ރަހީނުކޮށް އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި މީހުން 15 ދުވަހަށް ބަންދަށް

Jun 2, 2021, 5:38 AM
ކުޅުދުއްފުށީގައި އަނިޔާކުރި މީހާ، މާލެ ގެނައުމަށް ފުރުވާލަނީ: ދެ މީހުން ވަނީ ބަންދުކޮށްފައި

ކުޅުދުއްފުށީގައި އަނިޔާކުރި މީހާ، މާލެ ގެނައުމަށް ފުރުވާލަނީ: ދެ މީހުން ވަނީ ބަންދުކޮށްފައި

ކުޅުދުއްފުށީ ސިޓީގައި ކާރަކަށް ޒުވާނަކު އަރުވައި، އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

މައްސަލާގައި ހައްޔަރުކޮށްފައިވަނީ 24 އަހަރާއި 25 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އެމީހުންގެ ބަންދު އިތުރު ކުރުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ދެ މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހާފަ އެވެ.

މައްސަލާގެ ތަހުގީގަށް ފުލުހުން ވަނީ 29 އަހަރުގެ ޒުވާނާ އެރުވި ކަމަށް ބެލެވޭ ކާރު ވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އަނިޔާކުރި ޒުވާނާއަށް މިހާރު ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ. އޭނާގެ ބޮޑު އޮޕަރޭޝަނެއް ކޮށްފައިވާއިރު، އަދިވެސް ހާލު ރަނގަޅު ނުވާ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ. އޭނާ މިވަގުތު އޮތީ ވެންޓިލޭޓަރުގަ އެވެ.

އެނގިފައިވާ ގޮތުގައި، އެ ޒުވާނާއަށް އަނިޔާކުރީ ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދަށް ގެންގޮސްގެންނެވެ. އެއީ، ރޭގަނޑު ވަގުތު ވަރަށް އަނދިރިކޮށް އޮންނަ ސަރަހައްދެކެވެ.

ވަޒީފާއެއް އަދާކުރަމުން ނުދާ އެ ޒުވާނާއަކީ، ކުޅުދުއްފުށީ ގޭގެއަށް އާންމުކޮށް ވަދެ ވައްކަން ކުރުމުގައި އުޅޭ މީހެއް ކަމަށްވެ އެވެ. މި ފަހުން ވެސް އޭނާ ގެއަކަށް ވަދެ ވައްކަން ކުރަން އުޅޭ ތަން ފެންނަ ސީސީޓީވީ ފުޓޭޖެއް ލީކްވެފައިވެ އެވެ.

އެގޮތަށް އޭނާ ވައްކަން ކުރަން އެތައް ފަހަރަކު މަސައްކަތް ކޮށްފައިވާއިރު، އެ މައްސަލަތައް ފުލުހަށް ރިޕޯޓް ކޮށްފައި ވެސް ވެ އެވެ. ނަމަވެސް، އޭނާ ހުރީ ދޫވެފަ އެވެ.

"އެހެންވެ، އެކަމާ ހިތްހަމަނުޖެހިގެން އުނދަގޫ ބޮޑުވެގެން ބަޔަކު އެ ޒުވާނާގެ ގައިގާ ތަޅައިގަތީ ކަމަށް ބެލެވެނީ،" ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އުނދަގޫބޮޑުވެގެން ވިޔަސް މީހެއްގެ ގައިގައި ތަޅައި އަނިޔާކުރުމަކީ ކުށަކަށްވާތީ އެފަދަ އަމަލުތައް ނުހިންގަން ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox