ޖާގަ: 38،000
ހުޅުވުނު ތާރީހު: 1992
ސިޓީ: ކޮޕެންހާގެން، ޑެންމާކް
މި ފަަހަރުގެ ޔޫރޯ ހޯސްޓްކުރާނެ 11 ސްޓޭޭޑިއަމްގެ ތެރެއިން އެންމެ ޖާގައިގެ ގޮތުން ކުޑަ ދަނޑަކީ ޑެންމާކުގެ ކޮޕެންހާގެންގައި ހުންނަ ޕާކެން ސްޓޭޑިއަމް އެވެ. އެ ދަނޑަށް ވަދެވެނީ 38،000 މީހުންނަށެވެ. މި ސްޓޭޑިއަމް ރަސްމީކޮށް ހުޅުވީ 1992 ވަނަ އަހަރު އެވެ. އޭގެ ފަހުން ޑެންމާކް ގައުމީ ޓީމުގެ މެޗުތަކަށް ބޭނުންކުރަމުން އަންނަ މި ދަނޑުގައި ވަނީ ޗެމްޕިއަންސް ލީގާއި ޔުއެފާ ކަޕް (ޔޫރޮޕާ ލީގު ) ފައިނަލް މެޗުތައް ވެސް ހޯސްޓް ކޮށްފަ އެވެ. . ޕާކެން ސްޓޭޑިއަމްގެ ނަން 2014 ވަނަ އަހަރު ވަނީ ސްޕޮންސަޝިޕް ޑީލެއްގެ ދަށުން ޓެލިއާ ޕާކެން އަށް ބަދަލުކޮށްފަ އެވެ. އެކަމަކު މިދިޔަ އަހަރު އޮގަސްޓް މަހު ވަނީ އަލުން ކުރީގެ ނަން ޕާކެން އަށް ބަދަލުކޮށްފަ އެވެ. މި ސްޓޭޑިއަމްގައި މި ފަހަރުގެ ޔޫރޯގެ ހަތަރު މެޗެއް ހޯސްޓްކުރާނެ އެވެ.













