ޕޮލިސް ކޮމިޝަނަރާއެކު ވަކިވަކި ފުލުހުން މަޖިލިސް ކޮމިޓީއަށް ހާޒިރުވާނެ!

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: މަޖިލީހުން ކުރިއަށް ގެންދާ އިންކުޔަރީއަށް މައުލޫމާތު ދެއްވަން ސީޕީ ވެސް ވަޑައިގަންނަވާނެ -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: މަޖިލީހުން ކުރިއަށް ގެންދާ އިންކުޔަރީއަށް މައުލޫމާތު ދެއްވަން ސީޕީ ވެސް ވަޑައިގަންނަވާނެ -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ފަށާފައިވާ ޕާލިމަންޓަރީ އެންކުޔަރީއަށް މައުލޫމާތު ދޭން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އިތުރުން ވަކިވަކި ފުލުހުން ވެސް ހާޒިރުވާނެކަމަށް އެ މުއައްސަސާއިން މިއަދު ބުނެފި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕާލިމަންޓްރީ އިންކުޔަރީއެއް ހަދަން މަޖިލީހުގެ މެމްބަރުން އިގުރާރުވެ، ސަލާމަތާއި ހިދުމަތްތަކާބެހޭ (241) ކޮމިޓީއަށް ބާރުދީގެން ކުރިއަށް ގެންދާ އިންކުޔަރީއަށް މައުލޫމާތު އެއްކޮށްފައިވާއިރު، އެކަމުގައި ކުރީގެ އަދި މިހާރުގެ މާހިރުންގެ ލަފާއާއި އިރުޝާދު ވެސް ވަނީ ހޯދައިފަ އެވެ.

އަދި އެކަމާ ގުޅުންހުރި ފަރާތްތަކާ ސުވާލުކުރާނީ އެ މައުލޫމާތުތައް ދިރާސާކުރުމަށްފަހު ކަމަށް އެ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

"އަދަދު"އަށް އެނގިފައިވާ ގޮތުގައި މައުލޫމާތު އެއްކުރުމުގެ މަރުހަލާ ނިންމައި، ކޮމިޓީން ވަނީ ހާޒިރުކުރަންޖެހޭ ފަރާތްތައް ފާހަގަކޮށް، އެ ފަރާތްތަކަށް އަންގަން ތައްޔާރުވެފައިވާއިރު، އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ސިފައިންނާއި ފުލުހުންނެވެ.

ނަޝީދަށް ސެކިޔުރިޓީ ދިނުމުގައި ފުލުހުންގެ ދައުރެއްނެތް ނަމަވެސް، އެ މުއައްސަސާ ކޮމިޓީއަށް ހާޒިރުކުރަނީ ސަލާމަތީ ހިދުމަތްތަކުގެ އިންޓެލިޖެންސް ނިޒާމުގެ ކަންކަން އޮޅުންފިލުވުމަށްކަން އެނގިފައިވެ އެވެ.

އެކަމާ ގުޅޭގޮތުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، ޔޫނުސް ސޮބާހް މިއަދު "އަދަދު"އަށް ވިދާޅުވީ ފުލުހުންގެ ފަރާތުން މައުލޫމާތު ހޯދަން ބޭނުންވާ ވަކިވަކި ފުލުހުން ފާހަގަކޮށް، ކޮމިޓީއަށް ހާޒިރުވާން ނޯޓިސް ފޮނުވާފައިވާ ކަމަށެވެ.

"ޕޮލިސް ކޮމިޝަނަރާއި، ނޯޓިސް ފޮނުވާފައިވާ ވަކިވަކި ފުލުހުން ވެސް ކޮމިޓީއަށް ހާޒިރުވެ މައުލޫމާތު ދެއްވާނެ. މަޖިލީހުގެ އިންކުޔަރީއަށް ފުލުހުން ފުރިހަމައަށް އެއްބާރުލުންދޭނެ،" ޔޫނުސް ވިދާޅުވި އެވެ.

ކޮމިޓީއަށް ހާޒިރުވާން ނޯޓިސް ފޮނުވާފައިވަނީ ކިހާ އަދަދެއްގެ ފުލުހުންނަށް ކަމެއް ޔޫނުސް ވިދާޅުނުވި ނަމަވެސް، "އަދަދު"އަށް އެނގިފައިވާ ގޮތުގައި ކޮމިޓީން ޕޮލިސް ކޮމިޝަނަރާއެކު ފުލުހުންގެ ތެރޭގައި އިސްކޮށް ތިއްބެވި ފަސް ބޭފުޅަކާ ސުވާލުކުރަން ބޭނުންވެ އެވެ.

ޔޫނުސް އިތުރަށް ވިދާޅުވީ ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގު ބާރަށް ކުރިއަށްދާ ކަމަށާއި، ތަހުގީގަށް ހޯދޭ ކުރިއެރުންތަކުގެ މައުލޫމާތު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހިމެނިވަޑައިގަންނަވާގޮތަށް 241 ކޮމިޓީއާ ވެސް ކޮންމެ ތިން ދުވަހަކުން އެއް ދުވަހު ހިއްސާ ކުރެވެމުންދާ ކަމަށެވެ.

ފުލުހުންގެ ފަރާތުން މިހެން ބުނެފައިމިވަނީ، ޕާލިމަންޓަރީ އިންކުޔަރީއަށް ވަކިވަކި ސިފައިން ހާޒިރުކޮށް، ސުވާލުނުކުރެވޭނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވަނިކޮށެވެ.

އެ ދިގު ބަޔާނުގައި ބުނީ އެންކުޔަރީއަށް ސިފައިން އެއްބާރުލުން ދޭނެ ކަމަށެވެ. އެކަމަކު ޖަވާބުދާރީވާނީ ސިފައިންގެ މުއައްސަސާ އެވެ. ގާނޫނުއަސާސީގެ އިތުރުން ސިފައިންގެ ގާނޫނާ ހަވާލާދީ އެމްއެންޑީއެފުން ބުނަނީ ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރުކޮށް ސުވާލެއް ނުކުރެވޭނެ ކަމަށެވެ.

އެމްއެންޑީއެފުން އެހެން ބުނެފައިވަނީ، ކޮމިޓީއަށް ހާޒިރުކުރަން ބޭނުންވާ މީހުންގެ ލިސްޓުގައި 40 އެއްހާ ސިފައިން ހިމަނާފައިވަނިކޮށް ކަމަށް "އަދަދު"އަށް ވަނީ އެނގިފަ އެވެ.

ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރެވޭނޭ ކަމަށް ބުނެ އެ ބަޔާނުގައި ހަވާލާދީފައި އޮތް އެއް މާއްދާއަކީ ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާ އެވެ. އެ މާއްދާގައި ބުނެފައި އޮންނަނީ ސިފައިންގެ މީހެއްގެ ހައިސިއްޔަތުން ލިބޭ މައުލޫމާތުތައް އެ މާއްދާގައި ބުނެފައިވާ ފަރާތްތަކަށް މެނުވީ ހާމަކޮށްގެން ނުވާނެ ކަމަށެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހެއް ނުހިމެނެ އެވެ.

އެހެންކަމުން ސިފައިންގެ ވަކިވަކި މީހުން މަޖިލީހަށް ހާޒިރުކުރި ނަމަވެސް ވަޒީފާގެ ހައިސިއްޔަތުން ލިބިފައިވާ މައުލޫމާތު ހާމަކުރުން އެ ގާނޫނު ހުއްދައެއް ނުކުރެ އެވެ.

ނަމަވެސް، އެކަމުގައި މަޖިލީހުގެ ހިޔާލުތަފާތެވެ.

މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރުކޮށް ސުވާލުކުރެވިދާނޭ ކަމަށް މަޖިލީހުން ދެކެނީ ގާނޫނު އަސާސީއަށާއި މަޖިލީހުގެ ގަވާއިދާއި ކުރީގެ ސުޕްރީމް ކޯޓުން މަޖިލީހަށް ދީފައިވާ އިސްތިރާޝީ ލަފައަކަށް ބިނާކޮށެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ވަކިވަކި ސިފައިން މަޖިލީހަށް ޖަވާބުދާރީވާން ނުޖެހޭނެ ކަމަށް އެމްއެންޑީފުން ބުނާއިރު، މަޖިލީހުގެ ރޫހު ހުރީ ދޫ ދޭ ގޮތަކަށް ނޫނެވެ.

2011، މާޗް 10 ވަނަ ދުވަހު ނެރެފައިވާ އެ އިސްތިޝާރީ ލަފާގައި ބުނެފައި އޮންނަނީ، ސިފައިންނާއި ފުލުހުންނާއި ސަރުކާރުގެ ނުވަތަ ދައުލަތުގެ މަގާމެއްގައި ހުރި މީހަކު ވިޔަސް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށް ގާނޫނު އަސާސީ ގައި ބުނެފައި އޮންނަ ކަމަށެވެ.

އެކަމަކު އެ ނިންމުމަށް މާ ގިނަ ދުވަސްތަކެއް ނުވަނީސް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނު އެ މަޖިލީހުން ފާސްކުރިއިރު، އެ ގާނޫނުގައި އޮތީ ރައްޔިތުންގެ މަޖިލީހުން ހިންގާ އިންކުއަރީތަކަށް ފަނޑިޔާރުން ހިމެނޭ ގޮތުން ހަމަ ކޮންމެ މީހަކުވެސް ހާޒިރު ކުރެވިދާނެ ކަމަށެވެ. އެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލު ކުރަމުން އޭރު ސުޕްރީމް ކޯޓުން ބުނީ، ފަނޑިޔާރުން ޖަވާބުދާރީ ވާންޖެހޭނީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ކަމަށް ވާއިރު، އިންކުއަރީއަކަށް ނަމަވެސް ފަނޑިޔާރަކު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުން ގާނޫނު އަސާސީ އާ ހިލާފު ކަމަށެވެ.

ދިރިއުޅުއްވާ ގެކޮޅު ކައިރިން، ކާރަށް އަރައިވަޑައިގަންނަވަނިކޮށް ބާރުގަދަ އައިއީޑީއެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. ނަޝީދުގެ ފުރާނަ ސަލާމަތްކުރަން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ގިނަ ސާޖަރީތައް ކުރުމަށްފަހު އެމަނިކުފާނު މިހާރު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނުގަ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެ ތިން މީހުންނަކީ ވެސް ހަރުކަށި ފިކުރާ ގުޅުންއޮތް މީހުން ކަމަށް ބެލެވޭކަމަށް ފުލުހުން ބުނެފައިވެ އެވެ.

ނަމަވެސް، އެ ހަމަލާގެ ފަހަތުގައި ތިބި ބަޔަކާއި ފަންޑު ކުރި ބަޔަކު ނުހޯދޭކަމަށް ބުނެ ހާއްސަކޮށް އެމްޑީޕީގެ ތެރެއިން ފުލުހުންނަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox