ޖާގަ: 90،000
ހުޅުވުނު އަހަރު: 2007 (މަރާމާތަށް ފަހު އަލުން ހުޅުުވުނު)
ސިޓީ: ލަންޑަން، އިންގްލެންޑް
އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީ އަކި 1923 ވަނަ އަހަރު އެންމެ ފުރަތަމަ މެޗެއް ކުޅުނު ސްޓޭޑިއަމެކެވެ. މަރާމާތަށްޓަކައި 2002 ވަނަ އަހަރު ވެމްބްލީ ސްޓޭޑިއަމް ތަޅާލުމަށް ފަހު އަލުން ހުޅުވީ 2007 ވަނަ އަހަރު ޒަމާނީ ބަދަުތަކަކާ އެކު އެވެ. މި ދަނޑަށް މިހާރު 90،000 މީހުންނަށް މެޗު ބަލަން ވަދެވޭއިރު، ދުނިޔޭގެ ފުޓްބޯޅައިގެ ވަރުގަދަ ފައިނަލްތަކާއި މަޝްހޫރު ބޭންޑްތަކުގެ ޝޯ ތަށް ވެސް ވަނީ ބާއްވައިފަ އެވެ. ޔޫރަޕްގެ ދެ. ވަނަ އަށް އެންމެ ބޮޑު ސްޓޭޑިއަމް ކަމަށްވާ ވެމްބްލީގައި މި ފަހަރު ޔޫރޯގެ ފައިނަލް ކުޅެން ނިންމީ ހުރިހާ ގޮތަކުން ބަލާއިރު، މި ދަނޑަކީ މި ވަގުތަށް އެންމެ ވަސީލަތްތައް ފުރިހަމަ ދަނޑުކަމަށްވާތީ އެވެ.













