އޮސްޓްރިއާ

Jun 11, 2021, 5:50 PM
އޮސްޓްރިއާ

މިއީ ކޮލިފައިން ބުރެއް ފަަހަނައަޅައި އޮސްްޓްރިއާ އިން ޔޫރޯގައި ކުޅޭނެ ދެ ވަނަ ފަހަރެވެ. އެ ޓީމުން އަލަށް ޔޫރޯ ކުޅުނީ 2008 ވަނަ އަަހަރު އެވެ. އެ ފަހަރު މުބާރާތް ހޯސްޓްކުރި ދެ ގައުމުގެ ތެރެއިން އެއް ގައުމަކީ އޮސްޓްރިއާ އެވެ.. އޮސްޓްރިއާގެ އިތުރުން ދެން އެ ފަހަރު މުބާރާތް ބޭއްވީ ސްވިޒަލެންޑްގަ އެވެ. އެ ޓީމުން ކޮލިފައިން ބުރަކުން ހޮވިގެން ފުރަތަމަ ފަަަހަރަށް ޔޫރޯގައި ކުޅުނީ 2016 ވަަނަ އަހަރު އެވެ. އެ ފަަހަރުގެ މުބާރާތުން ވެސް ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އޮސްޓްރިއާ އެންމެ ފަހުން ބޮޑު މުބާރާތެއްގެ މެޗަކުން މޮޅުވީ މީގެ 30 އަހަރު ކުރިންނެވެ. އެއީ 1990 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެމެރިކާ އަތުންނެވެ

އޮސްޓްރިއާ އިން މި ފަހަރުގެ ޔޫރޯ އަށް ކޮލިފައިވީ ގްރޫޕްގެ ދެ ވަަނަ ޓީމުގެ ގޮތުގައި ޕޮލެންޑް ފަހަތުން ނިންމައިގެންނެވެ. ކޮލިފައިންގައި އޮސްޓްރިއާ ކުޅުނު 10 މެޗުގެ ތެރެއިން އެ ޓީމު ވަނީ ހަ މެޗުން މޮޅުވެފަ އެވެ. ތިން މެޗުން ބަލިވިއިރު، އެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.. ކޮލިފައިންގައި އެ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިިދިނީ ޖުމްލަ ހަ ގޯލު ކާމިޔާބުކުރި ފޯވާޑް މާކޯ އާނައުޓޮވިޗް އެވެ.

އޮސްޓްރިއާ ޓީމުގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު، އެ ޓީމުގެ ކެޕްޓަން ޑޭވިޑް އަލަބާ އަކީ ހާއްސަ ކުުޅުންތެރިއެކެވެ. ގިނަ އަހަރުތަކެއް ވަންދެން ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅުނު އަލަބާ އަކީ ޑިފެންސްގެ އެކި މަގާމުތަކުގެ އިތުރުން މެދުތެރެއަށް ވެސް ކުޅޭ ކުޅުންތެރިއެކެވެ. ދާދި ފަހުން އަލަބާ ވަނީ ބަޔާން ދޫކޮށްފައި ރެއާލް މެޑްރިޑަށް ސޮއިކޮށްފަ އެވެ. ދެން އެ ޓީމުން ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ އާނައުޓޮވިޗްގެ އިތުރުން. މެދުތެރެއަށް ކުޅޭ ކޮންރެޑް ލެއިމާ އެވެ.

އޮސްޓްރިއާގެ ކޯޗު ފްރާންކޯ ފޯޑާ.

ކޯޗު: ފްރާންކޯ ފޯޑާ

ވެސްޓް ޖާމަނީ އަށް ކުރިން ކުޅުނު ފޯޑާ ކޯޗިން ކެރިއަރުަގައި ވަނީ އޮސްޓްރިއާ ލީގުގައި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭނާ އޮސްޓްރިއާ ޓީމާ ހަވާލުވީ 2018 ވަަނަ އަހަރުގެ ކުރީކޮޅުގަ އެވެ. އެ ޓީމާ އެކު މިވީ ތިން އަހަރެއްހާ ދުވަސް ތެރޭގައި އޭނާ ވަނީ ޓީމުގެ ކުޅުމުގެ ވައްޓަފާޅި އަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެ ޓީމުން ޔޫރޯ އަށް ތައްޔާރުވާން ވެގެން އިންގްލެންަޑާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ.

ސްކޮޑު:

ކީޕަރުން: ޑެނިއަލް ބަޝްމަން (ވަޓްފޯޑް)، ޕަވާއޯ ޕެރްވަން (ވުލްފްސްބާގް)، އަލެކްސަންޑަ ޝަލަގާ (ލާސްކް)

ޑިފެންޑަރުން: ޑޭވިޑް އަލަބާ (ރެއާލް މެޑްރިޑް)، އަލެކްސަންޑާ ޑްރަގޯވިޗް (ލެވަކޫސަން)، މާކޯ ފްރެއިޑްލް (ވާޑާ ބްރެމެން)، މާޓިން ހިންޓެރެގާ (ފްރޭންކްފާޓް)، ސްޓެފަން ލައިނާ (މުންޗެންގްލަޑްބެކް)، ފިލިޕް ލެއިންހާޓް (ފްރެއިބާގް)، ސްޓެފަން ޕޮޝް (ހޮފެންހައިމް)، ކްރިސްޓޮފާ ޓްރިމެލް (ޔޫނިއަން ބާލިން)، އަންޑްރެއަސް އުލްމާ (ސަލްޒްބާގް)

މިޑްފީލްޑަރުން: ޖޫލިއަން ބޯމްގާޓްލިންގާ (ލެވަކޫސަން)، ކްރިސްޓޮފް ބޯމްގާޓްނާ (ހޮފެންހައިމް)، ފްލޯރިއަން ގްރިލިޓްޝް (ހޮފެންހައިމް)، ސްޓެފަން އިލްސޭންކާ (ފްރޭންކްފާޓް)، ކޮންރަންޑް ލެއިމާ (ލެއިޕްޒިގް)، ވެެލެންޓީން ލަޒާރޯ (އިންޓަ މިލާން)، މާސެލް ސަބިޓްޒާ (ލައިޕްޒިގު)، ލުއިސް ޝޯބް (ލުޒާން)، ޒާވާ ޝްލަގާ (ވުލްފްސްބާގް)، އަލެސަންޑްރޯ ޝޯޕްފް (ޝާލްކާ)

ފޯވާޑުން: މާކޯ އާނައުޓޮވިޗް (ޝަންހާއީ ޕޯޓް)، މިޝެލް ގްރެގޯރިޓްޝް (އޮއުސްބާގް)، ސާސާ ކަލަޑްޒިޗް (ސްޓުޓްގާޓް)، ކަރީމް އޮނީސިވޯ (މައިންޒް)

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox