކޮށް ސަރުކާރުން ހުށަހަޅާފައިވަނީ އަލަށް ތައާރަފު ކުރާ ޑިޕާޗާ ޓެކުހުން އިކޮނޮމީ ކްލާހުން ދަތުރުކުރާނަމަ ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 30 ޑޮލަރެވެ.

ބިޒްނަސް ކްލާހުންނަމަ 60 ޑޮލަރު އަދި ފަސްޓް ކްލާހުން ނަމަ ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 90 ޑޮލަރު ނެގުމަށެވެ.

އަދި ޕްރައިވެޓް ޖެޓުން އަންނަ މީހުންގެ އަތުން 120 ޑޮލަރުގެ ފީއެއް ނަގަން ވަނީ ހުށަހަޅައިފަ އެވެ.

އެ ފީތައް ބޮޑުކޮށްގެން 273 މިލިއަން ރުފިޔާގެ އިތުރު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށް މިއަހަރުގެ ބަޖެޓުގައި ވެސް ހިމެނި އެވެ.

ސަރުކާރުގެ ފަރާތުން ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގާނޫނަށް ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އެ އިސްލާހު ހުށަހެޅުއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

އެކަމަކު މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އެ ފީތައް ނަގަން ހިމެނި ބިލު މަޖިލީހުގެ އިގުތިސޯދީ ކޮމިޓީން އަދިވެސް އަންނަނީ ދިރާސާ ކުރަމުންނެވެ.

އަމީރު
އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު "އަދަދު"އަށް އިންޓަވިއު ދެއްވަނީ: ދައުލަތުގެ އާމްދަނީ އިތުރުކުރަން މި އަހަރުގެ ބަޖެޓުގައި ހިމެނި އާ ކަންތައްތަކުން ލިބޭނެ ކަމަށް ލަފާކުރެވޭ ނިސްބަތެއް ދަންނަވަން އަދި ދަތިކަމަށް ވިދާޅުވި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މިއަހަރަށް ދައުލަތުގެ އާމްދަނީ އިތުރުކުރަން ބަޖެޓުގައި ހިމެނި ކަންތައްތަކާ ގުޅޭގޮތުން "އަދަދު"އަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން ގިނަ ކަންކަން މަޑުޖެހިފައިވީ ނަމަވެސް، އެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

ނަމަވެސް، އެއާޕޯޓު ފީތައް ބޮޑުކުރަން ހުށަހަޅާފައިވާ ބިލު މަޖިލީހުގެ ތެރެއިން މަޑުޖެހިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މިދިޔަ އަހަރު ވެސް ހިމެނި ކަމެއް އެއީ. އަދި މިއަހަރުގެ ބަޖެޓުގައި ވެސް ހިމެނިފައިވާ މުހިއްމު ކަމެއް. އެހެންވީމާ، އަޅުގަނޑު މަޖިލީހަށް އިލްތިމާސްކުރަން އެ ބިލުގެ މަސައްކަތް އަވަސްކޮށް ދެއްވުމަށް،" އަމީރު ވިދާޅުވި އެވެ.

ދެން މިއަހަރުގެ ބަޖެޓުގައި އާމްދަނީ ހޯދުމަށް ހުށަހަޅާފައިވާ އަނެއް ކަމަކީ "ރިއަލް އެސްޓޭޓް ޓޫރިޒަމް" ރާއްޖެ އަށް ތައާރަފު ކުރުމެވެ. އެކަމުން 150 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، އެ މަސައްކަތް ޓޫރިޒަމް މިިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރެވެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން، ބޭރުގެ މަހުޖަނުންނަށް އަމާޒުކުރާ "ސެކަންޑް ހޯމް" އާއި ރަށްތައް ތަރައްގީކޮށް ވިއްކުމާ ގުޅޭ ގަވައިދެއް ހަދަންޖެހޭއިރު، އެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އަމީރު ހާމަކުރެއްވި އެވެ.

އޭގެ އިތުރުން އާ ޓެލެކޮމް ލައިސެންސެއް ދޫކުރުމާއި މާލެއަށް ކޮންޖެޝަން އާއި ޕާކިން ފީ އެއް ތައާރަފް ކުރުމަށް ބަޖެޓުގައި ހިމަނާފައިވާއިރު، އެކަމުގެ މަސައްކަތްތައް ވެސް ކަމާގުޅޭ އިދާރާތަކުން ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

ޕްރައިވަޓައިޒް ކުރުމުގެ ޕްރޮގްރާމް މިއަހަރު

ސަރުކާރުން އާމްދަނީ ހޯދަން މި އަހަރަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ސަރުކާރު ކުންފުނިތައް ޕްރައިވަޓައިޒް ކުރުން ވެސް ހިމެނެ އެވެ.

އެގޮތުން، ސަރުކާރުގެ ކުންފުނިތަކުގެ ހިއްސާ ވިއްކައިގެން 460 މިލިއަނެއްހާ ރުފިޔާ މި އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ.

އެ މަސައްކަތް ފިނޭންސް މިނިސްޓްރީން އިސްވެ ކުރަމުންދާއިރު، އެކަމުގެ ދިރާސާތައް މިހާރު ނިމިފައިވާއިރު، މި އަހަރު ނިމުމުގެ ކުރިން އެ ޕްރޮގްރާމް ފަށަން އަމާޒުހިފާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް ޓްރާންސްޕޭރަންޓުކޮށް ހުރިހާ ސްޓޭކްހޯލްޑަރުން ވެސް ބައިވެރިކޮށްގެން އަދި މި މަސައްކަތަށް ހާއްސަ ބޭރުގެ ފާމެއް ވެސް ބައިވެރިކޮށްގެން މީގަ ކުރިއަށްދާނީ. މިކަމުގެ އެކްސްޕާޓުންނާއެކު އަޅުގަނޑުމެން މަސައްކަތް ކުރާނީ،" އަމީރު ވިދާޅުވި އެވެ.

އަދި އެކަމުގައި ކުރިއަށްދާނެ މަގު ޗާޓެއް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.

އެ ޕްރޮގްރާމުގައި ވަކި ކުންފުނިތަކަކަށް އިސްކަން ދެއްވާތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ މިހާރު އެކުލަވާލާފައިވާ ކަރުދާހުގައި ހުރިހާ ކުންފުނިތަކަށް ވެސް ބަލައި، ޕްރައިވަޓައިޒް ކުރެވޭނީ ކޮން ކުންފުނިތަކެއް ކޮން މިންވަރަކަށްތޯ ވެސް ފާހަގަކޮށްފައިވާނެ ކަމަށެވެ.

"އޭގެ ފަހުން އިކޮނޮމިކް ކައުންސިލަށް ވެސް ގެންގޮސްގެން އަޅުގަނޑުމެން ބަލާނަން ސްޓްރެޓިޖިކް ޕާޓްނާއެއްތޯ ބޭނުންވަނީ؟ ޑޮމެސްޓިކް އައިޕީއޯ [އާއްމުންނަށް ހިއްސާ ވިއްކުން] އަކަށްތޯ ދާނީ؟ ބޭރުގެ އައިޕީއަކަށްތޯ ދާނީ؟،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ ކުންފުނިތައް ޕްރައިވަޓައިޒް ކުރަން ހުށަހެޅުމުން އަމާޒުވެފައިވާ ފާޑުކިޔުންތަކަށް އަލިއަޅުވާލައްވަމުން އަމީރު ވިދާޅުވީ ކުންފުނިތައް ޕްރައިވަޓައިޒް ކުރަނީ ސަރުކާރަށް އާމްދަނީ އިތުރުކުރުމުގެ ބޭނުމުގައި ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ޕްރައިވަޓައިޒް ކުރުމުން އުފެއްދުންތެރިކަން އިތުރުވެ، ކުންފުނިތަކުގެ ހިންގުން ހަރުދަނާ ވެގެންދާ ކަމަށެވެ.

ރާއްޖޭގައި ވެސް އާއްމުންގެ ހިއްސާ އޮންނަ ދައުލަތުގެ ކުންފުނިތަކުގެ ހިންގުމާއި ފައިދާ ބެހުމުގައި ވެސް، ސަރުކާރުގެ ސަތޭކަ ޕަސަންޓް ހިއްސާ އޮންނަ ގައުމުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް ވެސް ރަނގަޅު ކަމަށް މިސާލެއް ނަންގަވަމުން އަމީރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox