ޒަމީލްގެ މައްސަލަ ބޭރުކުރަން ހުށަހެޅީ ޒިންމާވާން ޖެހޭނީ މާރިޔާ ކަމަށް ވާތީ: ނާޒިމް

ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް: ޒަމީލްގެ ސްލޫކީ މައްސަލަ ނުބަލަން ހުށަހެޅުއްވީ ނާޒިމް--

ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް: ޒަމީލްގެ ސްލޫކީ މައްސަލަ ނުބަލަން ހުށަހެޅުއްވީ ނާޒިމް--

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުގެ ތުހުމަތުގައި ދައުވާކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބޭރުކޮށްލަން ހުށަހެޅީ ސިޓީގެ ޒިންމާ ނަގަން ޖެހޭނީ މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކަމަށްވާތީ ކަމަށް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ އިމްތިޔާޒަށް ޒަމީލް އަރައިގަތް ކަމަށް ތުހުމަތުކޮށް، ދައުވާކޮށް ދިނުމަށް އެދި ޕީޖީއަށް މައްސަލަ ފޮނުވީ، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވާން އަންގާފައިވާ ސިފައިންގެ ފަރާތުން ކޮމިޓީގައި ޖަވާބުދާރީ ވާނީ ވަކިވަކި ސިފައިންގެ ބަދަލުގައި މުއައްސަސާގެ ފަރާތުންކަން ބަޔާންކޮށް ފޮނުވި ސިޓީގައި ސޮއިކުރައްވާފައިވަނީ ޒަމީލް ކަމަށް ވާތީ އެވެ. އެއަށް ފަހު މައްސަލަ ސްކޫލީ ކޮމެޓީއަށް ހުށަހެޅުއްވީ އެވެ.

ސްލޫކީ ކޮމެޓީން ޒަމީލްގެ މައްސަލަ ނުބަލަން ނާޒިމް ހުށަހެޅުއްވިއިރު، އެ ހުށަހެޅުން މިރޭ ފާސް ކުރީ އެމްޑީޕީގެ ހަތަރު މެމްބަރުންގެ ވޯޓާއެކު އެވެ.

އެއީ، ގަމުދާއިރާގެ މެމްބަރު މުހައްމަދު ވިޝާމާއި ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދާއި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަތު އަބްދުﷲ ސަނީފެވެ.

ދެން ވޯޓް ދެއްވީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

މައްސަލަ ބޭރުކުރަން ހުށަހެޅުއްވި ސަބަބާ ގުޅޭ ގޮތުން، ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ނާޒިމް "އަދަދު"އަށް މިރޭ ވިދާޅުވި ގޮތުގައި، އެފަދަ ލިޔުންތަކުގައި ސޮއި ކުރަން މިނިސްޓަރަށް އެހެން މީހަކާ ހަވާލު ކުރެވިދާނެ ކަމާއި ނަމަވެސް، ސޮއި ކުރާ މީހާގެ ބަދަލުގައި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ މިނިސްޓަރު ކަމަށެވެ.

"[ސޮއި ކުރުމުން] އެ މީހަކު އެތަނަށް ގެންގޮސް އެމީހެއްގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްއަށް ފޮނުވައިގެން އަޅުގަނޑުމެން މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުތަކަށް އަރައިގަތީ ކަމަށް ބަލައިގެން އެކަން ކުރެވޭނެ ކަމަށް އަޅުގަނޑަށް ގަބޫލު ނުކުރެވޭތީ ހުށަހެޅީ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ސިފައިންގެ ގާނޫނު ބުނާ ގޮތުން ވަކިވަކި ސިފައިން ތަންތަނަށް ހާޒިރުކޮށް ޖަވާބުދާރީ ނުކުރެވޭނެ ކަމަށެވެ. ޖަވާބުދާރީ ކުރުވަން ޖެހޭނީ އެ މުއައްސަސާގެ ވެރިން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެގޮތަށް ލިޔުއްވާފައި ފޮނުއްވި ސިޓީއެއްގައި ސޮއިކުރެއްވި ބޭފުޅެއްގެ މައްސަލަ ސުލޫކީ ކޮމެޓީން ބަލައި ހަދައި ފިޔަވަޅު އެޅުމަކީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރޭ،" ނާޒިމް ވިދާޅުވި އެވެ.

ޒަމީލުގެ މައްސަލަ ކޮމެޓީން ބޭރުކޮށްލުމުގައި އިސްކޮށް ހުންނެވީ ރައީސް ސޯލިހުގެ ޅިޔަނު، އަދި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވިދާޅުވެ އެވެ. ބިގޭ އެކަން ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެންގެވުމުގެ މަތިން ކަމަށް ވެސް ތުހުމަތު ކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރުމަށް ލޮބީ ކުރައްވަނީ ރައީސް ސޯލިހް ކަމަށް މިރޭ ތުހުމަތު ކުރައްވައިފަ އެވެ. އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވަނީ ޒަމީލުގެ މައްސަލަ ބޭރުކޮށްލުމުން ބިގޭއަށާއި ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.

ވަކިވަކި ސިފައިންނަށް މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީނުވެވޭނެ ކަމަށް ބުނެ ޒަމީލު ސޮއި ކުރައްވައި މަޖިލީހަށް ސިޓީއެއް ފޮނުވަން ޖެހުނު ސަބަބު މިރޭ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ހާމަ ކުރައްވާފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވަކިވަކި ސިފައިންގެ ނަން ޖަހައި، އެމީހުން ކޮމިޓީއަށް ހާޒިރުކުރަން ސިޓީ ފޮނުވުމަކީ އެ ސިފައިން ކަންބޮޑުވާ ކަމެއް ކަމަށެވެ. މާރިޔާ ވިދާޅުވި ގޮތުގައި ސިފައިންގެ އެ ކަންބޮޑުވުން އޮތީ ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާ އޮތް ގޮތުން ކަމަށެވެ.

އެ މާއްދާގައި ބުނެފައިވާ ގޮތުގައި، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް އެ މާއްދާގައި ބަޔާންކުރާ ފަރާތްތަކަށް މެނުވީ ދީގެން ނުވާނެ ކަަމަށް ވެސް ބުނެފައިވެ އެވެ. އެގޮތުން، މައުލޫމާތު ދެވޭނީ ސިފައިންގެ ވެރިންނަށާއި ކޯޓަށާއި ގާނޫނުތައް ހިންގާ ތަންފީޒުކުރާ އިދާރާތަކުގެ އެންމެ އިސްވެރިންނަށް ކަމަށް ބުނެފައިވެ އެވެ.

"އެ ކުދިންނަށް އެހެން އަމިއްލަ ފަރުދެއްގެ ގޮތުން ސިއްރު ޖަހާފައި އަންނަ ސިޓީއަކަށް ރައްޔިތުން މަޖިލީހަށް ހާޒިރުވެ އެ ކުދިން ފަރުދީ ގޮތުން ޖަވާބުދާރީވުން އެއީ އެމީހުންނަށް ފެންނަ ގޮތުން ގާނޫނީ ކުށަކަށް ވެދާނެތީ،" މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި ހާޒިރުވާން އެންގި ސިފައިން އެކަމުގައި ލަފާއެއް ބޭނުންވުމުން ލީޑަޝިޕްގެ ބޭފުޅުން އެ މައްސަލަ ލަފާދޭ ކޮމިޓީއަށް ގެންދެވި ކަމަށެވެ. ޖެނަރަލުންނާއި ކާނަލުން ތިއްބަވާ އެ ކޮމިޓީން ނިންމާފައިވަނީ މާރިޔާ ވިދާޅުވި ގޮތުގައި، ޖަވާބުދާރީވާން ޖެހޭނީ މުއައްސަސާ ކަމަށެވެ.

"އަޅުގަނޑުމެން ތަކުރާރުކޮށް ދެންނެވިން މަޖިލީހަށް މުއައްސަސާއިން ފުރިހަމައަށް ޖަވާބުދާރީވާނެ ކަމަށް، މިއީ އަޅުގަނޑުމެން ދެކޭ ގޮތުގައި ވަރަށް ރަނގަޅު ކަމެއް އިންކުއަރީއެއް ހިންގުމަކީ،" މާރިޔާ ވިދާޅުވި އެވެ.

އިއްޔެ ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު އިންކުއަރީއަށް ހާޒިރުވެވަޑައިގެންފަ އެވެ. ނަމަވެސް، ކޮމިޓީން އަދިވެސް މަސައްކަތް ކުރަމުން ދަނީ ވަކިވަކި ސިފައިން ހާޒިރުކުރުމަށެވެ. އެގޮތުން މިހާރު ވެސް 40 ސިފައިންގެ މީހަކަށް ވަނީ ހާޒިރުވާން އަންގައި ސިޓީ ފޮނުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox