ބުޑަޕެސްޓް، ޕުސްކަސް އެރީނާ

Jun 11, 2021, 5:51 PM
ބުޑަޕެސްޓް، ޕުސްކަސް އެރީނާ

ޖާގަ: 67،000

ހުޅުވުނު ތާރީހު: 2019

ސިޓީ: ބުޑަޕެސްޓް، ހަންގޭރީ

ހަ ސަތޭކަ މިލިއަން ޑޮލަރު ހަރަދުކޮށް ހަންގޭރީގެ ބުޑަޕެސްޓްގައި އެޅި ޕުސްކަސް އެރީނާ ހުޅުވީ 2019 ވަނަ އަހަރު އެވެ. މިއީ މި ފަހަރުގެ ޔޫރޯގެ މެޗުތައް ހޯސްޓްކުރާ ސްޓޭޑިއަމްތަކުގެ ތެރެއިން އެންމެ ފަހުން އެޅި ދަނޑެވެ. މި ދަނޑަށް ޕުސްކަސް އެރީނާގެ ނަމުން ނަން ދިނީ ހަންގޭރީގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ފެރެންސް ޕުސްކަސް އަށް ހާއްސަ ކުރުމުގެ ގޮތުންނެވެ. މީގެ ކުރިން ވެސް މި ދަނޑު ކުރިން ހުރި ޑިޒައިނަށް ހުރިއިރު، ވެސް ނަން ދެވުނީ ޕުސްކަސްއާ ގުޅުވައިގެންނެވެ. ކުރީގެ ދަނޑު ތަޅާލައި އާ ދަނޑު އެޅިއިރު ވެސް ހަންގޭރީގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމީ ޕުސްކަސް އަށް ދަނޑުގެ ނަން ހާއްސަކުރާށެވެ. މި ދަނޑަށް 67،000 މީހުންނަށް މެޗު ބަލަން އެއް ފަހަރާ ވަދެވޭއިރު، މި ފަހަރުގެ ޔޫރޯގައި އެންމެ ގިނަ ސަޕޯޓަރުން ވަންނަން ހުއްދަ ލިބޭ ގައުމުތަކުގެ ތެރޭގައި ހަންގޭރީ ހިމެނެ އެވެ. މި ފަހަރު ޔޫރޯގައި ހަންގޭރީގެ ދެ މެޗެއް މި ދަނޑުގައި ކުޅޭނެ އެވެ. އެއީ ހަންގޭރީން ފްރާންސާއި ޕޯޗުގަލްއާ ދެކޮޅަށް ކުޅޭ ދެ މެޗެވެ.

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox