ޖާގަ: 51،886
ހުޅުވި ތާރީހު: 1903
ސިޓީ: ގްލާސްގޯ، ސްކޮޓްލެންޑް
ސްކޮޓްލެންޑްގެ ހެމްޕްޑެންގައި އެންމެ ފުރަތަމަ ސްޓޭޑިއަމެއް އެޅީ 1903 ވަނަ އަހަރު އެވެ. އޭރު އެ ދަނޑަކީ ދުނިޔޭގެ އެންމެ ބޮޑު ދަނޑެވެ. އޭރު އެ ދަނޑަށް އެއް ލައްކަ މީހުންނަށް ވަދެވެ އެވެ. އޭގެ ފަހުން ވެސް އެ ދަނޑަށް ވަދެވޭ މީހުންގެ އަދަދު އިތުރުކުރިއިރު، 1937 ވަނަ އަހަރު އިންގްލެންޑާއި ސްކޮޓްލެންޑް ކުޅުނު މެޗެއް ބަލަން ގާތްގަނޑަކަށް 150،000 މީހުން ދަނޑަށް ވަނެވެ. އެންމެ ފަހުން އެ ދަނޑު މަރާމާތުކުރީ 1999 ވަނަ އަހަރު އެވެ. ސްކޮޓްލެންޑް ގައުމީ ޓީމުގެ މެޗުތަކަށް ބޭނުންކުރަމުން އަންނަ މި ދަނޑުގައި ވަނީ 2014 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގެ އެތުލެޓިކްސް އިވެންޓް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެ ދަނޑުގައި މިހާަތަނަށް ވަނީ ތިން ޗެމްޕިއަންސް ލީގު ފައިނަލާއި ޔުއެފާ ކަޕް ފައިނަލެއް ހޯސްޓް ކޮށްފަ އެވެ، މި ފަހަރުގެ ޔޫރޯގެ ހަތަރު މެޗެއް ހެމްޕްޑެން ޕާކުަގައި ކުޅޭނެ އެެވެ.














