ޖާގަ: 67،800
ހުޅުވުނު ތާރީހު: 2017
ސިޓީ: ސެއިންޓް ޕީޓާސްބާގް، ރަޝިއާ
ފީފާ އިން 2017 ވަނަ އަހަރު ބޭއްވި ކޮންފެޑެރޭޝަން ކަޕްގައި ހުޅުވި ރަޝިއާގެ ކްރެސްޓޯވްސްކީ ސްޓޭޑިއަމަކީ 67،800 މީހުންގެ ޖާގައިގެ ސްޓޭޑިއަމް އެކެވެ. އެ ދަނޑު އަޅަން 660 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާއިރު، އެ ދަނޑުގެ ވަސީލަތްތައް ގާއިމްކޮށްފައިވަނީ ޔޫރަޕްގެ ނަން މަޝްހޫރު ސްޓޭޑިއަމްތަކަށް ބަލައިގެންނެވެ. އެ ގޮތުން ބާސެލޯނާގެ ކޭމްޕް ނޯ އާއި އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގެ ވެސް ކަންތައް ވަނީ ދިރާސާކޮށްފަ އެވެ. އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅެން ނިންމާފައިވާ ކްރެސްޓޯވްސްކީ ސްޓޭޑިއަމްގައި މި ފަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖް ހަ މެޗާއި ކުއާޓާ ފައިނަލް އެއް މެޗު ކުޅޭނެ އެވެ.












