ޖާގަ: 70,634
ހުޅުވުނު ތާރީހު: 1932 (މިހާރު ހުރި މަރާމާތަށް ފަހު 1990 ވަނަ އަހަރު)
ސިޓީ: ރޯމް، އިޓަލީ
ލާޒިއޯ އާއި ރޯމާގެ ރަސްމީ ސްޓޭޑިއަމް ކަމަށްވާ ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމް އަކީ ތާރީހީ ދަނޑަކެވެ. މި ދަނޑު އެންމެ ފުރަތަަމަ ބޭނުންކުރީ 1937 ވަނަ އަހަރުން ފެށިގެން 1953 ވަނަ އަހަރާ ހަމައަށް ސްޓޭޑިއޯ ޑީ ސިޕްރެސީގެ ނަމުންނެވެ. އޭގެ ފަހުން ސްޓޭޑިއޯ ޑީ ސެންޓޮމީލިއާގެ ނަމުން ވެސް އެ ދަނޑަށް ނަން ކިޔުނެވެ. މި ދަނޑަށް ސްޓޭޑިއޯ އޮލިމްޕިކޯ ކީ 1960 ވަނަ އަހަރުގެ އޮލިމްޕިކްސް ފެންވަރަށް އެ ދަނޑު ތަރައްގީ ކުރުމަށް ފަހު އެވެ. އެ ފަހަރު ދަނޑު ތަރައްގީ ކުރިއިރު، ފުރަަތަމަ ފަހަރަށް ވަނީ ސީޓް ޖަހައިފަ އެވެ. އޭގެ ފަހުން 1990 ވަަނަ އަހަރު އިންޓަލީން ފީފާ ވޯލްޑް ކަޕް ހޯސްޓްކުރިއިރު، ދަނޑުގެ އިތުރު މަރާމާތުތަކެއް ކުރިއަށްގެންދިޔަ އެވެ. މީގެ ކުރިން މި ދަނޑުގައި މެޗުތައް ބަލަން 100،000 މީހުން ވަދެފައިވީ ނަމަވެސް ފަހުން ގެނައި ބަދަލުތަކާ އެކު މިހާރު އެ ދަނޑުގެ ޖާގައަކީ 70،634 މީހުންނެވެ.













