އަނިޔާވެރިކޮށް މުޒާހަރާ ރޫޅާލި ފުލުހުންނަށް ފިޔަވަޅު ލަސްވާތީ ކަންބޮޑުވުން

މި އަހަރުގެ މޭޑޭ ގައި ބޭއްވި މުޒާހަރާ ފުލުހުން ރޫޅާލަނީ: އެ ރޭ އެކަށީގެންނުވާ ބާރުގެ ބޭނުކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވޭ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މި އަހަރުގެ މޭޑޭ ގައި ބޭއްވި މުޒާހަރާ ފުލުހުން ރޫޅާލަނީ: އެ ރޭ އެކަށީގެންނުވާ ބާރުގެ ބޭނުކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވޭ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މަސައްކަތު މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ނުބަލާތީ އަޑުއުފުލަން ރަސްފަންނު ސަރަހައްދަށް އެއްވި މަދު ބަޔަކާ ދެކޮޅަށް ފުލުހުން ހާލަތާ ނުބައްދަލު ބާރާ އެކު އަނިޔާވެރިކޮށް މުޒާހަރާ ރޫޅާލި މައްސަލައިގައި އަދިވެސް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ ކަންބޮޑުވުންފާޅުކޮށްފި އެވެ.

ކޮވިޑާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ގިނަ ބަޔަކު އެއްވެ މުޒާހަރާކުރުން އޭރު އޮތީ މަނާކޮށްފަ އެވެ.

މިދިޔަ މެއި މަހުގެ އެއް ވަނަ ދުވަހު މުޒާހަރާކުރާ ސަރަހައްދަށް އެއްވެ އެކަން ހުއްޓުވަން ފުލުހުން އުޅުމުން މުޒާހަރާގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ނުދިޔައީ އެވެ.

އެހެންވެ ފުލުހުން ބާރުގެ ބޭނުންކުރީ އެވެ. މުޒާހަރާ ހުއްޓުވުމުގެ ތެރޭގައި ބައެއް މީހުންގެ ލޮލަށް އަމާޒުކޮށް ފުލުހަކު ޕެޕާ ސްޕްރޭ ޖެހި ވީޑިއޯއެއް ސޯޝަލްމީޑިއާގައި ވަނީ އާއްމުވެފަ އެވެ. މީގެއިތުރުން މުޒާހަރާގެ ތެރެއިން އަންހެނަކު ހައްޔަރުކުރުމުގެ ތެރޭގައި އޭނާއަށް ވަރަށް ބޮޑަށް އަނިޔާވާ ގޮތަށް އަމަލުކުރި މައްސަލައިގައި ވެސް ފުލުހުންނަށް ވަނީ ނުރުހުން އަމާޒުވެފަ އެވެ.

ފުލުހުންނާމެދު ޝަކުވާ ބޮޑުވެފައިވަނިކޮށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވަނީ މުޒާހަރާ ރޫޅާލުމުގައި އަމަލުކޮށްފައިވާ ގޮތް ހޯމް މިނިސްޓަރުގެ އަރިހުން ސާފުކުރުމަށް ހުށަހަޅުއްވައިފަ އެވެ.

މި އަހަރުގެ ފުރަތަމަ ދައުރު ނިންމައި، މިވަގުތު މަޖިލިސް ޗުއްޓީގައި އޮތުމުން، މަޖިލީހުގެ އިދާރާ މެދުވެރިކޮށް މީކާއީލް އެދިވަޑައިގަންނަވާފައިވަނީ އިމްރާންގެ އަރިހުން ފަސް ސުވާލެއްގެ ޖަވާބު ލިޔުމުން ހޯއްދެވުމަށެވެ.

މިގޮތުން، ރޭގެ މުޒާހަރާ ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބޭނުންކޮށްގެން އެއްވެސް ފުލުހަކާ މެދު ފިޔަވަޅެއް އަޅާފައިވޭތޯ އާއި، މުޒާހަރާ ކޮންޓްރޯލް ކުރަން ދިޔަ ފުލުހުންގެ ޔުނިފޯމުގައި ސާވިސް ނަންބަރު ފެންނަ ގޮތަށް ހަރުކޮށްފައިވޭތޯ އާއި އެ ފުލުހުންނަކީ އެކަށީގެންވާ ތަމްރީނު ލިބިފައިވާ ފުލުހުންތޯ ބަލަން ވެސް މީކާއީލް ވަނީ ހުށަހަޅުއްވައިފަ އެވެ.

ގަލޮޅ
ގަލޮޅ

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހުގެ ޖަލްސާއެއްގައި. -ފޮޓޯ: މަޖިލިސް

އެ ސުވާލަށް ހޯމް މިނިސްޓަރު ލިޔުމުން މިއަދު ދެއްވި ޖަވާބުގައި މުޒާހަރާގެ ކޮންޓްރޯލް ކުރުމުގައި ފުލުހުންގެ ދައުރު އަދާ ކުރި ގޮތުގެ މައްސަލައާ ގުޅޭ ތަހުގީގު ނިންމައިފައިވާ ކަމަށެވެ.

އަދި މިހާރު އޮތީ ޑިސިޕްލަނަރީ ބޯޑުން އެ މައްސަލައާމެދު ގޮތެއް ނިންމުމުގެ މަރުހަލާގައި ކަމަށެވެ.

އެ ޖަވާބާ ގުޅޭގޮތުން މީކާއީލް މިއަދު "އަދަދު"އަށް ވިދާޅުވީ، އެ ހާދިސާ ހިނގި ފަހުން މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އަދި މިހާތަނަށް ފިޔަވަޅު ނޭޅި އޮތުމަކީ ގަބޫލުކުރަން ދަތި ކަމެއް ކަމަށެވެ.

"އެވަރުގެ ކަމެއް ތަހުގީގުކޮށް ފިޔަވަޅު އަޅަން އެކަށީގެންވާ ވަގުތު ހޭދަވެއްޖެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. ފުލުހުންނާމެދު ފިޔަވަޅު އެޅުން ލަސްވުމަކީ އެ މުއައްސަސާއާ މެދު ޕަބްލިކް ކޮންފިޑެންސް [ރައްޔިތުންގެ އިތުބާރު] ގެއްލިގެންދާނެ ކަމެއް،" މީކާއީލް ވިދާޅުވި އެވެ.

އެއްވުން ރޫޅާލި ފުލުހުން ތިބީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ މިންގަނޑަށް ސާވިސް ނަންބަރު ފެންނަ ގޮތަށް ކަން ވެސް އިމްރާން ދެއްވި ޖަވާބުގައި ވިދާޅުވެފައިވެ އެވެ.

ނަމަވެސް، މުޒާހަރާ ރޫޅާލުމުގައި އެ ރޭ ހަރަކާތްތެރިވި 10 ފުލުހުންގެ ތެރެއިން ދެ ފުލުހަކު ޕަބްލިކް އޯޑާ ޓްރެއިނިން ފުރިހަމަކޮށްފައިނުވާކަމަށް އިމްރާންގެ ޖަވާބުގައި ވިދާޅުވެފައިވާއިރު، އެކަމާ ވެސް މީކާއީލް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އެގޮތުން، މީކާއީލް ވިދާޅުވީ ޕަބްލިކް އޯޑާ ޓްރެއިނިން ފުރިހަމަކޮށްފައިނުވާ ފުލުހުން މުޒާހަރާތައް ކޮންޓްރޯލް ކުރަން ހަރަކާތްތެރިވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

އެ މުޒާހަރާގެ ބައިވެރިންގެ އިތުރުން، މުޒާހަރާ ކަވަރުކުރުމުގައި އުޅުނު ނޫސްވެރިންނަށް ހުރަސްއަޅައި ބައެއް ނޫސްވެރިންނާ ދިމާލަށް ފުލުން ހަޑިހުތުރު ބަހުން މުއާމަލާތު ކުރި މައްސަލަ ނޫސްވެރިންގެ ޖަމިއްޔާ އާއި މީޑިއާ ކައުންސިލުން ވަނީ ކުށްވެރިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox