ޖާގަ: 55،600
ހުޅުވި ތާރީހު: 2011 (މަރާމާތަށް ފަހު ހުޅުވި ތާރީހު)
ސިޓީ: ބުކަރެސްޓް، ރުމޭނިއާ
ރުމޭނިއާގެ ތާރީހީ ސްޓޭޑިއަމް ނެޝަނަލް އެރީނާ މަރާމާތްތަކެއްކޮށް ޒަމާނީ ބަދަލުތަކެއް ގެންނަން ތަޅާލީ 2007 ވަނަ އަހަރު އެވެ. އަލުން ހުޅުވީ 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެ ދަނޑުގައި ކަންކަން ރަނގަޅަށް ފުރިހަމަވެފައި ހުރުމުން 2012 ވަނަ އަހަރުގެ ޔޫރޮޕާ ލީގު ފައިނަލް ހޯސްޓްކުރަން ފުރުސަތު ދީފަ އެވެ. މި ފަހަރުގެ ޔޫރޯގައި އެރީނާ ނެޝަނަލް އިން ނޮކައުޓް ބުރުގެ މެޗެއް ހިމެނޭ ގޮތަށް ހަތަރު މެޗެއް ހޯސްޓްކުރާނެ އެވެ. ޖަރުމަނުގެ މަޝްހޫރު ކުންފުނި މެކްސް ބޯހްލް އިން 360 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއްގައި ހެދި މި ސްޓޭޑިއަމަށް 55،600 މީހުންނަށް ވަދެވޭނެ އެވެ. މި ދަނޑަކީ ރުމޭނިއާ ގައުމީ ޓީމުގެ މެޗުތަކާއި ބައިނަލްއަގުވާމީ ގިނަ އެހެން ގައުމުތަކުގެ މެޗުތައް ވެސް ހޯސްޓްކޮށްފައިވާ ދަނޑެކެވެ.














