ކައުންޓަ ޓެރަރިޒަމްގެ ވެރިޔާ އިންކުއަރީއަށް ހާޒިރުކޮށްފި

ކައުންޓާ ޓެރަރިޒަމްގެ، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލް މަޖިލީހުގެ ކޮމެޓީގައި: ކޮމެޓީގެ ސުވާލުތަކަށް އޭނާ ޖަވާބު ދެއްވި-- ފޮޓޯ: މަޖިލިސް

ކައުންޓާ ޓެރަރިޒަމްގެ، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލް މަޖިލީހުގެ ކޮމެޓީގައި: ކޮމެޓީގެ ސުވާލުތަކަށް އޭނާ ޖަވާބު ދެއްވި-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މާލޭގައި ބޮން ގޮއްވާލި މައްސަލައިގެ މައުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ފަށާފައިވާ ޕާލިމަންޓަރީ އިންކުއަރީއަށް ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލް މިއަދު ހާޒިރުކޮށްފި އެވެ.

ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަރީއަށް ފަރީދު ހާޒިރުކޮށް މެމްބަރުން ސުވާލުތައް ކުރެއްވި ނަމަވެސް އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފުސީލެއް މަޖިލީހަކުން ނުދެ އެވެ.

ކޮމިޓީއަށް ފުލުހުން ހާޒިރު ކުރަނީ ސަލާމަތީ ހިދުމަތްތަކުގެ އިންޓެލިޖެންސް ނިޒާމުގެ ކަންކަން އޮޅުންފިލުވުމަށެވެ.

އެނގިފައިވާ ގޮތުގައި މަޖިލީހުގެ އިންކުއަރީ ކޮމެޓީއަށް އެންމެ ފުރަތަމަ ހާޒިރުކުރަން ނިންމާފައި ވަނީ ވަކިވަކި ފުލުހުންނާއި ސިފައިންނެވެ. ޕޮލިސް ކޮމިޝަނަރާ މުހައްމަދު ހަމީދުއާ އެކު ފުލުހުންގެ ތެރޭގައި އިސްކޮށް ތިއްބެވި ފަސް ބޭފުޅަކާ ސުވާލުކުރަން ކޮމެޓީން ބޭނުންވާ ކަމަށްވެ އެވެ. މިއަދު ހެނދުނު ވަނީ ހަމީދު ކޮމެޓީއަށް ހާޒިރުކޮށްފަ އެވެ.

ޑިރެކްޓާ ކައުންޓާ ޓެރަރިޒަމް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާޢީލްއާ ސުވާލުކުރުން: ކޮމެޓީ ކުރިއަށް ގެންދަނީ ސިއްރު ކޮށްގެން-- ފޮޓޯ:މަޖިލިސް
ޑިރެކްޓާ ކައުންޓާ ޓެރަރިޒަމް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާޢީލްއާ ސުވާލުކުރުން: ކޮމެޓީ ކުރިއަށް ގެންދަނީ ސިއްރު ކޮށްގެން-- ފޮޓޯ:މަޖިލިސް

ޑިރެކްޓާ ކައުންޓާ ޓެރަރިޒަމް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާޢީލްއާ ސުވާލުކުރުން: ކޮމެޓީ ކުރިއަށް ގެންދަނީ ސިއްރު ކޮށްގެން-- ފޮޓޯ:މަޖިލިސް

ފުލުހުން މަޖިލީހަށް ހާޒިރުކޮށްފައި މިވަނީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރެވޭނެ ކަމަށް ސިފައިން ބުނުމުން އެކަން ހޫނުވެފައި އޮއްވަ އެވެ.

ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރެވޭނެ ކަމަށް ސިފައިން ބުނަނީ ކޮމިޓީއަށް ހާޒިރުކުރަން ބޭނުންވާ މީހުންގެ ލިސްޓުގައި 40 ވަރަކަށް ސިފައިން ހިމަނާފައި އޮއްވަ އެވެ.

ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރެވޭނޭ ކަމަށް ބުނެ ސިފައިން ނެރުނު ބަޔާނުގައި ހަވާލާދީފައި އޮތް އެއް މާއްދާއަކީ ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާ އެވެ. އެ މާއްދާގައި ބުނެފައި އޮންނަނީ ސިފައިންގެ މީހެއްގެ ހައިސިއްޔަތުން ލިބޭ މައުލޫމާތުތައް އެ މާއްދާގައި ބުނެފައިވާ ފަރާތްތަކަށް މެނުވީ ހާމަކޮށްގެން ނުވާނެ ކަމަށެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހެއް ނުހިމެނެ އެވެ.

އެހެންކަމުން ސިފައިންގެ ވަކިވަކި މީހުން މަޖިލީހަށް ހާޒިރުކުރި ނަމަވެސް ވަޒީފާގެ ހައިސިއްޔަތުން ލިބިފައިވާ މައުލޫމާތު ހާމަކުރުން އެ ގާނޫނު ހުއްދައެއް ނުކުރާ ކަމަށް އެމްއެންޑީއެފުން ދެކެ އެވެ.

ނަމަވެސް، އެކަމުގައި މަޖިލީހުގެ ހިޔާލު ތަފާތެވެ. މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރުކޮށް ސުވާލުކުރެވިދާނެ ކަމަށް މަޖިލީހުން ދެކެނީ ގާނޫނު އަސާސީއަށާއި މަޖިލީހުގެ ގަވާއިދާއި ކުރީގެ ސުޕްރީމް ކޯޓުން މަޖިލީހަށް ދީފައިވާ އިސްތިރާޝީ ލަފައަކަށް ބިނާކޮށެވެ.

ސުޕްރީމް ކޯޓުން 2011، މާޗް 10 ވަނަ ދުވަހު ނެރެފައިވާ އެ އިސްތިޝާރީ ލަފާގައި ބުނެފައި އޮންނަނީ، ސިފައިންނާއި ފުލުހުންނާއި ސަރުކާރުގެ ނުވަތަ ދައުލަތުގެ މަގާމެއްގައި ހުރި މީހަކު ވިޔަސް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށް ގާނޫނު އަސާސީ ގައި ބުނެފައި އޮންނަ ކަމަށެވެ.

ވަކިވަކި ސިފައިން މަޖިލީހަށް ޖަވާބުދާރީވާން ނުޖެހޭނެ ކަމަށް އެމްއެންޑީފުން ބުނާއިރު، މަޖިލީހުގެ ރޫހު ހުރީ ދޫ ދޭ ގޮތަކަށް ނޫނެވެ.

ދިރިއުޅުއްވާ ގެކޮޅު ކައިރިން، ކާރަށް އަރައިވަޑައިގަންނަވަނިކޮށް ބާރުގަދަ އައިއީޑީއެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވެވަޑައިގަތެވެ. ނަޝީދުގެ ފުރާނަ ސަލާމަތްކުރަން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ގިނަ ސާޖަރީތައް ކުރުމަށް ފަހު އެމަނިކުފާނު މިހާރު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނުގަ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެ ހަތަރު މީހުންނަކީ ވެސް ހަރުކަށި ފިކުރާ ގުޅުން އޮތް މީހުން ކަމަށް ބެލެވޭކަމަށް ފުލުހުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox