ހޯސްޓް ކުރާނެ ގައުމެއް ނުވުމުން އޭއެފްސީ ކަޕް ރާއްޖެ ގްރޫޕްގެ މެޗުތައް އޮގަސްޓް މަހަށް ފަސްކޮށްފި

މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ކޮލިފައިންގައި އިންޑިއާގެ ބެންގަލޫރާއި ރާއްޖޭގެ މާޒިޔާ ކުޅުނު މެޗުގެ ތެެރެއިން: މާޒިޔާގެ ފޭދޫ އިއްބެ ބޯޅަ ހިފައިގެން ދަނީ.-- ފޮޓޯ: މާޒިޔާ

މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ކޮލިފައިންގައި އިންޑިއާގެ ބެންގަލޫރާއި ރާއްޖޭގެ މާޒިޔާ ކުޅުނު މެޗުގެ ތެެރެއިން: މާޒިޔާގެ ފޭދޫ އިއްބެ ބޯޅަ ހިފައިގެން ދަނީ.-- ފޮޓޯ: މާޒިޔާ

މިިދިޔަ މަހު ރާއްޖޭގައި ކުރިއަށް ގެންދަން ނިންމައި ފަހު ވަގުތު ފަސްކުރަން ނިންމި އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޕްލޭއޮފާއި ގްރޫޕް ސްޓޭޖު މެޗުތައް އޮގަސްޓް މަހަށް ފަސްކޮށްފައިވާކަން "އަދަދު" އަށް އެނގިއްޖެ އެވެ.

އޭއެފްސީން މިދިޔަ މަހު ފަހުކޮޅުގައި ނިންމީ މި މަހުގައި އޭއެފްސީ ކަޕް ދެކުނު އޭޝިއާގެ މެޗުތައް ކުޅޭށެވެ. އޭރު އެކުލަވާލި ޝެޑިއުލްގައިވާ ގޮތުން ދެކުނު އޭޝިއާގެ ޕްލޭއޮފްގައި ރާއްޖޭގެ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު ކުޅޭ މެޗު ތާވަލުކޮށްފައިވަނީ ޖޫން 27 ވަނަ ދުވަހަށެވެ. އޭގެ ފަހުން ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ ޖޫން 30، ޖުލައި 3 އަދި ޖުލައި 6 ގަ އެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭނީ އީގަލްސް ނޫނީ ބެންގަލޫރަށެވެ.

އެކަމަކު، ޖޫން މަހު ކުޅެން ނެރުނު އެ ޝެޑިއުލާ އެއްގޮތަށް މެޗުތައް ހޯސްޓްކުރާނެ ގައުމެއް ނުވި އެވެ. އެހެންވެ، އޭއެފްސީން މިހާރު ނިންމާފައިވަނީ އޮގަސްޓް މަހަށް މެޗުތައް ފަސްކުރާށެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި މިހާރު އޭއެފްސީން ނިންމާފައިވާ ތާރީހުތަކަކީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އީގަލްސް އާއި ބެންގަލޫރު ބައްދަލުކުރާ ޕްލޭއޮފް މެޗު ކުޅޭށެވެ. އަދި ގްރޫޕް ސްޓޭޖުގެ މެޗުތައް އޮގަސްޓް 18 އިން 24 އަށް ކުރިއަށްގެންދާށެވެ.

އޭއެފްސީން ވަނީ އަލުން މެޗުތައް ހޯސްޓްކުރަން ބިޑަށް ހުޅުވާލައިފަ އެވެ. ދާދި ފަހުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް "އަދަދު" އަށް ވިދާޅުވީ އޭއެފްސީ ކަޕް ހޯސްޓްކުރަން މި ފަހަރު ދެން އެފްއޭއެމުން ބިޑްނުކުރާނެ ކަމަށެވެ. އެއީ ޖޫން މަހު ކުޅެން އޭއެފްސީން ރޭވި ޝެޑިއުލާ އެއްގޮތަށް މެޗުތައް ކުޅޭނަމަ އެވެ.

ރާއްޖޭގައި މިދިޔަ މަހު 11 އިން 20 އަށް އޭއެފްސީ ކަޕްގެ މެޗުތައް ކުޅެން ރޭވިފައި އޮއްވައި ފަހު ވަގުތު ފަސްކުރަން ޖެހުނީ ޕްލޭއޮފް ކުޅެން މާލެ އައި ބެންގަލޫރު ޓީމުގެ ދެ ކުޅުންތެރިއަކާއި އޮފިޝަލަކު ޕްރޮޓޮކޯލާ ހިލާފުވެ މަގުމައްޗަށް ނުކުތުމުންނެވެ. ޕްރޮޓޮކޯލްގައިވާ ގޮތުން ކުޅުންތެރިންނަށް ބޭރަށް ނުކުމެވޭނީ މެޗާއި ޓްރެއިނިން އަށް އެކަންޏެވެ. އެކަމަކު ބެންގަލޫރު ޓީމުން ވަނީ ބޭރަށް ނުކުމެ ޕްރޮޓޮކޯލް މުގުރާލައިފަ އެވެ.

ހޯސްޓް ކުރުމުގެ ފުރުސަތު ބަންގްލަދޭޝް އަށް؟

ބަޝުންދުރާ ކިންގްސް އިން މީގެ ކުރިން ވަނީ ބަންގްލަދޭޝްގެ ލީގު ނިމުމުން އޮގަސްޓް މަހު އޭއެފްސީ ކަޕް މެޗުތައް ޝެޑިއުލްކުރަން ކުރަން އޭއެފްސީ ކިބައިން އެދިފަ އެވެ. އަދި އެ ގޮތަށް އޭއެފްސީން ކަންތައްތައް ކޮށްދީފިނަމަ ބަޝުންދުރާގެ ވިސްނުމަކީ އޭއެފްސީ ކަޕްގެ މެޗުތައް އެ ގައުމުގައި ހޯސްޓް ކުރުމެވެ.

ބަޝުންދުރާގެ ރައީސް އިމްރުލް ހަސަން އެ ގައުމުގެ މީޑިއާ އަށް އިއްޔެ ވިދާޅުވީ އޮގަސްޓްގައި އޭއެފްސީ ކަޕް ހޯސްޓްކުރަން ތައްޔާރަށް އޮތް ކަމަށެވެ.

އޭއެފްސީން މިހާރު ނިންމާފައިވަނީ އޮގަސްޓަށް އޭއެފްސީ ކަޕް ދެކުނު އޭޝިއާގެ މެޗުތައް ފަސްކުރާށެވެ. މިހާރު އޮތްގޮތުންނަމަ ބަޝުންދުރާ އަށް ހޯސްޓްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބެލެވެ އެވެ. އެކަމަކު އެއީ އެހެން ގައުމަކުން ބިޑްނުކޮށްފިނަމަ އެވެ. އޮގަސްޓްގައި ނަމަ އިންޑިއާ އިން ވެސް ބިޑްކުރުމުގެ ފުރުސަތު އެބައޮތެވެ.

ޓީމު ލިސްޓަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތް

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅޭ އިންޑިއާގެ މޯހަން ބަގާން އިން ވަނީ މުމްބާއީ ސިޓީ އަށް ކުޅޭ އިންޑިއާ ގައުމީ ޓީމުގެ ކީޕަރު އަމްރިންދަރު ސިންގް ސޮއިކޮށްފަ އެވެ. އެ ޓީމުން އިންޑިއާ މީޑިއާ އަށް ބުނީ މިއީ އޭއެފްސީ ކަޕާއި ކުރިއަށް އޮތް އިންޑިއަން ސުޕަ ލީގު (އައިއެސްއެލް) އަށް އަމާޒުކޮށް ކުރި ޓްރާންސްފާއެއް ކަމަށެވެ.

އެނގިފައިވާ ގޮތުގައި ބަޝުންދުރާ އިން ވެސް ވަނީ އޭއެފްސީ ކަޕަށް އަމާޒުކޮށް ޓްރާންސްފާތަކެއް ކުރަން ނިންމައިފަ އެވެ.

އޭއެފްސީ ކަޕްގެ ގަަވާއިދުގައި އޮތްގޮތުން ގްރޫޕް ސްޓޭޖުގައި އޮތް ޓީމުތަކަށް އަދި އަށް ވަރަކަށް ކުޅުންތެރިން ރަޖިސްޓްރީ ކުރެވޭނެ އެވެ. ގްރޫޕް ސްޓޭޖުގައި ބަޝުންދުރާ އާއި މޯހަން ބަގާންގެ އިތުރު ދެން އޮތީ ރާއްޖޭގެ މާޒިޔާ އެވެ.

ކޮލިފައިންގައި ވާދަކުރާ ބެންގަލޫރާއި އީގަލްސް އިން ވެސް ޓީމު ލިސްޓަށް ބަދަލުތަކެއް ގެންނަން ބޭނުންވާކަން އެނގިފައިވެ އެވެ. އެކަމަކު އެ ފުރުސަތު ދޭނީ އޭއެފްސީން އިތުރު މަޝްވަރާތަކެއް ކުރުމަށް ފަހު އެވެ. އެއީ ކޮލިފައިން ބުރަށް ކުޅުންތެރިން ރަޖިސްޓްރީ ކުރީ ކޮލިފައިން ފެށުމުގެ ކުރިން ކަމަށްވާތީ އެވެ. އީގަލްސް އާއި ބެންގަލޫރުން ވަނީ ކޮލިފައިންގައި މެޗުތަކެއް ކުޅެފަ އެވެ.

އީގަލްސް ވަނީ ކޮލިފައިންގައި ބޫޓާންގެ ތިމްޕޫ ސިޓީ ބަލިކޮށްފަ އެވެ. ބެންގަލޫރުން ވަނީ ނޭޕާލުގެ އާމީ ކްލަބްގެ މައްޗަށް ކޮލިފައިންގައި ކުޅުނު މެޗުން ކުރިހޯދައިފަ އެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި ގޯސްވެފައިވާތީ އެފްއޭއެމުން ކްލަބްތަކާ މަޝްވަރާކުރުމަށް ފަހު ވަނީ މި ފަހަރުގެ ސީޒަން ނިންމާލައިފަ އެވެ. އެހެންކަމުން އީގަލްސް އާއި މާޒިޔާ އިން އޭއެފްސީ ކަޕަށް އިތުރަށް ޓީމު ވަރުގަދަ ކުރާނަމަ ރާއްޖޭގެ އެހެން ކްލަބްތަކުން ކުޅުންތެރިން ހޯދުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox