ޖާގަ: 69،000
ހުޅުވުނު ތާރީހު: 2015
ސިޓީ: ބަކޫ، އަޒަރުބައިޖާން
އަޒަރުބައިޖާންގެ ބަކޫގައި ހުންނަ އޮލިމްޕިކް ސްޓޭޑިއަމްގެ ނަން މި ފަހުން މަޝްހޫރު ވެގެންދިޔައީ 2019 ވަނަ އަހަރުގެ ޔުއެފާ ޔޫރޮޕާ ލީގު ފައިނަލް އެ ދަނޑުގައި ހޯސްޓް ކުރުމުންނެވެ. އަޒަރުބައިޖާނަކީ ކްލަބް ލެވަލްގެ ބޮޑެތި މެޗުތައް ހޯސްޓް ކުރުމުގެ ފުރުސަތު މާ ގިނައިން ލިބިފައިވާ ގައުމެއް ނޫނެވެ. މީގެ 10 އަހަރު ކުރިން މަސައްކަތް ފަށައި 2015 ވަނަ އަހަރު ރަސްމީކޮށް ހުޅުވި ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގެ ޖާގަ އަކީ 69،000 މީހުންނެވެ. ތުރުކީގެ ތެކްފެން ކޮންސްޓްރަކްޝަން އިން އެޅި މި ސްޓޭޑިއަމަށް ގާތްގަނޑަަކަށް 340 މިލިއަން ޑޮލަރު ވަނީ ހަރަދުވެފަ އެވެ. މި ފަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުގެ ތިން މެޗާއި ކުއާޓާ ފައިނަލް މެޗެއް މި ދަނޑުގައި ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ













